03 މާޗް 2022
ހިޔާ ފްލެޓްތަކުގައި އާންމުންނަށް ފަސޭހައިން ހިދުމަތްތައް ލިބޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފިހާރަ އާއި ކެފޭ އަދި އޮފީސް ހިންގަން ފަސް ފަރާތަކާ އެކު އެޗްޑީސީން އިއްޔެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ހިޔާ ފްލެޓްތަކުގައި އާންމުންނަށް ފަސޭހައިން ހިދުމަތްތައް ލިބޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފިހާރަ އާއި ކެފޭ އަދި އޮފީސް ހިންގަން ފަސް ފަރާތަކާ އެކު އެޗްޑީސީން އިއްޔެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
ހިޔާ ފްލެޓްގައި ހިންގަން ހަވާލުކުރި ތަންތަނުގެ ތެރޭގައި ޑައިންމޯ، މޭނާ ކޭޓަރިން، މަލަސް، މީޑިއާނެޓް އަދި އައިޖީއެސް ހިމެނެ އެވެ.
އެއްބަސްވުމުގެ ދަށުން، ހިޔާ ފްލެޓް ޓަވަރު ހަތެއްގައި ޑައިންމޯގެ ކެފޭއެއް ހިންގާނެ އިރު، މަލަސް އިން ހިންގާނީ ރީޓެއިލް ފިހާރައެކެވެ.
ކޭބަލް ޓީވީގެ ހިދުމަތް ދޭ މީޑިއާނެޓްގެ އޮފީހެއް ހެދުމަށް ޓަވަރު 12 އިން ޖާގަ ދީފައި ވާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖައްވީ މިޝަނެއް ކުރިއަށް ގެންދާ، އިންސްޓިއުޓް އޮފް ގްލޯބަލް ސަކްސެސް (އައިޖީއެސް) އޮފީހެއް ހަދަން ވެސް އެ ޓަވަރުން ޖާދަ ދީފައިވެ އެވެ.
އައިޖީއެސްގެ ޖައްވީ މިޝަންގެ ފުރަތަމަ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދައި ޓެސްޓް ކުރުމެވެ.
ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ އަސާސީ ހިދުމަތްތައް ދޭ ތަންތަން ހިންގަން ކުއްޔަށް ދިނުމަށެވެ. އެ ތަންތަނުގައި ފާމަސީ އާއި ސެލޫނާއި އަދި ފިހާރަ ފަދަ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވެސް އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.
ހިޔާ ފްލެޓްތަކުގައި މިހާރު ވެސް ހަތަރު ފިހާރާއަކާއި ސެލޫނެއް ހިންގަ އެވެ.
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ހިޔާގެ ކުޑަދޮރުން ބޭރަށް ނުފޭބޭ ގޮތް ހަދައިފި
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކުރި ޖޫރިމަނާ ނުދައްކާ
ހިޔާ ފްލެޓްތަކުގެ ކުލި 5،300ރ. އަށް ކުޑަކޮށްފި
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ރޯވެއްޖެެ
ވަގުތީ ކޭބަލެއް އަޅައި ހިޔާ ފްލެޓްތަކަށް ކަރަންޓު ދީފި
ކުލި ނަގަން ފެށިއިރު ވެސް ނުނިމޭ 700 ފްލެޓް