01 މާޗް 2022
އެސްޓީއޯ ހޯލްސޭލް ސެންޓަރުގެ މި އަހަރުގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
އެސްޓީއޯ ހޯލްސޭލް ސެންޓަރުގެ މި އަހަރުގެ ރޯދަ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
ހޯލްސޭލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި އެ ކުންފުނީގެ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާނެވެ. މިއީ އެސްޓީއޯގެ މިއަހަރުގެ ރަމަޒާން ބާޒާރުގެ ދަށުން ފެށި ޕްރޮމޯޝަނެކެވެ.
އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އެސްޓީއޯ ހޯލްސޭލް ސެންޓަރުން 1،000ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަން ހުށަހަޅާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް "ރަށު ޕިކަޕު" ލިބޭނެ އެވެ. މިއީ ރަށްރަށުގައި މުދާ އުފުލަން ކަސްޓަމަރުންނަށް ވަރަށް މުހިންމު އުޅަނދެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކްރޫގާ ޗޮކްލެޓް ސްޕްރެޑް އާއި ޑެވޮންޑަލް ކިރު ބޭނުން ކޮށްގެން މިލްކްޝޭކް ތައްޔާރު ކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު
އެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފުތާ އަކު ވެސް ތިން ނަސީބުވެރިއަކު ހޮވާނެ އެވެ. ކޮންމެ ހަފުތާއަކު ހޮވާ ނަސީބުވެރިންނަށް 150،0ރ. ގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ.
އެސްޓީއޯއިން ވަނީ އެ ޕްރޮމޯޝަނުގެ ދަށުން ހާއްސަ އޮފާތަކެއް ވެސް ދޭން ނިންމައިފަ އެވެ. ހޯލްސޭލް ސެންޓަރުން ވިއްކާ ކްރޫގާ ޕާސްތަނުސާގެ 400 ގްރާމް ޗޮކްލެޓް ސްޕްރެޑްގެ ދެ ކޭސް ގަތުމުން އެ ބްރޭންޑުގެ ޑާކްޗޮކްލެޓް ސްޕްރެޑް ކޭހެއް ހިލޭ ލިބޭނެ އެވެ. އަދި ޕާސްތަނުސާ ޑުއޯ ސްޕްރެޑްގެ 400 ގްރާމްގެ ކޭހެއް ގަތުމުން އެ ބްރޭންޑުގެ ކޮކޯ ޕައުޑަރު ކޭހެއް ހިލޭ ލިބޭނެ އެވެ.
މީގެ އިތުރުން އެ ކުންފުނިން ވިއްކާ އަލްނޫރު ބްރޭންޑުގެ ހިކި ކިރުގެ ކޮންމެ ދެ ޕެކެޓަކާއެކު ޕާސްތަ ނުސާ ޑާކް ޗޮކްލެޓްގެ ކޭސްއެއް ހިލޭ ލިބޭނެ އެވެ.
އެސްޓީއޯ ރަމަޒާން ބާޒާރު: އެއްވަނައަށް ތުރުކީ ދަތުރެއް
ޑިޖިޓަލް ކޫޕަނާ އެކު އެސްޓީއޯ ރަމަޒާން ބާޒާރު ފަށަނީ
"އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި
އެސްޓީއޯގެ "ރަމަޒާން ބާޒާރު" ފަށައިފި
ރޯދަ އަށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި
ރޯދަ މަހުގެ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފި
ފިޔާ، އަލުވި، ބިސް ވިއްކުން އިންޑަސްޓްރިއަލް ވިލެޖަށް
ސުޕަމާޓުން "ރަމަޟާން ބާޒާރު" ޕްރޮމޯޝަން ފަށައިފި
އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި
އެސްޓީއޯ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި