Roadha Mihaaru
ޑިޖިޓަލް ކޫޕަނާ އެކު އެސްޓީއޯ ރަމަޒާން ބާޒާރު ފަށަނީ

އެސްޓީއޯ ރަމަޒާން ބާޒާރު މާދަމާ ފަށަނީ، މިފަހަރު ދޭނީ ޑިޖިޓަލް ކޫޕަން

09 ފެބުރުއަރީ 2022

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ އެސްޓީއޯ ރަމަޒާން ބާޒާރު މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ އެސްޓީއޯ ރަމަޒާން ބާޒާރު މާދަމާ ފަށަން ތައްޔާރުވެއްޖެ އެވެ.

މި ސޭލްގައި އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ގިނަ ސާމާނުން ބޮޑެތި ޑިސްކައުންޓް ލިބެ އެވެ. މި އަހަރުގެ ސޭލް ވެސް ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާނެ އެވެ.

އެސްޓީއޯއިން ބުނީ މި އަހަރުގެ ސޭލްގައި އެ ކުންފުނިން ކަސްޓަމަރުންނަށް ދޭނީ ޑިޖިޓަލް ކޫޕަން ކަމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރު ކުރުމަށް އެ ކުންފުނިން އިސްކަންދޭތީ ގެނައި ބަދަލެކެެވެ.

މި އަހަރުގެ ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފުތާއަކު އެއް ނަސީބުވެރިއަކު ހޮވާއިރު މުޅި ޕްރޮމޯޝަނުން 11 ނަސީބުވެރިން ހޮވާނެ އެވެ.

މި ޕްރޮމޯޝަނުގެ އިތުރުން އެސްޓީއޯ ސުޕަމާޓުގައި ވެސް ރޯދައަށް ހާއްސަ ސޭލެއް ކުރިއަށްދާނެ އެވެ. މި ސޭލް ފަށާނީ އަންނަ މަހު ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި އަހަރުގެ ރަމަޒާން ބަޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެ ކުންފުނީގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަނުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުމެވެ.