Roadha Mihaaru
ރޯދަ މަހުގެ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފި

ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފި

08 އެޕްރީލް 2019

މި އަހަރުގެ ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ރޯދަ މަހަށް ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަމާޓުން ފަށައިފި އެވެ.

'ރަމަޒާން ބާޒާރު' ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ކާބޯތަކެތީގެ ސާމާނު ލިބޭނެ އެވެ. އަދި ރޯދަ މަހަށް ހާއްސަކޮށް އާންމުން ގަންނަ ބަދިގެ ސާމާނުން ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށް އެސްޓީޢޯ އިން ބުނެ އެވެ. އެގޮތުން، 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ؛ލިބޭނެ ކަަމަށް އެސްޓީއޯ އިން ބުންޏެވެ.

"އަގު ހުރި އިނާމުތަކާ އެކު މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ،" އެސްޓީއޯ ސުޕަމާޓުގެ ސުޕަވައިޒަރު ރައްޝާން މުހައްމަދު މިއަދު ވިދާޅުވި އެވެ.

ސައިކަލް ވިއްކާ ފިހާރަ ލިޓަސްއާ ގުޅިގެން ހިންގާ ޕްރޮމޯޝަންގެ ގުރުއަތުލުމުގައި 500 ރުފިޔާ އަށް ވުރެ މަތީގެ ވިޔަފާރިއެއް ކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

އެސްޓީއޯގެ ސުޕަމާޓުން ފެށި ރަމަޒާން ޕްރޮމޯޝަން ގައި ހޮވާ ނަސީބުވެރިޔާ އަށް ދޭ ސައިކަލް ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެސްޓީއޯގެ ސުޕަމާޓުން ފެށި ރަމަޒާން ޕްރޮމޯޝަން ގައި ހޮވާ ނަސީބުވެރިޔާ އަށް ދޭ ސައިކަލް ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަން ނިމުމާ އެކު ޖޫން 11 ވަނަ ދުވަހު ގުރުއަތު ނަގާނެ އެވެ. ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިޔާގެ އިނާމަކީ ސައިކަލެކެވެ.