Roadha Mihaaru
އެސްޓީއޯއިން ރޯދައަށް ގެނައި ތަކެތި ވިއްކަން ފަށައިފި

އެސްޓީއޯ އިން ރޯދައަށް ގެނައި ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

13 މެއި 2017

އެސްޓީއޯ އިން އަންނަ ރޯދައަށް ގެނައި ފިޔާ، އަލުވި، ބިސް މިއަދުން ފެށިގެން ވިއްކަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯ އިން އަންނަ ރޯދައަށް ގެނައި ފިޔާ، އަލުވި، ބިސް މިއަދުން ފެށިގެން ވިއްކަން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޯދައާ ދިމާކޮށް ގެނައި ޝިޕްމަންޓްގައި ހިމެނޭ ފިޔާ، އަލުވި، ބިސް ވިއްކާނީ މާކެޓްގައި މިހާރު ލިބެން ހުރި އަގަށް ވުރެ ހެޔޮކޮށް ކަމަށެވެ.

"މިފަހަރު މިގެނައި ޝިޕްމަންޓް ދޫކުރީ މާލެ އާއި މާލެ ކައިރި ސަރަހައްދަށް. އުތުރަށާއި ދެކުނަށް ގެންނަ ޝިޕްމަންޓް ވެސް ވަރަށް އަވަހަށް އަންނާނެ. ރޯދައަށް މުޅި ރާއްޖެއިން ލިބެން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯއިން މިފަހަރު ގެނައި ޝިޕްމަންޓްގައި ހިމެނޭ ބިސް ކޭހެއް ވިއްކަނީ 270ރ. އަށެވެ. އަލުވި ބަސްތާއެއް 220ރ.އަށް ވިއްކާއިރު ފިޔާ ބަސްތާއެއް ވިއްކަނީ 170ރ. އަށެވެ.

"އަޅުގަނޑުމެން މިގެނައި ޝިޕްމަންޓަކީ ވަރަށް ތާޒާ ޝިޕްމަންޓެއް. މިފަހަރު ގެނައި ޝިޕްމަންޓްގައި ހިމެނޭ ތަކެތި މިއަދު ވަރަށް ގިނަ ތަންތަނަށް ފޯރުކޮށްދީފައިވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރު ވެސް ރޯދައަށް ބޭނުންވާ ކާބޯތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.