01 މެއި 2018
އެސްޓީއޯ އިން އަންނަ ރޯދަމަހާ ދިމާކޮށް ގެންނަ ފިޔާ، އަލުވި، ބިސް ހޯސޭލްކޮށް ވިއްކުން މިފަހަރު މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްފި އެވެ.
އެސްޓީއޯ އިން އަންނަ ރޯދަމަހާ ދިމާކޮށް ގެންނަ ފިޔާ، އަލުވި، ބިސް ހޯސޭލްކޮށް ވިއްކުން މިފަހަރު މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްފި އެވެ.
ކޮންމެ އަހަރަކު ރޯދައާ ދިމާކޮށް ގިނަ އަދަދަކަށް ފިޔާ، އަލުވި، ބިސް ގެނެސް ވިއްކާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ މިފަހަރު އެތަނަށް ބަދަލުކުރީ ކަސްޓަމަރުންނަށް ފަސޭހައިން ގޮސް، ގަނެވޭ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ. އެތަނުގައި މިހާރު ވަގުތީ އިމާރާތެއް ހަދައި، ތަކެތި ގެންގޮސް ވައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އަހަރަކު ވެސް ކަސްޓަމަރުންނަށް ފަސޭހަ ތަނެއްގައި މިކަން ކުރިޔަށް ގެންދަނީ. މިފަހަރު މިކަންކުރަން ޖާގަ ލިބުނީ އިންޑަސްޓްރިއަލް ވިލެޖުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
"އާއްމުންނަށް އިންޑަސްޓްރިއަލް ވިލެޖުންނާއި ހޯސޭލް ސެންޓަރުން ވެސް ގަންނަން ލިބޭނެ."
އޭނާ ވިދާޅުވީ މިފަހަރު ގެނައި ޝިޕްމަންޓް ރޯދަ ފެށެންދެން ހިފަހެއްޓޭނެ ކަމަށެވެ. އެތަކެތި ހިފައިގެން އައި ބޯޓު ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މާދަމާ މިތަކެތި ވިއްކަން ފަށަން. އަދި މިތަކެތި އަތޮޅުތަކުން ގަންނަން ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާނަން،" އޭނާ ވިދާޅުވި އެވެ.
ރޯދަ އަށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ
އެސްޓީއޯއިން ފިޔާ، އަލުވި، ބިހުގެ ސްޓޮކް ބާޒާރަށް
ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ލިބޭނެ: އެސްޓީއޯ
އެސްޓީއޯގައި ފިޔާ، އަލުވި ބިސް އިތުރަށް އަގުހެޔޮކޮށްފި
އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް
ފިޔާ، އަލުވި، ބިހުގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ
އެސްޓީއޯ ހޯލްސޭލް ސެންޓަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި
އެސްޓީއޯ ރަމަޒާން ބާޒާރު: އެއްވަނައަށް ތުރުކީ ދަތުރެއް
ޑިޖިޓަލް ކޫޕަނާ އެކު އެސްޓީއޯ ރަމަޒާން ބާޒާރު ފަށަނީ