ޕާމާ (މާޗް 1) - އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން އިތުރު އެއް ސީޒަނަށް ޕާމާ ގައި މަޑުކުރަން އެއްބަސް ވެއްޖެ އެވެ.
01 މާޗް 2022
ޕާމާ (މާޗް 1) - އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން އިތުރު އެއް ސީޒަނަށް ޕާމާ ގައި މަޑުކުރަން އެއްބަސް ވެއްޖެ އެވެ.
ބުފޮން 44، ޕާމާ އަށް ބަދަލުވީ މިދިޔަ ޖޫން މަހު، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އާކުރި ކޮންޓްރެކްޓާ އެކު އޭނާ 2024 ވަނަ އަހަރުގެ ޖޫން އާ ހަމައަށް ޓީމުގައި މަޑުކުރާނެ އެވެ. އާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު ބުފޮން ގެ އުމުރުން 46 އަހަރު ވާނެ އެވެ.
މި ސީޒަނުގައި މިހާތަނަށް ސެރީ ބީގައި ޕާމާ ކުޅުނު 26 މެޗުގެ ތެރެއިން ތިން މެޗު ފިޔަވައި ހުރިހާ މެޗެއްގައި ބުފޮން ކުޅުނުއިރު، ޓީމު އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 13 ވަނައިގަ އެވެ. ލީގުގައި ފެބްރުއަރީ މަހު ބެނެވެންޓޯއާ ދެކޮޅަށް ޕާމާ ކުޅުނު މެޗު 0-0 އިން އެއްވަރު ކޮށްގެން ބުފޮން ވަނީ ކެރިއަރުގައި 500 ކްލީންޝީޓް ހަމަކޮށް، ރެކޯޑެއް ހަދައިފަ އެވެ.
އިތުރު އެއް އަހަރަށް ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ފަހު ބުފޮން ބުނީ، އޭނާ ޕާމާއަށް އެނބުރި އައީ އެ ސިޓީއަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ކުލަބުގެ ރައީސްގެ ވިސްނުމުގައި ކުލަބު އަލުން ކޮޅަށް ޖެހުމުގެ ވިސްނުން ހުރިކަން ފާހަގަކޮށް، ބުފޮން ބުނީ ކުލަބުގެ ކުރިމަގު އުޖާލާ ކުރަން، ކުރާ މަސައްކަތްތަކުގައި އޭނާއަށް ބައިވެރިވާން ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ދެކޭ ކަމަށެވެ.
2024 އަށް ކޮންޓްރެކްޓް އާ ކުރުމަށް ފަހު ބުފޮން ޕާމާގެ ރައީސްއާ އެކު.-- ފޮޓޯ: ޕާމާ
ޔުވެންޓަސްއާ އެކު 10 ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށް، އިޓަލީ ގައުމީ ޓީމާ އެކު ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައިވާ ބުފޮން އެންމެ ފުރަތަމަ ކުޅެން ފެށީ ވެސް ޕާމާ އަށެވެ. ޕާމާގެ އެކަޑަމީން ތަމްރީނުވެގެން އޭނާ އެންމެ ފުރަތަމަ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުނީ 1995 ވަނަ އަހަރު އެވެ.
ޕާމާ ދޫކޮށް ބުފޮން ޔުވެންޓަސްއާ ގުޅުނީ 2001 ވަނަ އަހަރު، އޭރު ގޯލްކީޕަރަކަށް ހުށަހެޅި ރެކޯޑް ފީއެއް ކަމަށްވާ 52 މިލިއަން ޔޫރޯ އަށެވެ. ޔުވެންޓަސްގެ އިތުރުން ބުފޮން ވަނީ އެއް ސީޒަން ފްރާންސްގެ ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ.
ބުފޮން އަކީ އިޓަލީގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ވެސް އޮންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 176 މެޗު ކުޅެދީފަ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.
ލެޖެންޑަރީ ބުފޮންގެ ދިގު ކެރިއާ ނިންމާލަން ތައްޔާރުވަނީ
44 އަހަރުގެ ބުފޮން ސެން ސީރޯ ގައި، އަދިވެސް ތަފާތު
މެރަޑޯނާގެ ފެންވަރަށް، ބުފޯން ޑި މާރިއާ ގެންގޮސްފި
ރޮނާލްޑޯ އައުމުން ޓީމުގެ ވާދަވެރިކަން ގެއްލުނު: ބުފޮން
ޕޯޗުގަލްގެ ކްލަބަކުން ބުފޯން އަށް "ފޮނި" ހުށަހެޅުމެއް
43 އަހަރުގެ ބުފޮން އަންނަ ސީޒަނުގައި ވެސް ކުޅޭނެ
ބުފޮން 6000 ޑޮލަރުން ޖޫރިމަނާކޮށްފި
ބުފޮން އަށް ރެކޯޑެއް، ޔުވެންޓަސް އަށް ބޮޑު ލީޑެއް
ބުފޮންގެ އެހީއާ އެކު ޔުވެންޓަސް އަށް މޮޅެއް
ބުފޮން އަށް ބާސެލޯނާގެ ހުށަހެޅުމެއް ވެސް ލިބުނު