01 މާޗް 2022
ސްކްރީން އެކްޓާސް ގިލްޑް (ސެގް) އެވޯޑްސްގެ 27 އަހަރުވީ ތާރީހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސި ބަސް ފިޔަވާ އެހެން ބަހަކުން އުފެއްދި ސީރީޒަކަށް އެވޯޑެއް ލިބިއްޖެ އެވެ. އެ ކާމިޔާބީ ހޯދާއި ތާރީހީ ރިކޯޑެއް ހެދީ ކޮރިއާގެ ހިޓް ޑްރާމާ "ސްކުއިޑް ގޭމް" އެވެ.
ސްކްރީން އެކްޓާސް ގިލްޑް (ސެގް) އެވޯޑްސްގެ 27 އަހަރުވީ ތާރީހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިނގިރޭސި ބަސް ފިޔަވާ އެހެން ބަހަކުން އުފެއްދި ސީރީޒަކަށް އެވޯޑެއް ލިބިއްޖެ އެވެ. އެ ކާމިޔާބީ ހޯދާއި ތާރީހީ ރިކޯޑެއް ހެދީ ކޮރިއާގެ ހިޓް ޑްރާމާ "ސްކުއިޑް ގޭމް" އެވެ.
ނެޓްފްލިކްސް އިން މިދިޔަ އަހަރު ނެރުނު "ސްކުއިޑް ގޭމް" ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފަ އެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޝޯ ވަނީ ނެޓްފްލިކްސްގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން ބެލި ސީރީޒަށް ވެފަ އެވެ.
ސެގް އެވޯޑްސްގައި ސްކުއިޑް ގޭމް އަށް ވަނީ ހަތަރު އެވޯޑު ލިބިފަ އެވެ. އެއީ ސެގް އެވޯޑުގެ ތާރީހުގައި ވެސް އިނގިރޭސި ނޫން އެހެން ބަހަކުން އުފައްދާފައިވާ ސީރީޒަކަށް އެވޯޑެއް ލިބުނު ވެސް ފުރަތަމަ ފަހަރެވެ.
ސްކުއިޑް ގޭމްގެ ލީޑު ރޯލުތައް ކުޅުނު ލީ ޖަންގް ޖޭ އާއި ޖުންގް ހޯ ޔުން، ސެގް އެވޯޑް ހިފައިގެން ފޮޓޯއަކަށް ހުއްޓިލައިގެން.
އެ ސީރީޒަށް ލިބިފައި ވަނީ އޭގެ ލީޑް އެކްޓަރުން ކަމަށްވާ ލީ ޖަންގް ޖޭ އާއި ޖުންގް ހޯ ޔުންގެ ހުނަރަށް ބަލައި ދިން އެވޯޑުތައް ކަމަށްވާ އެންމެ މޮޅު އެކްޓަރު އަދި އެކްޓްރެސްގެ އެވޯޑެވެ.
އެ އެކްޓަރުންނަށް އެވޯޑު ލިބުމުން އެ މީހުން ތިބީ ގަބޫލުކުރަން ވެސް ދަތިވެފަ އެވެ. ދެ ކެޓަގަރީގައި ވެސް އެ އެކްޓަރުންނާ ވާދަކޮށްފައި ވަނީ ހޮލީވުޑްގެ މަގުބޫލު އަދި ވަރުގަދަ އެކްޓަރުންނެވެ.
މި ފަހުގެ ތާރީހުގައި ކޮރެއާގެ އުފެއްދުންތައް އަންނަނީ ހޮލީވުޑްގެ އެންމެ ބޮޑެތި އެވޯޑު ހަފުލާތަކުގައި ކާމިޔާބީތައް ހޯދަމުންނެވެ. އެންމެ ފާހަގަކޮށްލެވޭ އެވޯޑަކީ 2020 ވަނަ އަހަރުގައި އޮސްކާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އެންމެ މޮޅު ފިލްމުގެ އެވޯޑު، އެ އަހަރު ނެރުނު ކޮރެއާގެ ތުރިލާ ފިލްމު "ޕެރަސައިޓް" އަށް ލިބުމެވެ.
އެއީ އޮސްކާގެ ދިގު ތާރީހުގައި ވެސް އެމެރިކާ ނޫން އެހެން ގައުމެއްގެ ފިލްމަކަށް އެ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.
އެވޯޑް ހަފުލާގައި ސެލީނާ އުޅުނީ ހުސް ފަޔާ
ސިޔާސީ ދެބަސްވުމެއްގައި ޖޯޖް އާއި އާމާލް ވަރިފަށަށް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
ލިއަމްގެ މަރާ ގުޅޭ ތުހުމަތުތަކެއް އޭނާ ހުރި ހޮޓަލަށް
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
ކްރިސްޓޮފާ ނޯލަންގެ ވެމްޕަޔާ ފިލްމަކަށް ޓޮމް ހޮލެންޑް
"ޑެއާޑެވިލް" ގެނެސްދެނީ އަންނަ އަހަރު މާޗުގައި