27 ފެބުރުއަރީ 2022
އދ. ދަނގެތީގައި މަރައިލި އެ ރަށު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
އދ. ދަނގެތީގައި މަރައިލި އެ ރަށު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
ފައިސާގެ ބޭނުމުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ތޫނު އެއްޗިއްސާއި ދަގަނޑު ބުރި ބޭނުންކޮށްގެން މަހްމޫދުގެ ބޮލާއި މޫނަށް ހަމަލާދީ އޭނާ މަރައިލުމަށް ފަހު، އެ ރަށު ފަޅުގެއެއްގައި ހުރި ވަޅަކަށް އެއްލައިލި ކަމަށް ބަންގްލަދޭޝްގެ ސާލިމް ވަނީ ކުރިން އެއްބަސްވެފަ އެވެ. އެއީ ޝައިތޯނާ ވަސްވާސް ދިނުމުން ކުރެވުނު ކަމެއް ކަމަށް ބުނެ އެކަމަށް މާފަށް އެދިފައި ވިޔަސް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
ހުކުމް އިއްވަން މިއަދު މެންދުރު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލަ ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މަހްމޫދު މަރައިލި ކަމަށް ސާލިމް އިއުތިރާފް ވެފައިވާއިރު، އެއީ އެންމެ ވަރުގަދަ ހެކިި ކަމަށް ވާތީ އޭނާގެ މައްޗަށް ކުށް ސާބިތުވަނީ އަމިއްލަ އިއުތިރާފުން ކަމަށެވެ. އަދި ހައްގަކާ ނުލައި މީހުން މެރުމަކީ އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ކަމެއް ކަން ފާހަގަ ކުރައްވައި، އިސް ގާޒީ ވިދާޅުވީ މަހްމޫދު މަރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އިސް ގާޒީ ވިދާޅުވިގޮތުގައި، މަހްމޫދުގެ ހުރިހާ ވާރިސުންގެ އޭނާގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ބުނެފައިވާތީ އިސްލާމީ ޝަރީއަތާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ސާލިމް މެރުމަށް ހުކުމް ކުރެއްވީ އެވެ.
"އިސްލާމީ އުސޫލުތަކާ ޚިލާފް ނުވާނެ ގޮތެއްގެ މަތިން ޝާހް އަލޮމް މިއާ މެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަންގަން،" އިސް ގާޒީ ވިދާޅުވި އެވެ. އަދި އޭގެ ފަހުން، އެ ހުކުމް ބަންގްލަދޭޝް ބަހުން ސާލިމަށް ތަރުޖަމާކޮށް ދިނެވެ.
ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު: ތޫނު އެއްޗިއްސާއި ދަގަނޑު ބުރި ބޭނުންކޮށްގެން މަހްމޫދުގެ ބޮލާއި މޫނަށް ހަމަލާދީ މަހުމޫދު މަރާލައި، ދަނގެތީގެ ފަޅުގެއެއްގައި ހުރި ވަޅަކަށް އެއްލައިލި ކަމަށް ސާލިމް ވަނީ އެއްބަސްވެފައި.
މަރުގެ އަދަބުގެ އިތުރުން ސާލިމްގެ މައްޗަށް ކުރި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ސާލިމް އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން މިއަދު ހުކުމްކުރި އެވެ. އެކަމަކު ބަންދުގައި އެ އަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާތީ އެ ހުކުމް އޭނާ އިތުރަށް ތަންފީޒު ކުރާކަށް ނުޖެހޭނެ އެވެ.
މިއަދުގެ އަޑުއެހުން ފެށުމާއެކު، ހުކުމް އިއްވުމުގެ ކުރިން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ސާލިމް އެދުނެވެ. ނަމަވެސް އިސް ގާޒީ ވިދާޅުވީ ދެ ފަރާތަށް ދައްކަންޖެހޭ ވާހަކަތައް ދައްކައި، ނިމިފައިވާތީ އެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
ހުކުމް އިއްވުމަށް ފަހު، ސާލިމަށް އިސް ގާޒީ ނަސޭހަތްތެރިވަމުން ދިޔަ ވަގުތު ވެސް، ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދި އޭނާ ކުޑަކޮށް އަތް ހިއްލައިލި އެވެ. އެކަމަކު އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯވެ އެވެ.
ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތުގެ މަޖިލީހެއްގައި: މިއަދުގެ ޝަރީއަތުގައި އިސް ގާޒީ ޝަކީލް ވިދާޅުވީ، މަހްމޫދު މަރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށް.
ސާލިމަށް، އިސް ގާޒީ ނަސޭހަތްތެރިވަމުން ވިދާޅުވީ މީހުން މެރުމަކީ ދެ ދުނިޔޭގައި ވެސް ބޮޑުވެގެންވާ އަދަބު ލިބޭ އަދި ބޮޑު ފާފައެއް ކަމަށެވެ. އެހެންވެ، ލަސްނުކޮށް، ތައުބާވުމަށް ގާޒީ ނަސޭހަތްތެރިވި އެވެ. އަދި މަރުގެ އަދަބު ކަނޑައެޅިޔަސް، ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެކަން ގާޒީ ފާހަގަ ކުރެއްވި އެވެ. މަރުގެ އަދަބެއް ތަންފީޒު ކުރުމުގެ ކުރިން އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރަން ގާނޫނު ލާޒިމްކުރެ އެވެ.
މީގެ ކުރިން ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައި ވަނީ ދިވެހިންގެ މައްޗަށެވެ. އެކަމަކު އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރު އެވެ. އޭގެ ފަހުން މަރަން ހުކުމްކުރި ގިނަ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ރައީސުލް ޖުމްހޫރިއްޔާ ބަދަލުކޮށް ދެއްވިއިރު ދެން ތިބި މީހުންގެ އަދަބު ތަންފީޒު ކުރުމާ މެދު ގޮތެއް ނުނިންމައި، އަދިވެސް ތިބީ ޖަލުގަ އެވެ. އޭގެ ތެރޭގައި އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ މީހުން ވެސް އެބަތިއްބެވެ.
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
މަރުނޫން އަދަބެއް ނެތުމުން ސާލިމް ރޮމުން އެދުނީ މާފަށް
މަހްމޫދުގެ ހުރިހާ ވާރިސުން އެދުނީ ސާލިމް މަރަން
ސާލިމް ރުޅި:މިހާރު އެދެނީ ބިދޭސީ ތަރުޖަމާނެއް ހޯދަން
ސާލިމް މަރަންކުރި ހުކުމުގެ މައްސަލަ ހައިކޯޓުން ނުބެލި
މަހްމޫދުގެ މަރު: އަންނަ މަހު ސާލިމަށް ހުކުމްކުރަނީ
މަހްމޫދް މެރުމުގެ ދައުވާ ސާލިމްގެ މައްޗަށް ސާބިތުވެއްޖެ
މަހްމޫދުގެ މަރުގެ ޝަރީއަތް މާދަމާ ފަށަނީ
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
ސާލިމް އެދުނީ އޭނާގެ މަރުގެ ހުކުމް ދަމަހައްޓަން