Roadha Mihaaru
ރަޝިއާ، ޔޫކްރޭންގެ އަރާރުމާހެދި ފައިނަލަށް އަސަރުކުރާނެ

ރަޝިއާ އާއި ޔޫކްރޭންގެ އަރާރުމާ ހެދި ޗެމްޕިއަންސް ލީގު ފައިނަލަށް އަސަރުކުރާނެ

22 ފެބުރުއަރީ 2022

ޕީޓާސްބާގް (22 ފެބްރުއަރީ) - ރަޝިއާ އާއި ޔޫކްރޭންއާ ދެމެދު އުފެދިފައިވާ އަރާރުމާ ހެދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ރަޝިއާގައި ކުޅެވޭނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ޕީޓާސްބާގް (22 ފެބްރުއަރީ) - ރަޝިއާ އާއި ޔޫކްރޭންއާ ދެމެދު އުފެދިފައިވާ އަރާރުމާ ހެދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ރަޝިއާގައި ކުޅެވޭނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ރަޝިއާގެ ޕީޓާސްބާގުގެ ގޭޒްޕްރޮމް ސްޓޭޑިއަމްގައި ކުޅުމަށް ޔޫއޭފާއިން ވަނީ ހަމަޖައްސައިފަ އެވެ. އެކަމަކު މެއި 29 ގައި ކުޅޭ މެޗު، މިހާރު ހުޅުފަޅައިގެން ގޮސްފައިވާ މައްސަލަތަކާ ހެދި ބަދަލުކުރަން ޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މިހާރު އޮތް ގޮތުން އެހެން ވިސްނުމަކަށް ދިއުމަށް ޔޫއެފާ އަށް ވަނީ ޖެހިފަ އެވެ. ދެވަނަ ވިސްނުމަކަށް ދާނަމަ ޔޫއެފާއިން އިހްތިޔާރު ކުރާނެ ކަމަށް ބެލެވެނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމް އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސީ ތުރުކީގެ އިސްތަންބޫލްގަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިސްތަންބޫލްގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުން ޔޫއެފާއިން ނިންމީ ޕޯޗްގަލްގެ ޕޯޓޯ އަށް މެޗު ބަދަލު ކުރުމަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭ ސިޓީ އަށް 60 މިލިއަން ޔޫރޯގެ އާމްދަނީއެއް ވަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.