Roadha Mihaaru
ރަޝިއާއިން ހަނގުރާމަ ފެށުމުން ފައިނަލް މެޗު ފްރާންސަށް

ރަޝިއާ އިން ހަނގުރާމަ ފެށުމުން ޗެމްޕިއަންސް ލީގުގެ ފައިނަލް ފްރާންސަށް ބަދަލުކޮށްފި

25 ފެބުރުއަރީ 2022

ނިޔޯން (ފެބްރުއަރީ 25) - މި އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ރަޝިއާގެ ޕީޓާސްބާގްގައި ކުޅެން ހަމަޖައްސާފައި އޮތް ނަމަވެސް، ރަޝިއާ އިން ޔޫކްރޭނުގައި ހަނގުރާމަ ފެށުމުން އެ މެޗު ފްރާންސްގައި ކުޅޭ ގޮތަށް ޔޫއެފާ އިން މިއަދު ނިންމައިފި އެވެ.

ނިޔޯން (ފެބްރުއަރީ 25) - މި އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ރަޝިއާގެ ޕީޓާސްބާގްގައި ކުޅެން ހަމަޖައްސާފައި އޮތް ނަމަވެސް، ރަޝިއާ އިން ޔޫކްރޭނުގައި ހަނގުރާމަ ފެށުމުން އެ މެޗު ފްރާންސްގައި ކުޅޭ ގޮތަށް ޔޫއެފާ އިން މިއަދު ނިންމައިފި އެވެ.

ރަޝިއާގެ އަސްކަރީ ބާރުތަކުން އިއްޔެ ވަނީ ޔޫކްރޭންގެ ސަރަހައްދުތަކަށް ވަދެގެންފަ އެވެ. ޔޫއެފާއިން އިއްޔެ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕީޓާސްބާގްގެ ގޭޒްޕްރޮމް އެރީނާގައި ނުކުޅެން ނިންމައިފަ އެވެ.

ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފްރާންސްގެ ޕެރިހުގައި ކުޅުމަށް ނިންމައިފަ އެވެ. މެއި 28 ގައި މެޗު ކުޅޭނީ ފްރާންސްގެ ގައުމީ ސްޓޭޑިއަމްގަ އެވެ.

ޔުއެފާގެ އެކްސްކޯއިން މިއަދު ވަނީ ޔޫރަޕްގެ ކްލަބް މުބާރާތްތަކުގައި ވާދަކުރާ ރަޝިއާ އާއި ޔޫކްރޭންގެ ކްލަބްތަކުގެ ހޯމް މެޗު ނިއުޓްރަލް ވެނޫ އެއްގައި ކުޅުމަށް ވެސް ހަމަޖައްސައިފަ އެވެ.

ރަޝިއާގެ ސްޕާޓަކް މޮސްކޯ ވަނީ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފަ އެވެ. ޔޫއެފާ އިން އެގޮތަށް ނިންމުމުން އެ ޓީމުގެ ހޯމް މެޗް ކުޅެން ޖެހޭނީ އެހެން ގައުމެއްގަ އެެވެ.

މިިދޔަ އަހަރު ވެސް ޗެމްޕިއަންސް ލީގު ފައިނަލް މެޗު ޖެހުނީ ބަދަލު ކުރާށެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅެން އެންމެ ފުރަތަމަ ހަމަޖެއްސީ ތުރުކީގެ އިސްތަންބޫލްގަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިސްތަންބޫލްގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުން ޔޫއެފާ އިން ނިންމީ ޕޯޗްގަލްގެ ޕޯޓޯ އަށް މެޗު ބަދަލު ކުރުމަށެވެ.