21 ފެބުރުއަރީ 2022
މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔަ ގޮތާ ބެހޭ މައުލޫމާތު ސާފުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހަންމަދު ހަމީދު މާދަމާ ޕޮލިސް ބޯޑަށް ހާޒިރުކުރާ ގޮތަށް ނިންމައިފި އެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގެ ތަހުގީގެއް ކަމެއް ނޭނގެ އެވެ.
މައްސަލައެއްގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދިޔަ ގޮތާ ބެހޭ މައުލޫމާތު ސާފުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހަންމަދު ހަމީދު މާދަމާ ޕޮލިސް ބޯޑަށް ހާޒިރުކުރާ ގޮތަށް ނިންމައިފި އެވެ. އެކަމަކު އެއީ ކޮން މައްސަލައެއްގެ ތަހުގީގެއް ކަމެއް ނޭނގެ އެވެ.
މިއީ، 2020ގެ ޑިސެމްބަރު މަހު އަމަލުކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން، ސީޕީ ޕޮލިސް ބޯޑަށް ގެންދާ ފުރަތަމަ ފަހަރެވެ. ސީޕީ ޕޮލިސް ބޯޑަށް ހާޒިރު ކުރާނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.
ފުލުހުންގެ އާ ގާނޫނުގައި ބުނެފައިވާ ގޮތުން، ފުލުހުންގެ ކަންކަން ބަލަހައްޓާ އެންމެ އިސް ފަރާތަކީ ޕޮލިސް ބޯޑެވެ. ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ. ކޮންމެ ޕޮލިސް ބޯޑެއްގެ ދައުރުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ.
ފުލުހުންގެ ކަންކަމާ މެދު ބޯޑަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ގާނޫނު ބުނާ ގޮތުގައި، ސީދާ ކޮމިޝަނާ އޮފް ޕޮލިސް އެވެ.
ތިން އޮފިސަރަކު ވަކިކުރުން ހުއްޓުވައިފި
އޮފިސަރުން ވަކިކުރުމާ މެދު އަދިވެސް ގޮތެއް ނުނިންމާ
ޕްރޮމޯޝަންގެ މައްސަލާގައި ޕީޖީގެ ލަފާ ހޯދޭނެ: ހަމީދު
ނުރައްކާތެރި ކުށްވެރިއަކު މިފަހުން ވެސް ދޫކުރި: ހަމީދު
މައްސަލަ ކޯޓުގައި އޮއްވާ ޕްރޮމޯޝަން ދިނުމުން ސުވާލު
ވަކިކުރި އޮފިސަރުންގެ މައްސަލަ ބޭރުން ހައްލުވޭތޯ ބަލަނީ
ކުށްވެރިން ދޫކޮށްލުން އާދައަކަށް ހަދައިފި: ހަމީދު
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރަން ލަފާދީފި
އޮފިސަރުންނަށް ވަޒީފާދިނުން ހުއްޓުވި އަމުރު ބާތިލްނުކުރި
"ވަކިކުރި އޮފިސަރުންގެ މައްސަލަ ގެންދާކަށް ނުނިންމަން"