Roadha Mihaaru
މުނި ހޯމްކެއާގެ ރޯދަ  ޕްރޮމޯޝަން ފަށައިފި

މުނި ހޯމްކެއާގެ ރޯދަ ޕްރޮމޯޝަން ފަށައިފި

16 ފެބުރުއަރީ 2022

މުނި ހޯމް ކެއާއިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ހިންގާ "ސުޕަ ފާސްޓް" ޕްރޮމޯޝަން މިއަހަރު ވެސް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މުނި ހޯމް ކެއާއިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ހިންގާ "ސުޕަ ފާސްޓް" ޕްރޮމޯޝަން މިއަހަރު ވެސް ފަށައިފި އެވެ.

މިއީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް މުނި ހޯމްކެއާއިން ހިންގާ ޕްރޮމޯޝަނެކެެވެ. މި ޕްރޮމޯޝަނުގެ ދަށުން މުނި ހޯމްކެއާއިން ވިއްކާ ޕްރޮޑަކްޓުތަކުން 70 ޕަސެންޓާ ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މުނި ހޯމްކެއާ ލިވިންސެންޓަރުގެ ތެރޭގައި ކަސްޓަމަރަކު ޕްރޮޑަކްޓުތައް ބަލާލަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މުނި ހޯމްކެއާ ލިވިންސެންޓަރުގެ ތެރޭގައި ކަސްޓަމަރަކު ޕްރޮޑަކްޓުތައް ބަލާލަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީގެ އިތުރުން 5،000ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ޕްރޮމޯޝަނުގެ މުއްދަތުގައި ހާއްސަ ހަދިޔާއެއް ވެސް ލިބޭނެ އެވެ. މި ހަދިޔާތަކުގެ ތެރޭގައި ހިމެނޭނީ ރޯދަ މަހަށް ހާއްސަ ޕްރޮޑަކްޓުތަކެކެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި 500ރ. އިން މަތިން ވިޔަފާރި ކުރުމުން ކޫޕަނެއް ލިބޭނެ އެވެ. އަދި ކޫޕަން ހުށަހަޅާ މީހުންގެ ތެރެއިން ތިން ނަސީބިވެރި އަކު ހޮވާނެ އެވެ.

މުނި ހޯމްކެއާއިން ވިއްކާ ބެޑްރޫމް ސެޓެއް ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މުނި ހޯމްކެއާއިން ވިއްކާ ބެޑްރޫމް ސެޓެއް ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގުރުއަތުން އެއްވަނައަށް ހޮވޭ މީހަކަށް ބެޑް ރޫމް ސެޓެއް ހުށަހަޅާފައިވާއިރު ދެވަނައަށް އައުޓްޑޯ ޑައިނިން ސެޓެއް އަދި ތިންވަނައަށް ކޮފީ މޭޒެއް ވަނީ ހުށަހަޅައިފަ އެވެ. މި އިނާމްތަކުގެ ތެރޭގައި ހިމެނޭނީ އެންމެ ފަހުގެ ޑިޒައިންތަކުގެ ޕްރޮޑަކްޓުތައް ކަމަށް މުނި ހޯމްކެއާއިން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 20ގެ ނިޔަލަށެވެ.

ލިވިން ރޫމްގައި ސޯފާސެޓް ހުންނާނެ ގޮތް މުނި ހޯމްކެއާ ލިވިން ސެންޓަރުގައި ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ލިވިން ރޫމްގައި ސޯފާސެޓް ހުންނާނެ ގޮތް މުނި ހޯމްކެއާ ލިވިން ސެންޓަރުގައި ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މުނި ހޯމްކެއާގެ މި ޕްރޮމޯޝަން އެ ކުންފުނީގެ ފިހާރައިގެ އިތުރުން އޮންލައިން ސްޓޯރުގައި ވެސް ކުރިއަށްދާނެ އެވެ. ފިހާރައިން ލިބެން ހުންނަ ހުރިހާ ރޭންޖެއް އޮންލައިންކޮށް ވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.