15 ފެބުރުއަރީ 2022
އަރަބިއްޔާ ސްކޫލްގެ ކުދިންނަށް، ކުރީގެ ބާޖަމާލުއްދީން ސްކޫލްގެ ބިން ދޭން ސަރުކާރުން ނިންމާފައިވާތީ، އެ ބިން ސާފުކޮށް އެ ތަނުގައި އަރަބިއްޔާ ސްކޫލު އިމާރާތް ކުރަން ފެށޭނެ ތާރީހެއް ހޯދަން ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެ އެވެ. މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި، ޗާނދަނީ މަގުގައި ހުންނަ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ވަރަށް ބޮޑަށް ހަލާކުވުމުން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ، މި އަހަރުގެ ދެވަނަ ޓާމާއެކު، އެ ތަނުގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާށެވެ.

އެކަމަކު، ބެލެނިވެރިން އެކަމާ ދެކޮޅު ހެދުމުން، މާލެ އިން ހުޅުމާލެ އަށް ދާ ފެރީ ޓާމިނަލް ކައިރީގައި ފޮރިން މިނިސްޓްރީ ކުރިން ހިންގި ސޯމިލް އިމާރާތަށް ކިޔެވުން ބަދަލުކޮށް، އެ ތަނުގައި އެ ކުދިން އަންނަނީ ކިޔަވަމުންނެވެ.
އެ ސްކޫލް މިހާރު ހިންގާ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް، ބާޖަމާލުއްދީންގެ ބިން ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ގަ އެވެ.
އެހެންވެ، އެ ސްކޫލުގެ ބެލެނިވެރިން ވަނީ ބާޖަމާލުއްދީންގެ ގޯއްޗާއި އަރަބިއްޔާގެ އާ އިމާރާތުގެ ސައިޒާއި އެތަނުގެ އުސްމިން އަދި ބިންސާފުކޮށް، އިމާރާތް ކުރަން ފަށާނެ ތާރީހެއް ސާފުކުރުމަށް މިނިސްޓްރީގައި މިދިޔަ މަހުގެ 27 ގައި އެދިފަ އެވެ.
އެކަމަކު، އެ ސިޓީ ފޮނުވިތާ ތިން ހަފުތާވީއިރު، އަދިވެސް މިނިސްޓްރީން އެއްވެސް ޖަވާބެއް ނުދޭ ކަމަށް ބެލެނިވެރިން ބުނެ އެވެ.
އެ މީހުންގެ ސިޓީގައި ބުނީ، މި ދައުރު ނިމުމުގެ ކުރިން އަރަބިއްޔާގެ އާ އިމާރާތް އަޅައި ނިންމާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާއި އެހެންވެ، އެކަން ތަންފީޒު ކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްދޭން އެދޭ ކަމަށެވެ.
އަރަބިއްޔާ ސްކޫލުގެ ދާއިމީ ތަނަކަށް ހަދަން ސަރުކާރުން އެންމެ ފަހުން ނިންމި ބިމުގައި އެންމެ ކުރިން ހިންގީ ޖަމާލުއްދީން ސްކޫލެވެ. އެކަމަކު، އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނަށް އެ އިމާރާތާ ޖެހިގެން އާ ސްކޫލެއް ހަދައިދީ ދަރިވަރުން ބަދަލުކުރި އެވެ. އެ އަށް ފަހު، ބާޖަމާލުއްދީން އިމާރާތް ބޭނުންކުރީ ގައުމީ ޔުނިވާސިޓީގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް އެ ތަން ބޭނުންކުރުމަށް ނުރައްކާ ވެފައިވާ ކަމަށް ބުނެ ކުރީގެެ ސަރުކާރުން އެމްއެންޔޫ އެތަނުން ބޭރުކުރީ އެވެ. އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިހާބުތަކާ ބެހޭ މައި މަރުކަޒުގެ ގޮތުގައި ބާޖަމާލުއްދީންގެ އިމާރާތް ބޭނުންކުރަން ފެށި އެވެ. މިހާރު އެ އިމާރާތުގައި ހިންގަނީ އިލެކްޝަންސް ކޮމިޝަންގެ ބައިތަކެވެ.
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ ކުދިން ކިޔަވަނީ ވަރަށް ހާލުގައި!
ބާޖަމާލުއްދީންގެ އިމާރާތްތައް ތަޅާލަން 2.4 މިލިއަން
އަރަބިއްޔާ އަށް އަޒްހަރުން ޓީޗަރުން އަންނަން ފަށައިފި
އަރަބިއްޔާ ސްކޫލަށް އަޒުހަރުގެ ޓީޗަރުން އަދިވެސް ނުލިބޭ
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ