13 މާޗް 2019
އަރަބިއްޔާ ސްކޫލަށް އަދިވެސް މިސްރުގެ އަޒްހަރު ޔުނިވާސިޓީގެ ޓީޗަރުން ނުލިބޭ ކަމަށް ޓީޗަރުންގެ ކަންކަން ހަމަޖައްސަން މިސްރަށް ދިޔަ ވަފުދުން މިއަދު ބުނެފި އެވެ.
އަރަބިއްޔާ ސްކޫލަށް އަދިވެސް މިސްރުގެ އަޒްހަރު ޔުނިވާސިޓީގެ ޓީޗަރުން ނުލިބޭ ކަމަށް ޓީޗަރުންގެ ކަންކަން ހަމަޖައްސަން މިސްރަށް ދިޔަ ވަފުދުން މިއަދު ބުނެފި އެވެ.
އެ ސްކޫލަށް ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރަން މިިދިޔަ މަހު މިސްރަށް ދިޔަ ވަފުދުގައި ހިމެނިވަޑައިގެންނެވި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ ރާއްޖެ އަންނަން ހަމަޖައްސާފައިވާ މިސްރުގެ 18 ޓީޗަރުންގެ އިދާރީ ކަންތައްތައް ހަމަޖައްސަމުން އަންނަ ކަމަށް އެ ޔުނިވާސިޓީން އަންގާފައިވާ ކަމަށެވެ.
"ޓީޗަރުން ވަޑައިގަންނަވާނެ ސީދާ ތާރީހެއް ވިދާޅެއް ނުވޭ. އެކަމަކު ޓީޗަރުން ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް،" އަލީ ޒާހިރު ވިދާޅުވި އެވެ.
އަޒްހަރުން މި އަހަރު 22 ޓީޗަރުން ފޮނުވަން ހަމަޖައްސާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރެކެވެ. އެހެންވެ އެ ޓީޗަރުން ލިބެންދެން ސްކޫލުގައި މި ވަގުތު ކިޔަވައިދެނީ ކޮންޓްރެކްޓް ޓީޗަރުންނެވެ.
ރާއްޖޭގައި އަރަބި ތައުލީމު އުނގަންނައިދިނުމަށް މީގެ 32 އަހަރު ކުރިން އަރަބިއްޔާ ސްކޫލު އުފެއްދި ފަހުން، ކޮންމެ އަހަރަކު ވެސް އަޒްހަރުން ޓީޗަރުން ފޮނުވަ އެވެ. އެކަމަކު މިފަހަރު މައްސަލަ ޖެހުނީ، 2017 ވަނަ އަހަރު މިސްރުން ރާއްޖެ ފޮނުވި ހަތް ޓީޗަރަކު އެއާޕޯޓުގައި 12 ގަޑިއިރު ބޭތިއްބުމަށް ފަހު ޑީޕޯޓުކޮށްލުމުންނެވެ. އެކަމާ ގުޅިގެން ރާއްޖެ އަށް އަލުން ޓީޗަރުން ނުފޮނުވަން ވެސް އަޒްހަރު ޔުނިވާސިޓީން ނިންމި އެވެ. ނަމަވެސް ފަހުން ވަނީ އެކަން ބަދަލުކޮށްފަ އެވެ.
މިސްރުން ވަޑައިގެން ބޭއްވި ނޫސްކޮންފަރެންސެއްގައި އަލީ ޒާހިރު ކުރިން ވިދާޅުވީ އަޒްހަރު ޓީޗަރުންނާ މެދު ކަންތައް ކުރިގޮތުން ޝެއިޚުލް އަޒްހަރު ހުންނެވީ ކޯފާވެވަޑައިގެންފައި ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އެކަމަށް މައާފަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ޝެއިހުލް އަޒްހަރު ހުންނެވީ ކޯފާވެވަޑައިގެންފައި
އަރަބިއްޔާގެ ޓީޗަރުންގެ މައްސަލަ ހައްލުކުރަން މިސްރަށް
އަރަބިއްޔާ އަށް އަޒްހަރުން ޓީޗަރުން އަންނަން ފަށައިފި
އަޒްހަރުގެ ޓީޗަރުން ރާއްޖެ އަންނާނީ ބުދަ ދުވަހު
އަޒްހަރުން ޓީޗަރުން ނުލިބި އަރަބިއްޔާ އަށް ދަތިވެފައި
އަޒުހަރުން ރާއްޖެ އަށް އަލުން ޓީޗަރުން ފޮނުވަނީ
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!