18 އެޕްރީލް 2019
އަރަބިއްޔާ ސްކޫލުގައި ކިޔަވައިދިނުމަށް އަޒްހަރު ޔުނިވާސިޓީން ފޮނުވަން ހަމަޖެއްސި ޓީޗަރުން ރާއްޖެ އަންނަން ފަށައިިފި އެވެ.
އަރަބިއްޔާ ސްކޫލުގައި ކިޔަވައިދިނުމަށް އަޒްހަރު ޔުނިވާސިޓީން ފޮނުވަން ހަމަޖެއްސި ޓީޗަރުން ރާއްޖެ އަންނަން ފަށައިިފި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް ޝުޖާއު އަބްދުލްރަހީމް ވިދާޅުވީ އަޒްހަރު ޔުނިވާސިޓީން ފޮނުވަން ހަމަޖެއްސި 22 ޓީޗަރުންގެ ތެރެއިން 11 ޓީޗަރަކު އިއްޔެ އައިސްފައިވާ ކަމަށެވެ. އިތުރު ހަތަރު ޓީޗަރަކު މިއަދު މެންދުރު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު އަރަބިއްޔާއަށް ހަތަރު ޓީޗަރަކު އައިސްފައި ވެ އެވެ. އެހެންކަމުން އެ ޓީޗަރުންގެ ތެރެއިން ދެން ބާކީ ތިބޭނީ ދެ ޓީޗަރުންނެވެ. އެއީ އަޒްހަރުން ފޮނުވަން ހަމަޖެއްސި ޓީޗަރުންގެ އަދަދު ފަހު ވަގުތު 21 އަށް މަދުކުރުމުންނެވެ.
އަރަބިއްޔާ ސްކޫލަށް މިސްރުގެ އަޒްހަރު ޔުނިވާސިޓީއިން ހަމަޖެއްސެވި ޓީޗަރުންގެ ތެރެއިން 11 ބޭފުޅުން މިއަދު މާލެ ވަޑައިގަންނަވައިފި. އަދި އިތުރު 4 ޓީޗަރުން މާދަމާ މާލެ ވަޑައިގަންނަވާނެ. މި ޓީޗަރުން އަންނަ ހަފްތާއިން ފެށިގެން އަރަބިއްޔާއާ ގުޅިވަޑައިގަންނަވާނެ. pic.twitter.com/T7JOr0QAPi
— Ministry of Education (@EducationMV) April 17, 2019
އެޑިއުކޭޝަން މިނިސްޓްރީގެ ޓްވީޓް
ޝުޖާއު ވިދާޅުވީ ބާކީ ތިބި ޓީޗަރުން އަންނާނެ ދުވަހެއް އަޒްހަރުން އަދި އަންގާފައިނުވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އަރަބިއްޔާ ސްކޫލާ އަލަށް ގުޅުނު ޓީޗަރުން އަންނަ ހަފުތާގައި ކިޔަވައިދޭން ފަށާނެ އެވެ.
އަރަބިއްޔާ އަށް ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަނީ މިިދިޔަ ފެބްރުއަރީ މަހު މިސްރަށް ވަފުދެއް ފޮނުވައިފަ އެވެ. ރާއްޖެ އަށް ޓީޗަރުން މި ފޮނުވަނީ، ޝެއިހުލް އަޒްހަރާ މީގެ ދެ މަހެއްހާ ދުވަސް ކުރިން އެ ވަފުދުން ބައްދަލުކޮށްފައި ވަނިކޮށެވެ. މިސްރުން ފޮނުވި ޓީޗަރުންނާ މެދު ރާއްޖެ އިން ކުރިން ކަންތައް ކުރިގޮތުން ޝައިހުލް އަޒްހަރު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެވަޑައިގެންފަ އެވެ. އެގޮތުން، ޓީޗަރުން ފޮނުވާފައިވަނީ މީގެ ކުރީގެ ސަރުކާރުން އެގޮތަށް ކަންތައް ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް މާފަށް އެދިވަޑައިގެން ސިޓީފުޅެއް ފޮނުއްވުމުންނެވެ.
އަރަބިއްޔާ ސްކޫލަށް އަޒުހަރުގެ ޓީޗަރުން އަދިވެސް ނުލިބޭ
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
އަރަބިއްޔާގެ ކުދިން ކިޔަވަނީ ވަރަށް ހާލުގައި!
ބާޖަމާލުއްދީންގެ އިމާރާތްތައް ތަޅާލަން 2.4 މިލިއަން
އަރަބިއްޔާ އަޅާނެ އިރެއް ސާފުކޮށްދޭން އެދިއްޖެ
އަޒްހަރުން އަރަބިއްޔާ އަށް ފޮތްތަކެއް ހަދިޔާކޮށްފި
އަޒްހަރުގެ ޓީޗަރުން ރާއްޖެ އަންނާނީ ބުދަ ދުވަހު
ޝެއިހުލް އަޒްހަރު ހުންނެވީ ކޯފާވެވަޑައިގެންފައި
އަރަބިއްޔާގެ ޓީޗަރުންގެ މައްސަލަ ހައްލުކުރަން މިސްރަށް
އަޒްހަރުން ޓީޗަރުން ނުލިބި އަރަބިއްޔާ އަށް ދަތިވެފައި