10 ފެބުރުއަރީ 2022
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި މުހިއްމު އެހެން ހަތަރު އިންތިހާބެއް މި މަހު ބާއްވައި، ކޮންގްރެސް އަންނަ މާޗް މަހަށް ތާވަލުކުރަން މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅަން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި މުހިއްމު އެހެން ހަތަރު އިންތިހާބެއް މި މަހު ބާއްވައި، ކޮންގްރެސް އަންނަ މާޗް މަހަށް ތާވަލުކުރަން މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅަން ނިންމައިފި އެވެ.
އިސްކަންދަރު ސްކޫލުގައި ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތާއީދު ކުރައްވާ ގޮތަށް އޮތް ހުށަހެޅުމުގައި ހަތަރު އިންތިހާބަކާއި ކޮންގްރެސް ބާއްވާނެ ތާރީހުތަކެއް ހިމަނާފައިވެ އެވެ. އެކަމަކު މިރެއަށް އެޖެންޑާ ކޮށްފައިވާ ރިޔާސީ ޕްރައިމަރީގެ ތާރީހެއް އޭގައި ނެތެވެ.
ފެބުރުއަރީ، 28: ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބު
މާޗް، 26: ޗެއާޕާސަން، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު
މޭ، 26: ކޮންގްރެސް
އިންތިހާބުތަކާ މެދު ގޮތް ނިންމުމުގެ އެޖެންޑާ އިއުލާންކޮށްފައި ވަނިކޮށް، ކޮންގްރެސް ބާއްވަން މިއަދު ކުއްލި ގޮތަކަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު އިސްލާހެއްގެ ގޮތުގައި ހުށަހަޅުއްވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވޯޓު ނަގާނެ ތާރީހެއް ކަނޑައެޅުމަށާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ފައިނަލް ކުރުމެވެ.
ނަޝީދުގެ އިސްލާހުގައި ނިޒާމީ ވޯޓެއް ނެގުމާއެކު، ރިޔާސީ އިންތިހާބުގެ ޖުމްލަ ވޯޓުގެ 30 ޕަސެންޓް ކާމިޔާބު ކުރެވޭ ކެންޑިޑޭޓަކު ރައީސަކަށް އިންތިހާބުކުރާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި އެވެ.
އޭގައި އޮތީ ގިނަ ޕާޓީތަކާ އިއްތިހާދުވުމެއް ނެތި ވެރިކަމަށް އާދެވޭނެ ގޮތެއް ހޯދުމެވެ.
މިރޭ ފާސްކުރަން މަސައްކަތްކުރާ ހުށަހެޅުމުގައިވާ ގޮތުން، ޗެއާޕާސަންގެ މަގާމާއި ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫހްގެ އިންތިހާބަށް އަންނަ ހޮނިހިރު ދުވަހު ހުޅުވައިލާނެ އެވެ. އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި މިއަދާ ހަމައަށް ފަސް އަހަރުގެ ދައުރު ފުރުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
ޕީޖީގެ ލީޑަރު ކަމުގައި ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން މިހާތަނަށް ނިންމެވީ ފައްޔާޒާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅޭ ކޮންގްރެސްއެއް ބާއްވަން ނަޝީދު ހުށަހެޅުއްވިއިރު، އެ މަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ވެފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމްޑީޕީއަށް އެކަނި 2023 ގައި ވެރިކަން ކަށަވަރު ކުރެއްވެން އޮތް މަގަކީ ވެސް ބަރުލަމާނީ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބު 2023 ގައި ނުބާއްވައި ބަރުލަމާނީ ނިޒާމަށް ބަދަލުވުމަށް ވެސް އެ މަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި އެވެ.
ނަޝީދު ކުރިން ވިދާޅުވެފައި ވަނީ 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން ބޭނުންފުޅުވާ އެއް ސަބަބަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުންފުޅު ނުވުމެވެ.
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
އެމްޑީޕީގެ ޕްރައިމަރީ: ތިލަފަތް ބަރީ ކޮން ކޮޅަކަޅަށް؟
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަނީ