07 ފެބުރުއަރީ 2022
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސަކަށް އާސިމް މުހައްމަދު އައްޔަން ކުރުމާ މެދު ގޮތެއް ނިންމައި ދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ ނަން ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސަކަށް އާސިމް މުހައްމަދު އައްޔަން ކުރުމާ މެދު ގޮތެއް ނިންމައި ދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ ނަން ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ޕީސީބީގެ ބޯޑަށާއި ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ މައްސަލަ މަޖިލީހުގައި މިއަދު އިއްވެވުމަށް ފަހު، ގ. މެޒަރިން، އާސިމްގެ ނަން ދިރާސާ ކުރަން ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށް ފޮނުއްވި އެވެ.
އެ ބޯޑަށް އާސިމާއެކު، ހަތް މެންބަރަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ ފެބްރުއަރީ 17، 2020 ގަ އެވެ. އޭރު އެ ބޯޑުގެ ރައީސްގެ މަގާމަށް އައްޔަން ކުރީ ހަސަން ވަހީދެވެ. އާސިމް ހުންނެވީ ނައިބު ރައީސްގެ މަގާމުގަ އެވެ.
ބޯޑުގެ ރައީސްކަމުގެ ހަސަން ވަހީދު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ވިދާޅުވެފައި ނެތަސް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އޮކްޓޫބަރު 1، 2020 ގައި ވިދާޅުވެފައި ވަނީ އެ ފިޔަވަޅު އެޅުއްވީ މަސައްކަތް ކުރައްވާނެ އެކަށީގެންވާ މާހައުލެއް ނެތުމުން ކަމަށެވެ. އެކަމަކު އިތުބާރު ހުރި ގޮތަކަށް އޭރު އެނގިފައިވާ ގޮތުގައި، ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވަޓައިޒޭޝަން ބޯޑަށް ސިޔާސީ ބޭފުޅެއްގެ ނުފޫޒު ބޮޑުވުމުން، އެކަމާ މެދު ހަސަން ވަހީދުގެ ހިތްހަމަނުޖެހުން އޮތެވެ.
އާސިމް މުހައްމަދު، ގ. މެޒަރިން
އާއިޝަތު ޝާޒްލީ، މ. ސެވޯއީ
ރުޝާހާ އަހުމަދު ޝަރީފް، ހ. އޮއިސިސްވިއު
އަލީ ޝަފީއު، މ. ހުދުކަނީރުގެ
އަލީ ޝުޖާއު، ފަހަލަ/ ޅ. ހިންނަވަރު
އަހުމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ
ޕީސީބީގެ ރައީސް އިސްތިއުފާ ދެއްވައިފި: ބޮންޑޭ
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމަށް ވަނުން ރަނގަޅެއް ނޫން
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ފިސްކަލް ޒިންމާގެ ބިލާއި ދަރަންޏާ ބެހޭ ބިލް ފާސްކޮށްފި
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން