05 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާ އެކު ތިން ރަށް ކުރިއަރުވަން ތައްޔާރަށްކަން މިއަދުގެ ވޯޓުގައި ބުނެދީފި ކަމަށާއި މަޖިލީހުގައި އޭނާ ފެންނާނީ އެ މަަސައްކަތުގައި ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިހާތަނަށް އިއުލާންކުރި ވޯޓުން ކުރި ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާ އެކު ތިން ރަށް ކުރިއަރުވަން ތައްޔާރަށްކަން މިއަދުގެ ވޯޓުގައި ބުނެދީފި ކަމަށާއި މަޖިލީހުގައި އޭނާ ފެންނާނީ އެ މަަސައްކަތުގައި ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިހާތަނަށް އިއުލާންކުރި ވޯޓުން ކުރި ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
ރާޝިދު "މިހާރު" އަށް ވިދާޅުވީ މިއީ ކޮމަންޑޫ ދާއިރާއަށް ހައްގު މޮޅެއް ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދޫން ވެސް ގިނަ ވޯޓު ލިބިވަޑައިގަތީ އޭނާއަށް ކަން ފޮށިތަކުގެ ނަތީޖާ އިން ދައްކަ އެވެ.
ރައްޔިތުން ބުނެދިނީ މި ގޮނޑިއަކީ އެމްޑީޕީ ގޮނޑިއެއްކަން. ރައްޔިތުންނަށް ހިދުމަތްކޮށްދޭ ކުރިއަރުވާ ބަޔަކާ ގުޅިފައި އޮތް ގޮނޑިއެއް ކަމަށް: ރާޝިދު
ރާޝިދުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން ވާދަކުރެއްވި ފޯރިގަދަ އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށްފި ކަމަށް ބުނެ ދާއިރާގެ ރަށްތަކުގައި އަންނަނީ އުފާފާޅުކުރަމުންނެވެ.
ރާޝިދު ވިދާޅުވި ގޮތުގައި ނަތީޖާ އިން ފެންނަން އޮތީ ވޭތުވެދިޔަ ދައުރުތަކުގައި ވެސް މި ދާއިރާގައި އޮތް ފިކުރު ބަދަލު ނުވާ ކަމެވެ. ސަރުކާރުން ދާއިރާ އަށް ކޮށްދެމުން އަންނަ ހިދުމަތް ރައްޔިތުން ބަލައިގަންނަ ކަމަށާއި އެގޮތުގައި ތިން ރަށް ކުރިއަރުވަން ރައްޔިތުން ބޭނުންވެފައި ތިބި ކަމުގެ މެސެޖް ވެސް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާއިގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ރާޝިދު.-- ފޮޓޯ: އެމްޑީޕީ
"މި ދާއިރާއަށް ސަރުކާރުން ކޮށްދޭ ކަންކަން ބަލައިގެންފި، އެމްޑީޕީ ބަލައިގަނެ އެ ފިކުރުގައި ދެމިތިބެން ބޭނުންވާ ކަން ސާފުކޮށް އަނެއްކާވެސް ބުނެފި،" އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ބުނެދިނީ މި ގޮނޑިއަކީ އެމްޑީޕީ ގޮނޑިއެއްކަން. ރައްޔިތުންނަށް ހިދުމަތްކޮށްދޭ ކުރިއަރުވާ ބަޔަކާ ގުޅިފައި އޮތް ގޮނޑިއެއް ކަމަށް،" ރާޝިދު ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި މަޖިލީހުގެ ތިން އިންތިހާބުގައި ވެސް މި ދާއިރާ އިން އަޣުލަބިއްޔަތު ހޯދައި މަޖިލީހުގެ ގޮނޑި ތަމްސީލްކުރަނީ އެމްޑީޕީންނެވެ.
އަޅުގަނޑު ފެންނާނީ ސަރުކާރާ ގުޅިގެން ދާއިރާގެ ކުރިއެރުމަށް ރައްޔިތުންނާ ގާތުން މަަސައްކަތް ކުރާނެ މީހެއްގެ ގޮތުގައި: ރާޝިދު
ރާޝިދު ވިދާޅުވި ގޮތުގައި އިންތިހާބުގައި ފެނުނު ނަތީޖާ އަކީ މި ދާއިރާގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ ގިނަ ބަޔަކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. ތިން ރަށުގެ ރައްޔިތުންނަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ.
މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުވީ ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅުން ކުރަމުން އަންނަ ތުހުމަތާ ގުޅިގެން ސުވާލު ދެންނެވުމުން ވިދާޅުވީ ވޯޓުން ދައްކައި ދީފައި އެ އޮތީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ކޮމަންޑޫން ނުކުތުމަކީ ވޯޓުގައި ގޮންޖެހުމެއް ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ވެސް އަޣުލަބިއްޔަތު ލިބުމުން ހިތްހަމަޖެހިވަޑައިގެންނެވި ކަަމަށެވެ.
"އިރާދަކުރެއްވިއްޔާ ދާއިރާގެ ރައްޔިތުން ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރާނަން. އަޅުގަނޑު ދެމި ހުންނާނީ ދާއިރާގެ ރައްޔިތުންނާ އެކީގައި،" ރާޝިދު ވިދާޅުވި އެވެ.
"މި ދާއިރާއަކީ އަބަދުވެސް ވަރަށް ގޮންޖެހުން ބޮޑު ދާއިރާއެއް. މި ދާއިރާގެ ކެމްޕޭނަކީ އަބަދުވެސް އެމްޑީޕީ އާއި ޕީޕީއެމް ވަރަށް ފޯރީގައި ކުރިއަށް ގެންދާ ކެމްޕޭނެއް. މި ފަހަރު ވެސް ހަމަ އެގޮތަށް ވަރަށް ވަރުގަދައަށް ދެ ފަރާތުން ކެމްޕޭންކޮށް އެމްޑީޕީއަށް ރައްޔިތުން މި ގޮނޑި އަނެއްކާވެސް މި ދިނީ."
މި ބައި އިލެކްޝަން ބާއްވަން ޖެހުނީ މި ގޮނޑި ފުރުއްވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
ރާޝިދު ވިދާޅުވީ މަޖިލީހުގައި މި ދާއިރާއަށްޓަކައި ހުސެއިން ކޮށްދެއްވި ހިދުމަތްތަކާއި ހޯދައިދިން ކުރިއެރުމާ މެދު ހިތްހަމަޖެހިފައި ތިބި ވެސް މި އިންތިހާބުގައި ބުނެދީފި ކަމަށެވެ.
"އެ ހުރިހާ ކަމެއްގެ އަގު ވަޒަންކުރުމުގެ ގޮތުން މި ގޮނޑި އެމްޑީޕިއަށް ކަށަވަރުކޮށްދިނީ. އަޅުގަނޑު ފެންނާނީ ސަރުކާރާ ގުޅިގެން ދާއިރާގެ ކުރިއެރުމަށް ރައްޔިތުންނާ ގާތުން މަަސައްކަތް ކުރާނެ މީހެއްގެ ގޮތުގައި."
ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
އެމްޑީޕީއަށް ތާއީދު ނެތްކަން ސާފުވެއްޖެ: ފަތުހީ
ސިޔާސީއެއް ނޫން، މި ރަށްރަށުން ބޭނުމީ ހިދުމަތް!
އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހުއްޓުވޭނެ ގޮތެއް ނެތް
އޮފިޝަލުންނަށް ތުހުމަތާ އެކު ފޯކައިދޫގައި ހަމަނުޖެހުން
ދެ މަޝްރޫއުގެ ހަރަދު މުޅި އަހަރުގެ ބަޖެޓާ ނުބައްދަލު!
އެމްޑީޕީ އަށް ވޯޓު ދޭންވީ ވެރިކަން އޮތީމާ: ގާސިމް
އިންތިހާބަށް ނުފޫޒުފޯރުވާތީ އެމްއާރުއެމުން ކަންބޮޑުވެއްޖެ
މި ގޮނޑިން ބޭނުންވަނީ ސިޔާސީ "މޮޅެއް"!