Roadha Mihaaru
އަފްރާޝީމްގެ ބައްޕަ އަވަހާރަވެއްޖެ

އަފްރާޝީމްގެ ބައްޕަ އަވަހާރަވެއްޖެ

17 ޑިސެމްބަރ 2016

އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ބައްޕަ، އަލީ ޒާފިރު މިއަދު އަވަހާރަވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އަވަހާރަކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ބައްޕަ، އަލީ ޒާފިރު މިއަދު އަވަހާރަވެއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އުމުރުން 78 އަހަރުގެ އަލީ ޒާފިރު މިއަދު ހެނދުނު 10:00 ހާއިރު އަވަހާރަވީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަށް ވަނީ، އެނގިފައިވާ ގޮތުގައި، މީގެ ހަތަރު ދުވަސް ކުރިން އެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓުކޮށް، ފަރުވާ ދޭން ފަށައިފަ އެވެ.

އެކަމަކު، އަލީ ޒާފިރަށް ފަރުވާ ދެމުން ދިޔައީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

އަލީ ޒާފިރުގެ ޖަނާޒާ މިއަދުގެ އަސުރު ނަމާދަށް ފަހު އުނގޫފާރުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

އަލީ ޒާފިރަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމާއި އޭނާގެ ފަހުން އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އޭނާގެ ކޮއްކޮ، އިބްރާހިމް އަމީންގެ ބައްޕަ އެވެ. އަދި އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރަކީ ވެސް އަލީ ޒާފިރުގެ ދަރިކަލެކެވެ. މީގެ އިތުރުން، އޭނާ ވަނީ އުނގޫފާރުގެ ކަތީބުކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައިފަ އެވެ.