Roadha Mihaaru
އަފްޣާން އަންހެން އެކްޓިވިސްޓް ތާލިބާނުން ހައްޔަރުކޮށްފި

އަފްޣާންގެ އަންހެން އެކްޓިވިސްޓަކު ތާލިބާނުން ހައްޔަރުކޮށްފި

03 ފެބުރުއަރީ 2022

ކާބުލް (ފެބްރުއަރީ 3) - އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރަމުން ދިޔަ އަންހެން އެކްޓިވިސްޓެއް ކަމަށްވާ މުރްސަލް އާޔަރު ތާލިބާނުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (ފެބްރުއަރީ 3) - އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރަމުން ދިޔަ އަންހެން އެކްޓިވިސްޓެއް ކަމަށްވާ މުރްސަލް އާޔަރު ތާލިބާނުން ހައްޔަރުކޮށްފި އެވެ.

އާޔަރު ހައްޔަރުކޮށްފައި ވަނީ ވެރިރަށް ކާބުލްގައި ހުންނަ އޭނާގެ ގެއިންނެވެ. އާޔަރަކީ ވޭތުވެދިޔަ ހަފުތާތަކުގައި ތާލިބާނުން ހައްޔަރު ކުރި ހަ ވަނަ އަންހެން އެކްޓިވިސްޓެވެ.

އަންހެން އެކްޓިވިސްޓް ހައްޔަރުކުރި ކަމަށް ތާލިބާނުން އެއްބަހެއް ނުވެ އެވެ. ތާލިބާނުންގެ ތަރުޖަމާނަކު ބުނީ އާޔަރަށް ވީގޮތެއް ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ މެދުތެރޭގައި ކާބުލްގައި ސުލްހަވެރި އެއްވުމެއްގައި ބައިވެރިވި އެކްޓިވިސްޓުންތަކެއް ވެސް ވަނީ ގެއްލިފަ އެވެ. އެ މީހުންގެ އެއްވުމުގައި ގޮވާލާފައި ވަނީ ތާލިބާނުންގެ ވެރިކަމުގައި އަންހެނުންނަށް މަސައްކަތް ކުރުމާއި ތައުލީމު އުނގެނުން އަދި ސިޔާސީ ހައްގުތައް ދިނުމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ގެއްލުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އދ. އިން ބުނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުންނަށް އެއްވެސް ބިރެއް ނެތްކަމުގެ ޔަގީންކަން ތާލިބާނުން ދޭން ޖެހޭ ކަމަށެވެ.

މިދިޔަ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވުމަށް ފަހު ވަނީ އަންހެނުން ވަޒީފާ އަދާކުރުމާއި މަތީ ތައުލީމް އުނގެނުން މަނާކޮށްފަ އެވެ.