29 ޖެނުއަރީ 2022
މާލެ ސަރަހައްދުގައި ޑްރައިވިން ލައިސަންސް ނެގުމަށް ފަރިތަކުރުމާއި ޑްރައިވިން ޓެސްޓް ހެދުން ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.
މާލެ ސަރަހައްދުގައި ޑްރައިވިން ލައިސަންސް ނެގުމަށް ފަރިތަކުރުމާއި ޑްރައިވިން ޓެސްޓް ހެދުން ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.
ލައިސަންސް ނަގަން ބޭނުންވާ މީހުން ފަރިތަކުރުމާއި ޑްރައިވިން ޓެސްޓުތައް އިއްޔެއާ ހަމައަށް ކުރިއަށް ގެންދިޔައީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގަ އެވެ. އެކަމަކު، ތިލަމާލެ ބްރިޖުގެ މަސައްކަތްތައް އެ ސަރަހައްދުގައި ކުރުމަށް އެ ތަން ބަންދު ކޮށްފައިވާތީ ހުޅުމާލޭގައި މިއަދު ޓެސްޓްތައް ހަދަން ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން އެ ކައުންސިލާ ހަވާލުކޮށްގެން ހެދި ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދުގެ 90 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތުގެ ބޮޑު ބައެއް ނިންމާލާފައިވާއިރު، ކައުންސިލުން ބުނިގޮތުގައި، އެ ތަނުގެ މަސައްކަތް އެކީ ނިމޭއިރު ދެ ފާހާނާ އާއި ވެއިޓިން އޭރިއާއެއް ވެސް ހަދާނެ ކަމަށެވެ.
ހުޅުމާލޭގައި ލައިސަންސް ނަގަން ދުއްވާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފިތުރޯނުގަސް މަގުގައި އެމްޕީއެލްގެ ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމެވެ. މިހާރު އެ ސަރަހައްދުގައި ވަނީ ޑްރައިވިން ޓެސްޓް ހަދާއިރު ސަމާލުކަން ދޭން ޖެހޭ ނިޝާންތައް ކުރަހައިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ލައިސެންސް ނަގަން ކުރިން ބޭނުންކުރާ ސަރަހައްދުގައި ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. ހުޅުމާލޭ ރެނާޓަސް އެޕާޓްމަންޓް ބިލްޑިންގްގެ ކުރިމައްޗަށްވާ ގޮތަށް އޮންނަ ހުސް ބިމުގައި ހެދި ތަނުން އެ ހުރިހާ މައްސަލައަކަށް ވެސް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
50 އަށް ވުރެ ގިނަ ބާ އުޅަނދު ނައްތާލައިފި
ޑްރައިވިން ޓްރެކް އަޅަން ބޭނުންވާ ތަކެތި ހަދިޔާކޮށްފި
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ބުޅާ ފެސިލިޓީއަށް ބައެއް ސާމާނު ހޯދަނީ
އިތުރު 10 ރަށަކުން ލައިސަންސް ނެގޭނެ ގޮތް ހަދައިފި
މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފަށައިފި
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ ބިން ޕާކިން އަށް
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް