Roadha Mihaaru
މަގޫދޫގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލު ކޮށްފި

މަގޫދޫގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލު ކޮށްފި

27 ޖެނުއަރީ 2022

ފ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

މި އެއްބަސްވުމުގެ ދަށުން، އެ ރަށުގައި އަޅާ އެއާޕޯޓުގެ ބޭނުމަށް 30.8 ހެކްޓަރުގެ ބިމާއި ރަށުގެ ތަރައްގީ އާއި އެހެނިހެން ބޭނުންތަކަށް 17 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުގައި ރިވެޓްމަންޓާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 650 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 206.87 މިލިއަން ރުފިޔާ އަށެވެ.