27 ޖެނުއަރީ 2022
ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ފާހަގަކުރެވުނު ކުޅުންތެރިން ހިމަނައިގެން ގައުމީ ފުޓުބޯޅަ ޓީމު އެކުލަވައިލައި، އެ ކުޅުންތެރިންގެ ފެންވަރު ދެނެގަތުމުގެ ބޭނުމުގައި ޓީމުގެ ތަމްރީނުތަކެއް ފަށައިފި އެވެ.
ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ފާހަގަކުރެވުނު ކުޅުންތެރިން ހިމަނައިގެން ގައުމީ ފުޓުބޯޅަ ޓީމު އެކުލަވައިލައި، އެ ކުޅުންތެރިންގެ ފެންވަރު ދެނެގަތުމުގެ ބޭނުމުގައި ޓީމުގެ ތަމްރީނުތަކެއް ފަށައިފި އެވެ.
މިއީ ކްލަބް ފުޓްބޯޅަ މެޗުތައް ބެލުމަށް ފަހު ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ސްކޮޑެއް އެކުލަވައިލަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އޭނާ ބުނީ ޓީމަށް އަލަށް ނެގި ކުޅުންތެރިންގެ ފެންވަރު ގާތުން އެނގެން ބޭނުންވާ ކަމަށެވެ.
"މި ޕްރެކްޓިސް ސެޝަންތަކަކީ ޕްރެޒިިޑެންޓްސް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންންތެރި އެއްކޮށް ޕްރެކްޓިސް ކުރެވޭނެ ގޮތެއް ހޯދައިދީ އެކުޅުންތެރިން ފެންވަރު ދެނެގަތުން،" މޮރިއޭރޯ ބުންޏެވެ.
"އެކަމަކު ބައެއް ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ބައިވެރި ނުވެވުމަކީ އަހަރެން ހިތާމަކުރާ ކަމެއް. އަހަރެން އުންމީދު ކުރަން ލީގު ފަށަންވާ އިރަށް އެ ކުޅުންތެރިންނަށް ކުޅެން ނުކުމެވޭނެ ކަމަށް."
ގައުމީ ޓީމު އަލުން ޕްރެކްޓިހަށް ނުކުތް އިރު އެސިިސްޓެންޓް ކޯޗެއްގެ ގޮތުގައި ޕޯޗްގަލްގެ ސިމާއޯ ކޯސްޓާ ހަރަކާތްތެރިވެ އެވެ. ގައުމީ ޓީމާ އެކު ފުރަތަމަ ޕްރެކްޓިހަށް ނުކުމެ އޭނާ ބުނެފައި ވަނީ ރާއްޖޭގެ ދޮން ވެލި ބީޗާއި މޫސުމަށް ވުރެ ފުޓްބޯޅައިގެ ފެހި ދަނޑުތަކުން ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށެވެ.
އެފްއޭއެމް ޓާފް ދަނޑުގައި ގައުމީ ޓީމު ޓްރޭނިން ފެށުމުގެ ކުރިން ކޯޗުން ސްޓާފުންނާއި ކުޅުންތެރިން ވާހަކަ ދައްކަނީ --- ފޮޓޯ: އެފްއޭއެމް
މިފަހަރު އެކުލަވައިލި ސޮކޮޑަށް އިތުރު ކުރި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިންނަކީ، ގާތްގަނޑަކަށް ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ޓީމަށް އަލުން ނެގި ރިލްވާން ވަހީދު (ރިލޭ) އާއި ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އެވެ. ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ އަށް ކާމިޔާބުކޮށް ދިނުމަށް އެންޑީ ވަނީ ހިއްސާވެފަ އެވެ. ސްކޮޑުން ފުރުސަތު ލިބުނު ފާހަގަ ކުރެވޭ އަނެއް ކުޅުންތެރިިޔަކީ ޔުނައިޓެޑް ވިކްޓަރީގެ އަހްމަދު ބައްސާމް (ބައްކު) އެވެ.
އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެނބުރި އައި އަހްމަދު ރިޒްވާން އަށް ފުރުސަތެއް ނުދެ އެވެ. އީގަލްސްގެ ފޯވާޑް ވަނީ ޕްރެޒިޑެންޓްސް ކަޕްގައި އޭނާ އަށް ދިން ފުރުސަތުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އީގަލްސްގެ ކުޅުންތެރިންގެ ތެރެއިން ޓީމަށް ނެގީ ޒުވާން ފޯވާޑް ހަސަން ރާއީފް އަހްމަދު (ހަންނަ) އާއި ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކުރޯ) އާއި އަދި ޑިފެންޑަރު އަހްމަދު ނޫމާން އެވެ.
ގައުމީ ޓީމުން އިއްޔެ ބޭއްވި ޓްރޭނިން ސެޝަންގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
ގައުމީ ޓީމަށް އަވަސް ކުރިމަގެއްގައި މެޗެއް ނެތެވެ. އެކަމަކު ލަންކާގައި ބާއްވާ އިންވިޓޭޝަނަލް ކަޕެއްގައި ވާދަކުރުމަށް ރާއްޖެ އަށް ދައުވަތު ލިބިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައިވެ އެވެ. ޑިސެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ވަނީ ވާދަކޮށްފަ އެވެ. މޮރިއޭރޯގެ ކޯޗުކަމުގެ ދަށުގައި ރާއްޖެއިން ކުޅުނު އެ މުބާރާތުގެ އެއްވެސް މެޗަކުން ރާއްޖެ މޮޅެއް ނުވެ އެވެ.
ރާއްޖޭގެ ކޯޗުމާ އޭނާ ހަވާލުވީ، އެ މުބާރާތް ފެެށެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށެވެ. އޭރު ވެސް މޮރިއޭރޯ ބުނީ އޭނާގެ އަމިއްލަ ޓީމެއް އެކުލަވާލަން ވަގުތު ބޭނުންވާ ކަމަށެވެ. މީގެ ކުރިން އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުގައި އޭނާ ބުނެފައި ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރުދަށޭ ބުނާ ބަޔަކު އެހެން ބުނަނީ ކުޅުންތެރިންގެ ހާލަތު ނޭނގި ކަމަށެވެ.
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ދިވެހި ފުޓްބޯޅައިގެ ފެންވަރު ދަށޭ ބުނަނީ ނުބަލާތީ:ކޯޗު
ގައުމީ ފުޓުބޯޅަ ޓީމަށް ޕޯޗުގަލްގެ އެސިސްޓެންޓް ކޯޗެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު
އެފްއޭއެމްގެ ވަޒީފާތަކަށް 600 އަށް ވުރެ ގިނަ ފޯމު
ރާއްޖެ ހުއްޓިފައި، ސާފްގެ އަނެއް ހަ ގައުމަށް ފޯރިގަދަ
ފުޓްބޯޅަ ވެއްޓިފައިވާ ހާލަތާ މެދު ރައީސްގެ ކަންބޮވުން
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ޕޮޑޮލްސްކީއަށް ކިޔައިދީފި