ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތާ މެދު، ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
05 ފެބުރުއަރީ 2024
ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތާ މެދު، ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް، ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފުޓްބޯޅައިގައި ސަރައްދީ ފެންވަރުގައި ވެސް މީގެ ކުރިން ރާއްޖެ ނުދާހާ ދަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
"ދިވެހީން އެންމެ ލޯބިކުރާ ފުޓްބޯޅަ އަށް (އެކަނި) ނަޒަރު ހިންގައިލާއިރު ވެސް، ސަރަޙައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ 30 އަހަރުތެރޭ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ މިދިޔަ އަހަރު ކަޓައިގެން ދިޔަ ދިއުމަށެވެ. މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުން ރާއްޖެ ކެޓީ އެ މުބާރާތުގައި 20 އަހަރަށް ފަހު ބަންގްލަދޭޝް އަތުން ފުރަތަމަ ފަހަރަށް ބަލިވުމުންނެވެ.
ބޮޑު ވެއްޓުމެއް، ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކަޓައިފި https://t.co/w51GuDt6Ha
— Mihaaru (@Mihaarunews) June 28, 2023
ރައީސް ވިދާޅުވީ އެހެން ކުޅިވަރުތަކުގައި ވާދަކުރާ އެތުލީޓުން ވެސް ތިބީ މާޔޫސްވެފައި ކަމަށެވެ. އަދި އިތުރު ތަމްރީނުގެ ފުރުސަތާއި އާމްދަނީގެ މަގުތައް ވެސް އެތުލީޓުންނަށް ބަންދުވެފައި ވާތީ ހިތާމަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުޅިވަރުގެ ބޮޑެތި ކްލަބްތައް މާލީ އަނދަވަޅުން ސަލާމަތްކޮށް ކުރިއަރާނެ ގޮތްތަކެއް ހޯދަންޖެހެ އެވެ.
ކުޅިވަރުގެ ހާލަތު ރަނގަޅު ކުރުމަށް، އެސޯސިއޭޝަންތަކުގެ ހާލަތު ރަނގަޅުކުރުމާއި ވަސީލަތްތައް ގާއިމުކޮށް އެތުލީޓުންގެ ކުރިއެރުމަށް ދުރުރަސްތާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، މިއަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނޭ މަގުތައް އަޅުގަނޑުމެން ފަހިކޮށްދޭނަން. ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއޮ ކުޅުންތެރީން ތަމްރީނުކުރުން ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީ އަށް އަމާޒު ހިފައިގެން ފަށައިގަންނާނަން،" ރައީސް ވިދާޅުވި އެވެ.
ކުޅިވަރުގެ އިންފްރާސްޓްރަކްޗާތައް ހެދުމުގައި ރާއްޖޭގެ ބިމުގެ ޖާގަ އަށް ބަލައިގެން ކުޅިވަރުގެ މަލްޓި ސްޓޯރީ ކޮމްޕްލެކްސްތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ --- ފޮޓޯ: މަޖިލިސް
"މިގޮތުން ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ ފުޓްސަލް ކޮމްޕްލެކްސް އަދި ނެޓްބޯޅަ ކޮމްޕްލެކްސްއެއް އެޅުމަށް ހުޅުމާލެއިން ދެ ބިން މިހާރުވަނީ ކަނޑައެޅިފައި،" ރައީސް ވިދާޅުވި އެވެ.
"... އަދި ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ ހައި ޕާރފޯމަންސް ސެންޓަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން."
ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަންޖެހޭ އެންމެ ދަށް މެޑިކަލް މިންގަނޑެއް ސަރުކާރުން މިހާރު ކަނޑައަޅައި ލޯންޗުކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ހިދުމަތް ދޭނީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކަށް ވެސް ފެތޭ ގޮތަށެވެ. އަދި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެ ހިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅިވަރު ކުރިއެރުމަށް ސަރުކާރުން މަސައްކަތްކުރާނީ އެތުލީޓުންނާއި ކުޅުންތެރިންގެ ވާހަކަ ވެސް އަޑުއަހައިގެން ކަމަށެވެ.
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
ދެ އިންތިހާބު އެއްކޮށްލުމާއެކު، މުހިންމު ބިލުތަކެއް!
ގެދޮރުވެރިކަމުގެ ލޯނު ޖުލައި މަހު ދޫކުރަން ފަށަނީ
4،000 ފްލެޓް ސެޕްޓެމްބަރުގެ ކުރިން ދޫކޮށް ނިންމަނީ
ފްލޯޓިން ސޯލާ ޕްރޮޖެކްޓް 2027 އަށް ނިންމަނީ
"މިނިވަންކަމަށް ލޮޅުމެއް އަރާފާނެކަމަކަށް ދޫނުދޭނަން"
ރިޔާސީ ބަޔާނަށް ހުރަސްއެޅި މެމްބަރުން ނެރެފި