23 ޖެނުއަރީ 2022
ޅ. މަޑިވަރު އެއާޕޯޓުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން މޯލްޑިވިއަން އެއާލައިނުން ހުޅުވާލައިފި އެވެ.
ޅ. މަޑިވަރު އެއާޕޯޓުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން މޯލްޑިވިއަން އެއާލައިނުން ހުޅުވާލައިފި އެވެ.
އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން އާންމުކުރި އިއުލާނެއްގައިވާ ގޮތުން 11 ވަޒީފާއަކަށް މީހުން ބޭނުންވެ އެވެ. އޭގެ ތެރޭގައި އެއާޕޯޓް ސާވިސަސް އެގްޒެކެޓިވްް، އެއާޕޯޓް ސާވިސަސް އެގްޒެކެޓިވް ޓްރެއިނީ، ލީޑިން ފަޔާމަން، ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓާ، ޕަވާ ހައުސް އެންޑް މެއިންޓަނެންސް ސުޕަވައިޒަރު، ޕަވާ ހައުސް އެޖެންޓް ޓްރެއިނީ، މެއިންޓަނެންސް ކޯޑިނޭޓަރު، ލައުންޖް އެޖެންޓް، ލައުންޖް ހޭންޑް، އެއާޕޯޓް ހޭންޑް ޓްރެއިނީ އަދި ކްލީނާ ޓްރެއިނީ ހިމެނެ އެވެ.
މި މަގާމުތައް ބޭނުންވާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން މޯލްޑިވިއަން އަށް ފޯމު ހުށަހަޅަން ޖެހެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުނި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި މަޑިވަރު އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
އެއާޕޯޓާ ހަވާލުވުމާއެކު، އެ ތަނުގެ އޮޕަރޭޝަންތައް ފެށުމުގެ ފަހުގެ މަސައްކަތްތައް މޯލްޑިވިއަން އެއާލައިނުން އަންނަނީ ކުރަމުންނެވެ. އަދި ޝެޑިއުލް ދަތުރުތައް އަންނަ މަހު އެ އެއާޕޯޓަށް ފެށުމަށް ވަނީ ނިންމައިފަ އެވެ.
މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. ކުރެއްދޫ ހޯލްޑިންގްސް އިން 11 މިލިއަން ޑޮލަރު ހަރަދުކުރި މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.
މަޑިވަރު އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކް ކުރާނެ ސަރަހައްދަކާއި ފަޔާ ބިލްޑިންގެއް އަދި އެއާޕޯޓް ޓާމިނަލެެއް ވަނީ ހަދައިފަ އެވެ.
އައިލެންޑް އޭވިއޭޝަނުން އަންނަނީ މިހާރު ވެސް ރާއްޖޭގައި ހަތަރު އެއާޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ. އެއީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ރ. އިފުރާއި ބ. ދަރަވަންދު އާއި ތ. ތިމަރަފުށި އެއާޕޯޓެވެ.
މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ.
މަޑިވަރު އެއާޕޯޓް ހުކުރު ދުވަހު ހުޅުވަނީ
މަޑިވަރު އެއާޕޯޓް ހިންގުން މޯލްޑިވިއަން އަށް
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
ކޫއްޑޫ އެއާޕޯޓު މަރާމާތު ކުރާނީ އޮޕަރޭޓްކުރާ ފަރާތުން
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް
ޑޮމެސްޓިކް ފަސިންޖަރުންނަށް ވެސް ލައުންޖު އެކްސެސް
މޯލްޑިވިއަން އަށް އޭ330 އެއާބަހެއް ގެންނަނީ
މޯލްޑިވިއަންގެ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި