ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރޭމްޕްމަތީގައި ދުއްވާފައި ދިޔަ ވެހިކަލެއް، ލައިޓް ޕޯސްޓެއްގައި ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
20 ޖެނުއަރީ 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރޭމްޕްމަތީގައި ދުއްވާފައި ދިޔަ ވެހިކަލެއް، ލައިޓް ޕޯސްޓެއްގައި ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.
އެމްއޭސީއެލުން ބުނީ، މުވައްޒަފުން އުފުލާ އެ ވެހިކަލް ހޮޅިދަނޑީގައި ޖެހުމުން، އޭގައި ތިބި ދެ މީހަކަށް އަނިޔާވި ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
އެމްއޭސީއެލުން ބުނިގޮތުގައި، އެކްސިޑެންޓް ހިނގި ސަބަބު މިހާރު އަންނަނީ ބަލަމުންނެވެ. އެކްސިޑެންޓް ހިނގި ނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރޫ ނާރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރޭމްޕާއި އޭޕްރަން ހިމެނޭ ސަރަހައްދުގައި އުޅޭ މުވައްޒަފުންނަކީ އެއާކްރާފްޓްތަކަށް މީހުން އެރުވުމުގައި އެހީތެރިވެދީ، ބޯޓުތަކުގެ ކަންކަން ބަލަހައްޓަން އުޅޭ ބައެކެވެ.
ފްލައިޓަކުން ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެ
ގަތަރުގެ ފްލައިޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އެއާޕޯޓުގެ އެކްސިޑެންޓެއްގައި މަތިންދާބޯޓަކަށް ގެއްލުން
އެއާޕޯޓުގައި ދެ ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު ހުޅުވައިފި
ވީއައިއޭގެ ޕާކިންއިން ބައެއް ވަގުތީގޮތުން ހުޅުވާލައިފި
ވީއައިއޭގެ ޓެކްސީވޭގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި
އާ ޓާމިނަލުން އިތުރު 4 އެއާލައިނަކަށް ހިދުމަތްދެނީ
އާ ޓާމިނަލުގެ ދެވަނަ އެއާލައިނަކަށް އެއާ އަރަބިއާ
އަވަސްފަރުވާގެ ސާމާނު އެމްއޭސީއެލަށް ހަދިޔާކޮށްފި