Roadha Mihaaru
އެސްޓީއޯގައި ތަމްރީންވުމުގެ ފުރުސަތު ހުޅުވާލައިފި

ހަ ދާއިރާއަކުން ތަމްރީން ވުމުގެ ފުރުސަތު އެސްޓީއޯ އިން ހުޅުވާލައިފި

18 ޖެނުއަރީ 2022

ޔޫތު މިނިސްޓްރީން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯގައި ތަމްރީން ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޔޫތު މިނިސްޓްރީން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯގައި ތަމްރީން ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމުގެ ދަށުން ހަ ދާއިރާއަކުން ބައިވެރިން ތަމްރީން ކުރާނެ އެވެ. އެއީ އޮޓޯމޯޓިވް މެކޭނިކާއި ރީޓެއިލް ސާވިސް އެސިސްޓެންޓާއި އިލެކްޓްރިޝަން އާއި މީޑިއާ ޕްރޮޑަކްޝަނާއި ފޮޓޯގްރަފީ އާއި ރެފްރިޖަރޭޝަން އެންޑް އޭއާ ކޮންޑިޝަނިން މެކޭނިކް އެވެ.

އެ ދާއިރާތަކުން ތަމްރީނުވުމަށް 26 ޖާގައެއް ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވެންސްގެ ގޮތުގައި ގަޑިއިރަކަށް 40ރ. ދޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިކަން ހުރި މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން އެ ކަމަށް އެދި ފޯމު ހުށަހަޅަން ޖެހެ އެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން ތަމްރީން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

ހަ މަސް ދުވަހުގެ މި ޕްރޮގްރާމް ނިންމާ މީހުންނަށް، އެ ތަމްރީންވާ ދާއިރާއަކުން ގައުމީ ސަނަދުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.