13 ޖެނުއަރީ 2022
ކޮމަންޑު އާއި އެ ރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ އީއައިއޭ ހެދުމުގެ މަސައްކަތް، އެ މަޝްރޫއު އިއުލާނު ކުރުމުގެ ކުރިން ފަށައި މިހާރު އޮތީ ނިންމާފައި ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
ކޮމަންޑު އާއި އެ ރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ އީއައިއޭ ހެދުމުގެ މަސައްކަތް، އެ މަޝްރޫއު އިއުލާނު ކުރުމުގެ ކުރިން ފަށައި މިހާރު އޮތީ ނިންމާފައި ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
މާދަމާ ރަސްމީކޮށް ފަށަން ނިންމާފައިވާ މި މަޝްރޫއުގައި މަތި ކޮމަންޑޫ އޮންނަ ފަޅުން 16.7 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަންނަ ފެބްރުއަރީ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވެސް ވާދަކުރައްވާއިރު، އެ ބައި-އިލެކްޝަނާ ދިމާކޮށް ކޮމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.
ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް ހަދާ އީއައިއޭ ރިޕޯޓް ނުހަދާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވާތީ އެކަމާ "މިހާރު" އިން ސުވާލު ކުރުމުން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް އެކަން ދޮގުކުރެއްވި އެވެ.
MTCC has signed an agreement with @MoNPHImv towards implementing Sh. Komandoo Shore Protection Rectification Works and Mathi Komandoo Connectivity Project. CEO @adamazim signed on behalf of MTCC and Mr. Anwar Ali, Deputy DG signed on behalf of the Ministry.#MTCCProjects pic.twitter.com/VTZJRuqbuN
— MTCC Plc (@MTCCPlc) January 12, 2022
އޭނާ ވިދާޅުވީ މަތި ކޮމަންޑޫގެ މަޝްރޫއުގެ އީއައިއޭ ހެދިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އީޕީއޭ އިން މިހާރު އަންނަނީ އެ ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ނަމަވެސް މި މަޝްރޫއުގެ ވާހަކަ މި އަހަރުގެ ބަޖެޓުގައި ވެސް ނެތީސް އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމަންޑު އަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޝްރޫއު އިއުލާނުކުރިތާ ހަފުތާއެއްގެ ތެރޭގައި އީއައިއޭ ނިންމުނީ ކިހިނެއްތޯ ސުވާލު ކުރުމުން ނައީމް ވިދާޅުވިގޮތުގައި، ރައީސް އެ މަޝްރޫއު އިއުލާން ކުރެއްވުމުގެ ކުރިން ވެސް އީއައިއޭގެ ހެދުމުގެ މަރުހަލާތައް ކުރިޔަށް ދިޔަ އެވެ.
"މަޝްރޫއު ރައީސް އިއުލާން ކުރެއްވުމާ އެކު އީއައިއޭ ހަދައި މިހާރު އަޅުގަނޑުމެންނަށް ވަނީ ހުށަހަޅާފައި. މިހާރު ކުރިޔަށް ދަނީ ރިވިއު ކުރުމުގެ މަސައްކަތް،" ނައީމް ވިދާޅުވި އެވެ.
އީއައިއޭ ހެދީ ކޮން ކުންފުންޏަކުން ކަމެއް އަދި އެ ހުށަހެޅި ސީދާ ތާރީހެއް ނައީމް ވިދާޅެއް ނުވެ އެވެ. އެ ރިޕޯޓް އަދި އީޕީއޭގެ ވެބްސައިޓުގައި ވެސް އާންމެއް ނުކުރެ އެވެ.
ތިމާވެއްޓާ ބެހޭ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ތިމާވެއްޓަށް ފާހަގަކުރެވޭ ފަދަ ބަދަލެއް އަތުވެދާނެ އެއްވެސް މަޝްރޫއެއް ހިންގުމުގެ ކުރިން އެކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.
އެ މަޝްރޫއު ހިންގައިގެން ތިމާވެއްޓަށް އަސަރު ފޯރާނެ ކަމަށް ފެނިއްޖެ ހިނދެއްގައި އެ ޕްރޮޖެކްޓު ހުއްޓުވުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް ވެެސް އެ ގާނޫނުގައިވެ އެވެ.
ދެ ކޮމަންޑޫ ގުޅާލުން ފެށޭނީ މާޗުގައި: ކައުންސިލް
މަތި ކޮމަންޑޫ މަޝްރޫއުގެ އީއައިއޭގައި މައްސަލަ އެބަހުރި
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
ގިނަ ރަށްތަކަކަށް އެއް އީއައިއޭ ހުށަހަޅާ މައްސަލަ ބޮޑު
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައިފި
ދެ ކޮމަންޑޫ ގުޅާލުމަކީ ބަޖެޓުގައި ހިމެނޭ މަޝްރޫއެއް
ކޮމަންޑޫގެ ހުވަފެނީ މަޝްރޫއު: ރައްޔިތުން ބަދަލުކޮށްލާނެ
އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ހުއްޓުވޭނެ ގޮތެއް ނެތް
ދެ ކޮމަންޑޫ ގުޅާލަން ބިން ހިއްކަން ފަށައިފި
ނުފޫޒުގެ ތުހުމަތަށް ސަރުކާރުން ދެއްކީ 25 މަޝްރޫއު