Roadha Mihaaru
50،000ރ.ގެ ޕްރޮމޯޝަނެއް ބީއެމްއެލް އިސްލާމިކްގައި

50،000ރ. ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިސްލާމިކް އިން ފަށައިފި

05 ޖެނުއަރީ 2022

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެ އެވެ. މި ޕްރޮމޯޝަންގެ މި މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަނޑައެޅިފައިވާ އިނާމުތައް ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 5،000ރ. ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމާ އެކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000ރ. ގިފްޓް ކާޑެއް ލިބޭނެ އެވެ.

ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ވަނީ މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕޯޓްފޯލިއޯ އަށް ބަދަލު ގެނެސްފަ އެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލް ޕަރސަނަލް ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ އެވެ.