Roadha Mihaaru
ދޫންޏަށް ލޯބިކުރާ މީހުންނަށް "ސްމާޓް ބާޑް ފީޑާ"

ދޫންޏަށް ލޯބިކުރާ މީހުންނަށް "ސްމާޓް ބާޑް ފީޑާ"

06 ޖެނުއަރީ 2022

ދޫންޏަށް ލޯބިކުރާ މީހެއް ނަމަ މިއީ ހޯދަން ވަރަށް ރަނގަޅު އުފެއްދުމެކެވެ. މިއީ ސްމާޓް ބާޑް ފީޑާއެކެވެ. މިހާރު ކުރިއަށްދާ މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ދައްކައިލި ބާޑް ބަޑީގެ "ސްމާޓް ބާޑް ފީޑާ" އަކީ ގޭގެ ބޭރުގައި ސްޓޭންޑެއްގައި ހަރުކޮށްފައިވާ ބަހައްޓަން ހާއްސަ އެއްޗެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދޫންޏަށް ލޯބިކުރާ މީހެއް ނަމަ މިއީ ހޯދަން ވަރަށް ރަނގަޅު އުފެއްދުމެކެވެ. މިއީ ސްމާޓް ބާޑް ފީޑާއެކެވެ. މިހާރު ކުރިއަށްދާ މި އަހަރުގެ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ދައްކައިލި ބާޑް ބަޑީގެ "ސްމާޓް ބާޑް ފީޑާ" އަކީ ގޭގެ ބޭރުގައި ސްޓޭންޑެއްގައި ހަރުކޮށްފައިވާ ބަހައްޓަން ހާއްސަ އެއްޗެކެވެ.

މިއަށް ކާނާ އަޅާފައި ބެހެއްޓުމުން ދޫނިތައް ކާން އަންނާނެ އެވެ. އަދި މިއީ އޮޅުކޮށްގެން ދޫނި ގެންގުޅޭ މީހުންނަށް ވެސް އެ މީހުންގެ ދޫނިތަކަށް ކާންދީ ވާނުވާ ބަލަން ބޭނުންކުރެވިދާނެ އެއްޗެކެވެ.

މި ޑިވައިސް ހޯދައިދޭނެ އުފަލަކީ ޑިވައިސް އަށް ހާއްސަ އެޕެއް މެދުވެރިކޮށް ފޯނުން، އެ ޑިވައިސް އަށް ޒިޔާރަތްކުރާ ދޫނިތައް ބަލާލެވުމެވެ. އޭގައި އިންނަ ކެމެރާ އިން ދޫނީގެ ހަރަކާތްތައް ދައްކުވައި، ފޮޓޯ އާއި ވީޑިއޯ ފޯރުކޮށްދޭނެ އެވެ. އަދި ފޯނުން ވަގުތުން ލައިވްސްޓްރިމް ވެސް ކުރެވޭނެ އެވެ.

"ބާޑް ބަޑީ ސްމާޓް ބާޑް ފީޑާ" އެންމެ ހާއްސަ އެއް ސިފައަކީ އެއަށް ޒިޔާރަތްކުރާ ދޫނިތަކަކީ ކޮން ކަހަލަ ބާވަތެއްކަން އޭގައި ބޭނުންކޮށްފައިވާ އާޓިިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި ވެސް ބުނެދޭތީ އެވެ.

ބަޑީ ބާޑްގެ ވެބްސައިޓުން މިހާރު ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ ޑިވައިސް ޝިފްކޮށް ދޭން ފަށާނީ އަންނަ މެއި މަހުގެ ތެރޭގަ އެވެ. އަގަކީ 235 ޑޮލަރު (3,630ރ.) އެވެ.

"ބާޑް ބަޑީ ސްމާޓް ބާޑް ފީޑާ" އާންމުންނާ ހަމަ އަށް މި ގެނެސްދެނީ މި ހަގީގަތަށް ހަދަން ހިންގި ކެމްޕޭންގެ ދަށުން ވެސް ފައިސާ ހޯދައި ކުރި މަސައްކަތުންނެވެ. އެ ކެމްޕޭންގެ ދަށުން ބާޑް ބަޑީ އަށް މިހާތަނަށް 8.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީއެއް ލިބިފައިވެ އެވެ

އެ ކުންފުނީގެ އެއް ބާނީ އަދި ސީއީއޯ ފްރާންޝީ ޒިޑާރް ވިދާޅުވި ގޮތުގައި ބާޑް ފީޑާ އަކީ ވަރަށް ގިނަ ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ވަރަށް "ކޫލް" އުފެއްދުމެކެވެ.