03 އޮކްޓޯބަރ 2021
އިންޑިއާގެ ކެއުންތަކަށް ލޯބިކުރާ މީހުންނަށް އިޑްލީ އަކީ އާ އެއްޗަކަށް ނުވާނެ އެވެ. މިއީ ހަނޑޫ ސްޓީމްކޮށް، ފެން އާންމު ގޮތެއްގައި ވަށްކޮށް ތައްޔާރުކޮށްފައި ހުންނަ ކެއުމެކެވެ. އިޑްލީ ބޮޑަށް ވައްތަރީ ފުށްޖަހާ މަލަކާ އެވެ.
އިންޑިއާގެ ކެއުންތަކަށް ލޯބިކުރާ މީހުންނަށް އިޑްލީ އަކީ އާ އެއްޗަކަށް ނުވާނެ އެވެ. މިއީ ހަނޑޫ ސްޓީމްކޮށް، ފެން އާންމު ގޮތެއްގައި ވަށްކޮށް ތައްޔާރުކޮށްފައި ހުންނަ ކެއުމެކެވެ. އިޑްލީ ބޮޑަށް ވައްތަރީ ފުށްޖަހާ މަލަކާ އެވެ.
މި ކާނާ އާންމުކޮށް ސާވްކުރާނީ އެކި ވައްތަރުގެ ރިހަ އާއި ޗަޓްނީއާ އެކު ކެޔޮފަތެއްގެ މަތީގަ އެވެ. އެއީ އެންމެ އިހުގައި ވެސް އަދި މިހާރު ވެސް އިންޑިއާގެ ގިނަ ހިސާބުތަކުގައި އިޑްލީ ސާވްކުރާ ގޮތެކެވެ. އެކަމަކު ޒަމާނުގެ ކުލަވަރު މިހާރު ވަނީ އިޑްލީ އަށް ވެސް އައިސްފަ އެވެ.
އިޑްލީ އާންމުކޮށް ސާވްކުރާ ގޮތް.
ޓްވިޓާގައި ދައުރުވަމުން އަންނަ ފޮޓޯއެއްގައި އިޑްލީ މިހާރު ފެންނަނީ މެގްނަމެއްގެ ބައްޓަމުގަ އެވެ. މެގްނަމް ގޮތަށް އިޑްލީ ތައްޔާރުކޮށްފައި ވަނީ ދަނޑިކޮޅަކާ އެކު އެވެ. އެހެންވެ ރިހަ ތައްޓަށް ނުވަތަ ޗަޓްނީގެ ތެރެއަށް އިޑްލީ ކޮއްޕާލައިގެން ކާލަންވީ އެވެ. ފަސޭހަ ގޮތަކަށް ވާނެ އެވެ. އެއް ބަޔަކު ބުނެފައިވާ ގޮތުގައި މިއީ ދެން އިޑްލީގައި އަތް ނުލައި އެ ކާނެ މާ ފަސޭހަ ގޮތެކެވެ. އުލެއް، އަދި ސަމުސަލެއް ވެސް ބޭނުމެއް ނުވާނެ އެވެ.
Bengaluru, India’s innovation capital can’t stop its creativity from manifesting itself in the most unexpected areas… Idli on a stick—sambhar & chutney as dips…Those in favour, those against?? pic.twitter.com/zted3dQRfL
— anand mahindra (@anandmahindra) September 30, 2021
އިޑްލީ އަށް ގެނައި ޒަމާނީ ބަދަލު ފެންނަ ފޮޓޯގެ ވާހަކަ އިންޑިއާގެ މަޝްހޫރު ކުންފުނި މަހިންދުރަ ގްރޫޕްގެ ޗެއާމަން އާނަންދު މަހިންދުރަ ޓްވިޓާގައި ހިއްސާކުރެއްވުމާ އެކި ވަރަށް ގިނަ ބަޔަކު އެކި ކަހަލަ ޝުއޫރުތައް ފާޅުކޮށްފައިވެ އެވެ.
Innovative food technology of how the Idli got attached to the Ice cream stick.
— Mahendrakumar (@BrotherToGod) September 30, 2021
Bengaluru and it's food innovations are always synonymous!@vishalk82 pic.twitter.com/IpWXXu84XV
އާނަންދަކީ އަބަދު ވެސް އިންޑިއާގެ މީސްމީހުން ކުރާ މިކަހަލަ އާދަޔާހިލާފު ނުވަތަ "އިނޮވޭޓިވް" ކަންކަމުގެ ވާހަކަ ވަރަށް ގިނައިން ޓްވިޓާގައި ޕޯސްޓްކުރައްވައި، ޖޯކް ވެސް ޖައްސަވާ ބޭފުޅެވެ. ޒަމާނީ އިޑްލީއާ ބެހޭ ގޮތުން އޭނާ ވިދާޅުވީ މިއީ އާ އީޖާދުތައް ގެނެސްދޭން އިންޑިއާގައި މަޝްހޫރު ބެންގަލޫރުގެ އުފެއްދުމެއް ކަމަށެވެ.
I dig it. No need to use hand, or pack fork/spoon.
— Lieutenant Horatio (@VBmumbles) September 30, 2021
ކޮންމެއަކަސް ޒަމާނީ އިޑްލީއާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހުރީ މަސްހުނި ހިޔާލުތަތެކެވެ. އާ ގޮތް އެއް ބަޔަކަށް ކަމަކު ނުދެ އެވެ.
For heaven’s sake leave it alone, Dose is already messed up with so called creativity and now u want to spoil this as well
— ashish kumar (@ashishaka) September 30, 2021
ނަމަވެސް ބައެއް މީހުން ބުނެފައި ވަނީ އާ ގޮތްގޮތަށް ކަންކަން ކުރުމަކީ އުފެއްދުންތެރިކަން ވެސް ދައްކުވައިދޭ ކަމެއް ކަމަށެވެ. އެހެންވެ އިޑްލީ މިހާރު މެގްނަމެއްގެ ބައްޓަމަށް އޮތުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް
އިންޑިއާގެ ނުސާފު ވައި ބޭނުންކޮށްގެން މުށި ހަދަނީ
މިއީ ފަރާޓާއެއް، މާސްކެއް ނޫން!
ލިޕްސްޓިކެއް ނޫން، އަންހެނުންގެ "ހަށިރައްކަލެއް"
އާ އުފެއްދުމެއް، ކޮފީ ބޮއެފައި ތަށި ކާލަންވީ
ދޫންޏަށް ލޯބިކުރާ މީހުންނަށް "ސްމާޓް ބާޑް ފީޑާ"
ކާ އެއްޗެހީގެ ރަހަ ބެލޭ ސްކްރީނެއް އީޖާދުކޮށްފި
އޮޕޯގެ ފަތްޖެހޭ ފޯނު ދައްކާލައިފި
އޮޕޯގެ ފޯނެއްގައި ކެމެރާއެއް ތަފާތު ގޮތަކަށް
ކޮފީއެއް ނޫން، އެކަމަކު ކޮފީގެ ރަހަ