03 ޖެނުއަރީ 2022
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބް އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕުގައި ފުރަތަމަ ފަހަރަށް މޮޅު ވެއްޖެ އެވެ.
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މައްޗަށް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ކްލަބް އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕުގައި ފުރަތަމަ ފަހަރަށް މޮޅު ވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗާ ހަމައަށް އައިރު، ޕޮއިންޓެއް ނުލިބި އޮތީ އީގަލްސް އަށް އެކަންޏެވެ. ފުލުގައި އޮތް ޓީމު މިހާރު ވަނީ ކުރިއަށް ޖެހިލައި ތާވަލުގެ ފަސްވަނަ އަށް އަރައިފަ އެވެ.
އީގަލްސް އިން ފުރަތަމަ ހާފުގައި ލަނޑު ޖަހާފައި ވަނިކޮށް، ޔުނައިޓެޑް ވިކްޓަރީން ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ފަހުން ތަނަވަސް ދެ ފުރުސަތެއް ޔޫވީ އަށް ލިބުނެވެ.
އީގަލްސްގެ ފުރަތަމަ ލަނޑު 17 ވަނަ މިނިޓްގައި ޖެހީ އަހްމަދު ހަސަން އެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. އެކަމަކު ދެވަނަ ހާފަށް ނުކުމެ ޔޫވީން ކުރިއަށް ޖެހިގެން ކުޅުމުގެ ސަބަބުން އީގަލްސްގެ ފަހަތަށް ބާރު ބޮޑުވި އެވެ. އުފެއްދި ފުރުސަތުތަކަށް ބަލާއިރު ޔޫވީގެ ހަމަލާތައް ފެނުނީ ނުރައްކާ ކޮށެވެ.
އީގަލްސް އާއި ޔޫވީ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު
ދެވަނަ ހާފަށް ނުކުމެ ޔޫވީގެ އަހްމަދު ބައްސާމް އެ ޓީމަށް ނަތީޖާ ހަމަހަކޮށް ދިނެވެ. އޭގެ ފަހުން ލީޑް ފުޅާ ކުރާނެ ފުރުސަތުތައް ޔޫވީން ތަނަވަސް ކުރި އެވެ.
ލިބުނު ފުރުސަތުތައް ޔޫވީ އަށް ބޭނުން ނުުރެވުމުން ކައުންޓަ އެޓޭކްގައި އީގަލްސް އަށް ލިބުނު ފުރުސަތުތަކުގައި ނުރައްކާ ކުރި އެވެ. އީގަލްސް އަށް އަލުން ލީޑް ނަގައިދިން ލަނޑު 68 ވަނަ މިނިޓްގައި ޖެހީ އަލީ އަޒުވާން އަބްދުލް އަޒީޒް އެވެ. ކައުންޓަ އެޓޭކްގައި ލިބުނު ފުރުސަތުގައި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.
ޔޫވީން އަލުން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީން ލަނޑު ޖެހީ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އެވެ. އީގަލްސްގެ ލުބުނާން ކީޕަރު މުހައްމަދު ތޯހާ އަށް މިސްރާބު އޮޅުވައިލުމަށް ފަހު ބަކާ ބޯޅަ ފޮނުވާލީ ގޯލްގެ މަތީ ދާގަނޑަށެވެ.
މެޗުގެ 90 ވަނަ މިނިޓްގައި އީގަލްސްގެ ހަސަން ރާއިފް އަހްމަދު ވަނީ އެ ޓީމު މެޗުން މޮޅުކޮށް ދިން ލަނޑު ޖަހައިދީފަ އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ހަނިގޮތަކަށް މިފަހަރު ޔޫވީ އަތުން އީގަލްސް މޮޅުވެއްޖެ
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ފަހު ވަގުތު އީގަލްސްއިން ޔޫވީ ހިފަހައްޓައިފި