03 ޖެނުއަރީ 2022
އާ އަހަރާ އެެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ކަމަކީ ޓޫރިޒަމްގެ މުޅިން އާ ޕްރޮޑަކްޓެއް ކަމުގައިވާ "ހޯމްސްޓޭ" ގެ ހިދުމަތަށެވެ. މ. ދިއްގަރުގައި، ތިން ކޮޓަރީގެ "މޫރިތި" ގެ އިން މި ހިދުމަތް ފެށީ ރެޔަކަށް 40 ޑޮލަރު (617 ރުފިޔާ) ގެ ރޭޓުންނެވެ.
އާ އަހަރާ އެެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ކަމަކީ ޓޫރިޒަމްގެ މުޅިން އާ ޕްރޮޑަކްޓެއް ކަމުގައިވާ "ހޯމްސްޓޭ" ގެ ހިދުމަތަށެވެ. މ. ދިއްގަރުގައި، ތިން ކޮޓަރީގެ "މޫރިތި" ގެ އިން މި ހިދުމަތް ފެށީ ރެޔަކަށް 40 ޑޮލަރު (617 ރުފިޔާ) ގެ ރޭޓުންނެވެ.
މި ވަގުތު ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގެ ގެސްޓްހައުސްތައް އެބަ ހިންގަ އެވެ. ގެސްޓްހައުސްތަކުން މިހާރު އެވްރެޖްކޮށް ހިދުމަތްދެނީ އެންމެ މަތީ ފަންތީގެ ހިދުމަތްތަކާ އެކު އެވެ. އާންމުކޮށް ރަށްރަށުގައި ހިދުމަތްދޭ ހުރިހާ ރަށެއްގެ ގެސްޓްހައުސްތަކުގެ އަގުތައް އުޅެނީ 70 ޑޮލަރާއި 200 ޑޮލަރާ ދެމެދުގަ އެވެ.
ހޯމްސްޓޭގެ އެންމެ ހާއްސަ ކަމަކީ ގެސްޓުންނަށް ހިދުމަތް ދިނުމުގައި ހުންނަ ހަރުކަށި އުސޫލުތައް ކުޑަކޮށް އެއްފަރާތްކޮށް އަދި އާންމު ރޭޓްތަކަށް ވުރެ ދަށް އަގުތަކެއްގައި ހިދުމަތް ދެވުމެވެ.
އެންމެ ފުރަތަމަ ހޯމްސްޓޭ ފެށި ދިއްގަރުގެ މޫރިތި ގޭގެ ވެރިޔާ މުހައްމަދު އަހުމަދު ވިދާޅުވީ، އަގު ކަނޑައެޅީ ކައުންސިލްގެ މަޝްވަރާއާ އެކު ކަމަށެވެ. އެތަން މާކެޓްކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދަނީ ކައުންސިލާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި މާބޮޑު ގޮތްތަކެއް ކަނޑައެއް ނާޅަން. އެކަމަކު މާކެޓު ކުރުމުގެ ކަންކަން ވެސް ކުރާނީ ކައުންސިލާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
މިއަށްވުރެ ވެސް ހެޔޮކޮށް ނުވަތަ ބޮޑުކޮށް ވެސް ހޯމްސްޓޭ ގެސްޓްހައުސްތައް ހިންގުމުގެ ފުރުސަތު އެބަ އޮތެވެ. އެކަން ބިނާވާނީ ހިދުމަތް ދޭ ތަނުގެ ފެންވަރަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، 30 ޑޮލަރު، 40 ޑޮލަރުން ފެށިގެން 2،000 ޑޮލަރާ ހަމައަށް ވެސް އަގު ކިޔުމުގެ ފުރުސަތު ގެސްޓްހައުސް ވެރިންނަށް އެބަ އޮތް ކަމަށެވެ.
"އެތަނެއްގެ އަގު ބިނާ ވަނީ އެތަނެއްގެ ފެންވަރަށް. އަޅުގަނޑުމެންނަށް ފެނޭ ބޭރު ގައުމުތަކުން ވެސް އަގު ބޮޑެތި ގެތަށް މިހުންނަނީ އެންމެ އަގު ބޮޑުކޮށް. އެހެންވީމަ އެގޮތަށް ރާއްޖޭގެ އަގުތައް ހުންނާނެ ކަމަށް މި ބަލަނީ،" އެނާ ވިދާޅުވި އެވެ.
މޫރިތިގެއިން ކޮޓަރި ދޭން ފެށި އަގުން ބެލި ނަމަވެސް ރަނގަޅު ޑިމާންޑެއް އޮންނަ ނަމަ މިއީ ބޮޑު އާމްދަނީއެއް ހޯދޭނެ ކަމެކެވެ. އެކަމަކު އާމްދަނީއަށްވުރެ ބޮޑަށް، މިކަމާ ގުޅުވައިގެން އެހެން ކަންބޮޑުވުންތަކެއް ވެސް އެބަ ފާޅުކުރެ އެވެ.
މިއީ ދިވެހިންގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވާނެ ކަމެއްގެ ގޮތުގައި ސިފަކޮށްފަކޮށް ކަންބޮޑުވުން ވެސް އެބަ ފާޅުކުރެ އެވެ. އެކަމަކު މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުން ތިބެން ފެށިތާ އެތައް އަހަރެއް ވެއްޖެ އެވެ. ޓޫރިސްޓުން އާންމުން ދިރިއުޅޭ ރަށްރަށުގައި އުޅެންޖެހޭނެ ގޮތްތަކާއި އެ މީހުން ހެދުން އަޅަންޖެހޭ ގޮތް ވެސް އަންގައިދީ އިޖުތިމާއީ ކަންކަމާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ ޒިންމާ ކައުންސިލްގެ އިތުރުން ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުގެ ވެސް ޒިންމާއެކެވެ.
ގެސްޓް ހައުސް ހިންގާ މީހުން ބުނާ ގޮތުގައި ޓޫރިސްޓުންނަކީ އެ މީހުން އުޅެންޖެހޭ ގޮތް ކިޔައިދިނުމުން އެ ކަންކަމަށް ބޯލަނބައި ކިޔަމަންވާ މީހުންނެވެ.
ހޯމް ސްޓޭ އަކީ ވަކި ގަވައިދެއް ނޫނެވެ. އެއީ ގެސްޓްހައުސް ހިންގުމާ ގުޅޭ ގަވައިދަށް ގެނައި ހަތަރު ވަނަ އިސްލާހެވެ. އެހެންވެ ގެސްޓް ހައުސް ހިންގުމާ ގުޅޭ އެހެން ހުރިހާ ކަމެއް ހޯމް ސްޓޭ ހިންގުމުގައި ވެސް ހިމެނޭނެ އެވެ. ހުންނަނީ ގެސްޓުން ތިބޭ ތަނުގައި ހުންނަންޖެހޭ ފެންވަރާ ބެހޭ ތަފާތުތަކެކެވެ.
ގެސްޓް ހައުސްތަކާ ހިލާފަށް، މީހުން އުޅޭ ގޭގޭގައި ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ހުސް ކޮޓަރިއެއް ޓޫރިސްޓުންނަށް ދުވަހު ކުއްޔަށް ދޫކުރެވޭނެ އެވެ. ގެސްޓްހައުސްތަކުގައި ޓޫރިސްޓުންނަށް ކެވޭނެ އިންތިޒާމުތައް ފަހިކޮށް ދިނުމަށް ރެންޓޯރެންޓެއް ހުންނަން ޖެހޭ އިރު ހޯމްސްޓޭގެ ދަށުން ޓޫރިސްޓުން ބަހައްޓާ ނަމަ އެތަނެއްގައި ރެސްޓޯރެންޓެއް ކޮންމެހެން ހުންނާކަށް ނުޖެހެ އެވެ.
ހޯމް ސްޓޭގެ ފުރަތަމަ ގޭގެ ކުރިމަތީ އެ ގޭގެ ވެރިމީހާ ހުއްޓިލައިގެން: މި ގޭގައި ތިން ރޫމް ހުރޭ. -ފޮޓޯ:މިހާރު
ހޯމްސްޓޭގައި ދޫކުރާ ރޫމްގައި ފާހާނާ ހުންނަން ޖެހޭނެ އެވެ. މިގޮތަށް ހިންގާ ގެސްޓްހައުސްތަކުގައި އެންމެ ގިނަވެގެން ހުންނަން ޖެހޭނީ ފަސް ކޮޓަރި އެވެ. އަދި މިގޮތަށް ކުއްޔަށްދޭ ކޮންމެ ކޮޓަރިއެއްގައި ދެ އެނދު ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެެވެ. އެތަނަށް އަންނަ ޓޫރިސްޓަށް ހޯމްސްޓޭ ގެސްޓްހައުސް ހިންގާ ފަރާތާ އަބަދުވެސް ގުޅޭނެ އިންތިޒާމުތައް ފަހިވެފައި އޮޮންނަން ޖެހޭނެ އެވެ.
ހޯމް ސްޓޭ ގަވައިދުގައިވާ ގޮތުން އެ ރަށެއްގައި އުޅޭ ޓޫރިސްޓުންގެ ހަރަކާތްތައް ރާވައި ހިންގާނެ ގޮތާއި، އާންމު ތަންތަނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ބަޔާންކޮށް ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ރަށުގައި އަމަލުކުރާނެ އުސޫލެއް ކައުންސިލުން އެކުލަވައިލަންޖެހެ އެވެ.
ހޯމް ސްޓޭ ހިންގާ ރަށްރަށުގައި ޓޫރިޒަމް ޑެސްކުގެ ވެރިއެއްގެ ގޮތުގައި އައިލެންޑް ޖެނެރަލް މެނޭޖަރަށް ކައުންސިލުން ކަނޑައަޅާ މީހަކު ހަމަޖައްސަންޖެހެ އެވެ.
މިތަންތަނަކީ މާ ބޮޑެތި ތަންތަން ނޫން ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓާކޮށްފައިވާ ތަންތަނަށް ވާންޖެހެ އެވެ. މިކަމުގެ ސަބަބުން އެތަންތަނުގެ ފެންވަރު ބަލައި މޮނިޓާ ކުރުމުގެ މަސައްކަތްތައް ވެސް ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާނެ އެވެ.
ހޯމްސްޓޭގެ އުސޫލާ އެކު ރަށްރަށުގައި ގެސްޓްހައުސްތައް ހިންގަން މާބޮޑަށް ވެސް މިވަނީ ފަސޭހަވެފަ އެވެ. ތިން ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން ގެސްޓްހައުސްއެއް އެޅުމުގެ ބަދަލުގައި ރަނގަޅު ފެންވަރެއްގެ ކޮޓަރިއެއް ހެދުމަށް ފަހު ވެސް ޓޫރިސްޓުން ގެނެސް ބައިތިއްވަންވީ އެވެ. މިކަމުން އާންމުންނަށް އާމްދަނީއެއް ހޯދުމުގެ ދޮރު އިތުރަށް ތަނަވަސްވީ އެވެ.
ހޯމް ސްޓޭގެ ސަބަބުން ގެއްލުމެއް ނެތް: ގޭމް
ހޯމް ސްޓޭގެ ފުރަތަމަ ބްރޭންޑަކީ "ރިހާކުރު އައިލެންޑް"
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މުޅި އިގުތިސާދާ ގުޅޭ ކަމެއް، މުހިންމީ ވިސްނުމެއް!
ޝަކުވާ މުހިންމެއް ނޫން، އެއްބާރުލުން ދިނީމާ ނިމުނީ!