02 ޖެނުއަރީ 2022
ހުޅުމާލޭގައި 21 އަހަރުގެ އަންހެނަކަށް އޭނާގެ ބައްޕަ ވަރަށް ބޮޑަށް އަނިޔާކުރުމުގެ ސަބަބުން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ހުޅުމާލޭގައި 21 އަހަރުގެ އަންހެނަކަށް އޭނާގެ ބައްޕަ ވަރަށް ބޮޑަށް އަނިޔާކުރުމުގެ ސަބަބުން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ދިވެހި އަންހެނަކަށް ގެވެށި އަނިޔާކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ. ޖެންޑާ މިނިސްޓްރީއާ ގުޅިގެން މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގޭތެރޭގައި ދެކެވުނު ވާހަކައެއްގެ ތެރޭ ދެބަސްވެ، ބައްޕަ ދަރިފުޅަށް އަނިޔާކުރުމުގެ ސަބަބުން މޭކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ. އަދި ކަރުގައި ހިފުމުގެ ސަބަބުން ކަރުތެރެ ވަރަށް ބޮޑަށް ދުޅަވެ އިތުރު އަނިޔާތައް ވެސް ވެފައި އެބަހުއްޓެވެ.
މީގެ ކުރިން ވެސް ކުއްޖާއަށް ބައްޕަގެ ފަރާތުން އެތައް އަނިޔާއެއް ދީފައިވާކަން ވަނީ އެނގިފަ އެވެ. މިފަހަރު ލިބުނު އަނިޔާގެ ސަބަބުން ކުއްޖާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ ކަމަށް ވެސް އެނގިފައިވެ އެވެ.
މަަގުމަތިވި އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް!
ވަރިހަމަކޮށްލައިގެން ތިއްބައި ހައްދުފަހަނާޅައިދަނީ!
އަނިޔާއަށް ފަހު ދަރިން އަތުލީ، އިންސާފެއް ނުލިބުނު!
އަސްރާ އަށް ވެސް ރޮނގު ހުރަހެއް ނުކުރެވުނު!
މަރަދޫގައި އަންހެނަކު ބަންދުކޮށްގެން އުޅޭ މައްސަލައެއް
ރުގްޔާކުރަން ހަތަރު މައިން ރަހީނުކޮށް، ޖިންސީ ގޯނާ
އަނބިމީހާ އަށް އަނިޔާކުރި މައްސަލައެއް ބަލަނީ
2ވަނަ ކުއާޓާގައި ގެވެށި އަނިޔާއާ ގުޅޭ 111 މައްސަލަ
އަނބިމިހާއަށް އަނިޔާކުރި ކަމަށްބުނާ މީހާ ހައްޔަރުކޮށްފި
އަމުރާ ހިލާފުވެ މަންމައަށް އަނިޔާކުރި ދަރިއަކު ހައްޔަރު