21 އޮކްޓޯބަރ 2021
ފިރިމީހާ ހިތްހަމަނުޖެހިއްޖެ ނަމަ މޫނު މައްޗަށް ޖޫސް ތަށި ޖަހާފާނެ އެވެ. ކަރުގައި ހިފައި ނޭވާ ހާސްކޮށްލަފާނެ އެވެ. ސައިކަލު ފަހަތުގައި އިންދައި ގައިގައި ހުރި ބާރެއްލައި އުޅަނބޮށިން މޭމަތީގައި ވެސް ޖެހީ އެވެ. ޖިންނި މޮޔަވެފައިވާ ކަމަށް ބުނެ އަބަދު ފެން ކިޔަވައި ހޭނައްތަނީ އެވެ. މި އަނިޔާތަކުގެ ތެރޭގައި އައިމިނަތު އަސްމާ، 38، [އަސްލު ނަމެއް ނޫން] ތިން އަހަރު ހޭދަކުރީ، އޭނާ ބުނާ ގޮތުގައި، ހަތަރު ދަރިންގެ ހައްގުގަ އެވެ.
ފިރިމީހާ ހިތްހަމަނުޖެހިއްޖެ ނަމަ މޫނު މައްޗަށް ޖޫސް ތަށި ޖަހާފާނެ އެވެ. ކަރުގައި ހިފައި ނޭވާ ހާސްކޮށްލަފާނެ އެވެ. ސައިކަލު ފަހަތުގައި އިންދައި ގައިގައި ހުރި ބާރެއްލައި އުޅަނބޮށިން މޭމަތީގައި ވެސް ޖެހީ އެވެ. ޖިންނި މޮޔަވެފައިވާ ކަމަށް ބުނެ އަބަދު ފެން ކިޔަވައި ހޭނައްތަނީ އެވެ. މި އަނިޔާތަކުގެ ތެރޭގައި އައިމިނަތު އަސްމާ، 38، [އަސްލު ނަމެއް ނޫން] ތިން އަހަރު ހޭދަކުރީ، އޭނާ ބުނާ ގޮތުގައި، ހަތަރު ދަރިންގެ ހައްގުގަ އެވެ.
އެކަމަކު އެ ވޭނުގައި އިތުރަށް ކެތް ނުކުރެވުނީ އެވެ. ކޯޓަށް ގޮސްގެން ފިރިމީހާ ގާތުން ވަރިވި އިރު އޮތް އުއްމީދަކީ ކޯޓުން ދަރިން އޭނާއާ ހަވާލުކުރާނެ ކަމެވެ. އެކަމަކު، ފިރިމީހާގެ ބާރާއި ނުފޫޒުން ދަރިން ވެސް އަތުލީ އެވެ.
އޭނާ ތަހައްމަލްކުރި އަނިޔާގެ ވާހަކަތައް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ކޯޓަށް ކިޔައިދިނެވެ. އިންސާފަށް އާދޭސްކޮށް މަގެއް ނުފެނުމުން، އަސްމާ ބުނިގޮތުގައި، އޭނާ ގޮތް ހުސްވެއްޖެ އެވެ.
ފިރިމީހާގެ ގާތުގައި ތިބި ދަރިން ހޯދަން އޭނާ ކޯޓަށް ހުށަހެޅި މައްސަލަ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމުނީ އޭނާއާ ދެކޮޅަށެވެ. އަސްމާ ތުހުމަތުކުރާ ގޮތުގައި، އެގޮތަށް ނިންމީ ފިރިމީހާގެ ނުފޫޒުންނެވެ. މިއީ މުއައްސަސާތަކުން އޭނާއާ މެދު އިހުމާލުވުން ކަމަށް އަސްމާ ދެކެ އެވެ.
ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ބައްޕަގެ އަތުން ދަރިން އަތުލައި މަންމައާ ހަވާލުކުރާނެ ތަނެއް ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި އޮތީ، ހަތަރު ދަރިން ވެސް އަސްމާ އެކު އުޅެން ބޭނުން ނުވުމެވެ. ދަރިން ނިންމީ ބައްޕަގެ ގާތުގައި ތިބުމަށް ކަމަށް ހުކުމުގައި ވެ އެވެ.
އަމިއްލަ ޖަމިއްޔާއެއްގެ އެހީގައި އިންސާފަށް އެދި މަސައްކަތް ކުރަމުން އަންނަ އަސްމާ "މިހާރު"އަށް ކިޔައިދިން ގޮތުގައި މީގެ 15 އަހަރު ކުރިން ކުރި ކައިވެނީގައި ތިން އަހަރު ކުރިން މައްސަލަ ޖެހެން ފެށުމާ އެކު އޭނާ ބަންދުކޮށްގެން ވެސް ގެންގުޅުނެވެ. އަނިޔާގެ ޝިކާރައަކަށް ވާން ފެށީ ފިރިމީހާ އެހެން އަންހެނަކާ ހިތާވި ހިސާބުން ކަމަށް އޭނާ ބުނެ އެވެ. އެ އަންހެން މީހާއާ 2013ގައި ދެ އަންބަށް ކައިވެނި ވެސް ކުރީ އެވެ.
އަސްމާގެ މޭމަތީގައި އުޅަނބޮށިން ފިރިމީހާ ޖެހުމުން ލިބުނު އަނިޔާއަށް އަދިވެސް އަންނަނީ ފަރުވާކުރަމުންނެވެ. ގެވެށި އަނިޔާގެ މި މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރި އެވެ. އެކަމަކު ހެކި ނެތް ކަމަށް ބުނެ މައްސަލަ ފައިލްކޮށްލީ ކަމަށް އަސްމާ ބުންޏެވެ.
"ވިޔަފާރިކުރަން ވެސް ނުދެވޭނެ. އަޅުގަނޑު ލިސްޓު ދިނީމަ އަޅުގަނޑު ބުނާ އެއްޗެއް ގެންނާނީ. އަވަށްޓެރިންނާ ވެސް ވާހަކަ ދައްކަން ޖެހޭނީ އޭނާ ބަންގި ގޮވަންދާ ގަޑިއަށް،" އަސްމާ ބުންޏެވެ.
ގޭގައި ކެއްކެނީ، މިސްކިތުގެ އިމާމަކަށް އުޅޭ ފިރިމީހާ ބޭނުން ގަޑިއެއްގައި ގެއަށް ކާއެއްޗެހި ވެއްދުމުންނެވެ. އޭނާއަށް ލިބޭ އެއްޗަކުން އެކަނި ހަރަދުތައް ދެކޮޅު ނުޖެއްސޭތީ އަސްމާގެ އާއިލާ އިން އައީ އެހީވަމުންނެވެ.
"އަޅުގަނޑު ގޭގައި ވިޔަފާރިކުރާތީ މަންމަގެ ކޭޝްކާޑު އޮންނާނީ އަޅުގަނޑު އަތުގައި. އަޅުގަނޑު ފިރިމީހާގެ އަތަށް އޭރު ދީފަ އޮންނާތީ އޭނާ އެއަށް އެއްޗެހި ގަނެގެން ގެންނާނެ. އެކަމަކު ދެވަނަ މީހަކާ އިނީމަ މަންމަ ބުނެފި އޭނާ އަށް ވެސް ލިބޭތީއެއް ނޫންހޭ ދެވަނަ ކައިވެންޏެއް ކުރާނީ. އެހެންވީމަ ކާޑު ދިނީ މަންމަގެ އަތަށް،" އަސްމާ ބުންޏެވެ.
"ބުނަން ބޭނުންވިޔަސް އަޅުގަނޑާއި ދަރިންނަށް ވެސް އެއްޗެއް ބުނާކަށް ނުކެރޭނެ. އޭނާ ބުނި އެއްޗަކަށް އާނ ހުން ކިޔާލަ ކިޔާލަ ތިބޭނީ."
އަސްމާ ބުނިގޮތުގައި ދަރިން ސްކޫލަށް ފޮނުވާކަށް ވެސް ފިރިމީހާ ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުން ވަނީ ސްކޫލުން ވަކިކޮށް ގުރުއާން ހިތުދަސްކުރަން ގޭގައި ބައިތިއްބާށެވެ. ސްކޫލު ފިޔަވައި އެހެން އެއްވެސް ތަނަކަށް ދިއުމުގެ ހުއްދައެއް ނޯވެ އެވެ. ގޭގައި ޓީވީ ބެލުން ވެސް އޮތީ މަނާކޮށްފަ އެވެ.
"ބޮޑު ޓީވީއެއް އިންނާނެ ގޭގައި. އެކަމަކު އެއްޗެއް ބަލާލެވެނީ ބަންގި ގޮވަން އޭނާ ނިކުންނަ ވަގުތު ސިއްރުން. ޓީވީ އަޑު ކަނޑާލައިގެން ބަލަނީ. ކުދިންނަށް ފާހަގަކުރެވިފައި ހުންނަ ވަރަކީ، އެ ކުދިން އެބަ ބުނޭ މަންމާ އަވަހަށް ޓީވީ ނިންވާލާށޭ ބައްޕަ ސައިކަލު އައި އަޑޭ އެ އިވެނީ،"
"ބޮޑު ޓީވީއެއް އިންނާނެ ގޭގައި. އެކަމަކު އެއްޗެއް ބަލާލެވެނީ ބަންގި ގޮވަން އޭނާ ނިކުންނަ ވަގުތު ސިއްރުން. ޓީވީ އަޑު ކަނޑާލައިގެން ބަލަނީ. ކުދިންނަށް ފާހަގަކުރެވިފައި ހުންނަ ވަރަކީ، އެ ކުދިން އެބަ ބުނޭ މަންމާ އަވަހަށް ޓީވީ ނިންވާލާށޭ ބައްޕަ ސައިކަލު އައި އަޑޭ އެ އިވެނީ،" އަސްމާ ބުންޏެވެ.
ދިރިއުޅުން ފިރިމީހާ ބޭނުން ހުރިހާ ގޮތަކަށް ބައްޓަންކޮށްފައި އޮތް އިރު އޭނާ ނުރުހޭ އެއްވެސް ކަމެއް ނުކުރެވެ އެވެ. ކިތަންމެ ކުޑަ ކަމެއްގައި ވެސް، ފިރިމީހާ އިސްކުރަނީ ފެން ކިޔެވުން ކަމަށް އަސްމާ ބުންޏެވެ.
އޭނާ ބުނީ އެކީގައި ކާން އަރާފައި ކެއުން ކުރިއަށް ގެންދެވޭނީ ވެސް "އެކިޔާ އެެއްޗެއް ކިޔުމަށް ފަހު،" ފުމެލުމުން ކަމަށެވެ. އެ އުނދަގޫ އެންމެ ބޮޑަށް ފޯރީ އޭނާއަށެވެ. ބޭރުން ގެއަށް ވަންނަ ގޮތަށް އައިސް ނިތްކުރި އާއި ބޯމަތީގައި އަތްއަޅައި ކިޔެވެލިތައް ކިޔެވުމުން ދެން ވާގޮތެއް ބައެއް ފަހަރަށް ނޭނގޭ ކަމަށް އަސްމާ ބުންޏެވެ. ހޭނެތިގެން ވެއްޓޭ ގޮތަށް އަނެއް ދުވަހު ވެސް ހޭއަރާފައި އެބަހުރި ކަމަށް އޭނާ ބުންޏެވެ.
ގެވެށި އަނިޔާ: ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ގެވެށި އަނިޔާތައް ވަރަށް ގިނަ
މި ހުރިހާ ކަމެއް ކޮޓަރިއަށް ވެއްދުމަށް ފަހު ކުރާތީ، މަންމައަށް ވާގޮތެއް ދަރިންނަކަށް ނޭނގެ އެވެ. އެ ވަގުތުގައި ދަރިންނަށް ފިރިހެން މީހާ ކައްކައިި ކާންދެ އެވެ.
"ދެން ހޭ އަރައިގެން ކޮޓަަރިން ނިކުތީމަ އެބައަހާ މަންމަ ކީއްވެހޭ ނުނިކުންނަނީ. މަންމަ ބަލިވީއޭ ކުދިން ކައިރީ އޭނާ [ފިރިމީހާ] މި ބުނަނީ. އެ ކުދިންނަށް ވިސްނައިދީފަ އިންނަނީ މަންމަ ޖިންނި މޮޔަވަނީއޭ. މަންމަގެ އެއްވެސް ބާރެއް ނެތޭ،" އަސްމާ ބުންޏެވެ.
އަންހެން މީހާ ބުނީ ފިރިހެން މީހާގެ އާއިލާގެ ކުދިންތަކެއް ގެއަށް އަންނަ ދުވަހެއްގައި އޭނާގެ ދަރިން އުޅޭ ގޮތް ކުޑަކޮށް ހަލަނިވިޔަސް އެއީ އެސްފީނާ ޖެހިގެން އުޅޭ ގޮތެއް ކަމަށް ބުނެ އެ ކުދިންގެ ގަޔަށް ފެން އަޅާ ކަމަށެވެ. އެކަމަކު ދަރިންގެ ގަޔަށް ބޮލަށް އަތްލައި އަނިޔާއެއް ނުދެ އެވެ.
އަސްމާ ބުނިގޮތުގައި އޭނާއާ އެކު ދެމަފިރިކަމުގެ ގުޅުން ހިންގުމުގެ ކުރިން ވެސް އެނދުމައްޗަށް ފެން ކިޔެވުމަށް ފަހު އަޅަ އެވެ.
ފިރިމީހާގެ ފަރާތުން ލިބިގެން ދިޔަ އަނިޔާގެ މި މާހައުލުގެ ތެރެއިން ދަރިއަކަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް އަސްމާ ބުންޏެވެ. ދޮށީ ދަރިފުޅަށް އެކަން ކުރިމަތިވީ އެ ކުދިންގެ ބައްޕަގެ އަންހެން ދައްތައެއްގެ ފިރިމީހާގެ ފަރާތުން ކަމަށް އަސްމާ ބުންޏެވެ،
އެކަން ސްކޫލުގައި، އޭނާގެ އެކުވެރިއެއްގެ ގާތުގައި ހިއްސާކޮށް އިސްލާމް ޓީޗަރާ ހަމައަށް ގެންދިޔައީ އެވެ.
އަސްމާ ބުނިގޮތުގައި، އެއީ 2018 ގައި ހިނގި ކަމެއް ކަމަށް ބުނެ އެކަން ހިންދާލުމަށް އެ އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ފަހުން އެ ފިރިހެން މީހާ އާއިލާގެ އިތުރު ކުއްޖަކާ ބެހުނުކަން ވެސް ފަޅާއެރި ކަމަށާއި އެކަމަކު ވެސް ފިޔަވަޅެއް ނާޅާ ކަމަށް އަސްމާ ބުންޏެވެ.
ރަށުން އެހާ ރަނގަޅަށް ޓެސްޓްތައް ހަދާފައިނުވާތީ އެ ކުއްޖާ ހުރީ މާލެ ގެނެސްފަ އެވެ. އަންހެން މީހާ ބުނި ގޮތުގައި އެ މައްސަލަ ކުރިއަށްދާ ގޮތެއް ބެލުމަށް ފުލުހަށް ދިއުމުން ވެސް އެކަމުގެ މައުލޫމާތެއް އޭނާއަކަށް ނުލިބުނެވެ.
"ދަރިންނަށް އިތުރު ކަމެއް ވެދާނެއޭ މިކިޔަނީ ކޯޓުގައި ވެސް. މިހެން ކިޔަކިޔަ އިނދާ މިކަމަށް ވެސް މި ހިނގީ. އެގާރަ މަސް ފަހުން ކުރި ހުކުމްގައި ވެސް އޮތީ އަޅުގަނޑަށް ހަތަރު އަހަރުގެ ކުއްޖާ ވެސް ދެވެން ނެތީ އެ ކުއްޖާ އެހެން ކުދިންނާ ވަކިކުރީމަ އެ ކުއްޖާ އަށް ނަފްސާނީ ގޮތުން އަސަރުތަކެއް ކުރާނެތީއޭ،"
"ދަރިންނަށް އިތުރު ކަމެއް ވެދާނެއޭ މިކިޔަނީ ކޯޓުގައި ވެސް. މިހެން ކިޔަކިޔަ އިނދާ މިކަމަށް ވެސް މި ހިނގީ. އެގާރަ މަސް ފަހުން ކުރި ހުކުމްގައި ވެސް އޮތީ އަޅުގަނޑަށް ހަތަރު އަހަރުގެ ކުއްޖާ ވެސް ދެވެން ނެތީ އެ ކުއްޖާ އެހެން ކުދިންނާ ވަކިކުރީމަ އެ ކުއްޖާ އަށް ނަފްސާނީ ގޮތުން އަސަރުތަކެއް ކުރާނެތީއޭ،" އަސްމާ ބުންޏެވެ.
އޭނާ ބުނިގޮތުގައި، ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ ކުއްޖާ ވެސް ޝަރީއަތަށް ވެއްދި އެވެ. މާލެ އައިސް ޖެންޑާގައި އެ ވާހަކަތައް ދެއްކުމުން، އެއީ ގާނޫނީ ކުށެއް ކަމަށް ބުނެފައިވާ ކަމަށާއި އެ މައްސަލަ ބަލައިދޭން ވެސް އެދުނު ކަމަށް އޭނާ ބުންޏެވެ.
ކުދިންނާ އެކު ގޭގައި ބަންދުކޮށްގެން އުޅޭ މައްސަލަ ޖެންޑާ އަށް ހުށަހެޅުމުން، އެތަނުން ވެސް ދިޔަ އެވެ. އެކަމަކު ކުދިން އަންނަން ބޭނުންނުވާތީ މިނިސްޓްރީން އަޅާ ނުލާ ކަމަށް އަސްމާ ތުހުމަތުކުރި އެވެ.
އަސްމާ ބުނިގޮތުގައި އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުއައްސަސާތަކުން އޭނާގެ އާއިލާއާ މެދު އިހުމާލުވެފައިވުމެވެ. ބައްޕަ އިތުރު ކައިވެންޏެއްކޮށް ރަނގަޅަށް ނުބެލޭއިރު ވެސް ކުދިންގެ މަންމަ އާ ދަރިން ހަވާލު ނުކުރުމެވެ.
16 އަހަރުގައި "ވިއްކާލި" ދަރިފުޅަށް އަދިވެސް އަނިޔާ
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
މަަގުމަތިވި އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް!
ވަރިހަމަކޮށްލައިގެން ތިއްބައި ހައްދުފަހަނާޅައިދަނީ!
އަންހެނަކާއި ދަރިފުޅާއި ފުލުހަކަށް އަނިޔާކޮށްފި
ޝިކާރަވެރިން މިނިވަންވެ ކުދިންނަށް އިންސާފެއް ނެތް!
ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ހައްގުގައި ޕެޓިޝަނެއް
އައްޑޫން ހައްޔަރުކުރި އަންހެންމީހާ ދޫކޮށްލަން ޕެޓިޝަނެއް
ބައްޕައަކު އަންހެން ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ދީފި