Roadha Mihaaru
ހަރަމްފުޅުގައި އަނެއްކާވެސް ގައިދުރުކޮށް ނަމާދުކުރަނީ

ހަރަމްފުޅުގައި އަނެއްކާވެސް ގައިދުރުކޮށް ނަމާދުކުރަން ފަށައިފި

30 ޑިސެމްބަރ 2021

މައްކާ (ޑިސެމްބަރު 30) - މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި ގައިދުރުކޮށް ތިބެ، މިއަދުން ފެށިގެން ނަމާދުކުރަން އަންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މައްކާ (ޑިސެމްބަރު 30) - މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި ގައިދުރުކޮށް ތިބެ، މިއަދުން ފެށިގެން ނަމާދުކުރަން އަންގައިފި އެވެ.

ދުވަސްތަކަކަށް ފަހު ހަރަމްފުޅުގައި އަނެއްކާވެސް ގައިދުރުކޮށް ނަމާދުކުރަން އަންގާފައި މިވަނީ ސައުދީ އަރަބިއާގައި އެތައް ދުވަހަކަށް ފަހު ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުންނެވެ.

ހަރަމްފުޅުގައި ގައިދުރުކޮށް ނަމާދުކުރުން ހުއްޓާލީ އޮކްޓޯބަރު 17 ވަނަ ދުވަހު އެވެ. ނަމަވެސް އަނެއްކާވެސް މިއަދު ވަނީ ހަރަމްފުޅުގެ އެކި ސަރަހައްދުތަކުގައި ގައިދުރުކޮށް ތިބެ ނަމާދުކުރުމަށް މާކިން ޖަހައިފަ އެވެ.

ސައުދީން ކުރިން ވަނީ ބަންދުތަންތަނާއި ހާމަތަންތަނުގައި އުޅޭއިރު ވެސް ގައިދުރުކޮށް އުޅުމަށާއި މާސްކް އަޅައިގެން އުޅުމަށް އަންގައިފަ އެވެ.

ސައުދީ އަރަބިއާގެ 34 މިލިއަން މީހުންގެ ތެރޭން މިހާތަނަށް ވަނީ 554،000 މީހަކަށް ކޮވިޑް ޖެހި 8،874 މީހުން މަރުވެފަ އެވެ. ގަލްފުގެ ގައުމުތަކުގެ ތެރޭން ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ ސައުދީންނެވެ.

ސައުދީން އިއްޔެ ވަނީ ކޮވިޑުގެ 744 ކޭސް ފެނިފަ އެވެ. މިއީ އޮގަސްޓް މަހުގެ މެދުތެރޭން ފެށިގެން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.