Roadha Mihaaru
ކްރޭން ވެއްޓުމުން ޒިންމާވާ މީހުންގެ މައްސަލަ ކޯޓަށް

މައްކާގައި ކްރޭން ވެއްޓުނު ހާދިސާގައި ޒިންމާވާ މީހުންގެ މައްސަލަ ކޯޓަށް ފޮނުވައިފި

13 ޖުލައި 2016

ރިޔާޒް (ޖުލައި 13) - މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާގެ ހަރަމްފުޅަށް ކްރޭން ވެއްޓި 100 މީހުން މަރުވި ހާދިސާގައި ޒިންމާވާ މީހުންގެ މައްސަލަ މައްކާގެ ކޯޓަކަށް ފޮނުވާފައިވާ ކަމަށް ސައުދީގެ ބައެއް މީޑިއާތަކުން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޖުލައި 13) - މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާގެ ހަރަމްފުޅަށް ކްރޭން ވެއްޓި 100 މީހުން މަރުވި ހާދިސާގައި ޒިންމާވާ މީހުންގެ މައްސަލަ މައްކާގެ ކޯޓަކަށް ފޮނުވާފައިވާ ކަމަށް ސައުދީގެ ބައެއް މީޑިއާތަކުން މިއަދު ބުނެފި އެވެ.

އަރަބި ނިއުސް އާއި ސައުދީ ގެޒެޓުން ބުނީ އަށް މަސް ދުވަހުގެ ތަހުގީގަކަށް ފަހު މައްކާގެ ޖިނާއީ ކޯޓަށް ފޮނުވާފައިވާ މައްސަލައިގެ ޝަރީއަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް މައްސަލައިގެ އެއްވެސް ތަފްސީލެއް އަރަބި ނިއުސް އިން ދީފައެއް ނުވެ އެވެ. ސައުދީ ގެޒެޓުން ބުނީ ދައުވާ ކުރި މީހުންގެ ތެރޭގައި އިންޖިނޭރުންނާއި މައްކާގެ ސަރުކާރު އެޖެންސީގައި މަސައްކަތް ކުރާ ދެ އޮފިޝަލުން ހިމެނޭ ކަމަށެވެ.

މައްކާގައި ހިނގި ކްރޭން ވެއްޓުމުގެ ހާދިސާގައި ހަރަމްފުޅަށް ކްރޭން ވެއްޓިފައި.

މައްކާގައި ހިނގި ކްރޭން ވެއްޓުމުގެ ހާދިސާގައި ހަރަމްފުޅަށް ކްރޭން ވެއްޓިފައި.

މައްކާގެ ކްރޭން ހާދިސާއާ ގުޅިގެން ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސައުދީ ބިންލާދިން ގްރޫޕް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދައުވާ ކުރަން ފޮނުވި ފަރާތްތަކުގެ ތެރޭގައި މި ކުންފުނީގެ މީހަކު ހިމެނޭ ކަމަށް އެއްވެސް ނޫހަކުން ނުބުނެ އެވެ. އަދި މި ކުންފުންޏާ ދެކޮޅަށް ދައުވާ ކުރާ ކަމެއް ވެސް އަދި ނޭނގެ އެވެ.

އެކަމަކު މި ހާދިސާ ތަހުގީގު ކުރި ސަރުކާރުގެ ކޮމިޓީން ބުނެފައި ވަނީ ކްރޭން ވެއްޓުނު ހާދިސާގައި ބިންލާދިން ގްރޫޕުން ޒިންމާވާން ޖެހޭނެ ކަމަށެވެ. އަދި ކްރޭން ބަހައްޓާފައި ވަނީ ވެސް ނުބައި ދިމާލެއްގައި ކަމަށް ތަހުގީގު ކޮމިޓީން ބުނެފައިވެ އެވެ.

ކްރޭން ވެއްޓުނު ހާދިސާ އަށް ފަހު ސައުދީ ރަސްގެފާން ސަލްމާން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ބިންލާދިން ގްރޫޕަށް ސަރުކާރުގެ ކޮންޓްރެކްޓްތައް ދިނުން ހުއްޓާލުން ވެސް ހިމެނެ އެވެ. ނަމަވެސް ބިންލާދިން ގްރޫޕުން މެއި މަހު ބުނެފައި ވަނީ އެ ކުންފުނީގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އެތައް ހާސް ބަޔަކު ވަނީ ވަކިކޮށްފަ އެވެ.

މައްކާގައި މިދިޔަ އަހަރު ހިނގި ކްރޭން ވެއްޓުމުގެ ހާދިސާގައި ހަރަމްފުޅަށް ކްރޭން ވެއްޓިފައި. --ފޮޓޯ: ރޮއިޓާސް

މައްކާގައި މިދިޔަ އަހަރު ހިނގި ކްރޭން ވެއްޓުމުގެ ހާދިސާގައި ހަރަމްފުޅަށް ކްރޭން ވެއްޓިފައި. --ފޮޓޯ: ރޮއިޓާސް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ހިނގި މި ހާދިސާގައި ވަނީ 108 މީހުން މަރު 400 މީހުން ޒަޚަމްވެފަ އެވެ. ކްރޭން ވެއްޓުނީ މައްކާ އަށް އައި ބާރުގަދަ ކޮޅިގަނޑެއްގަ އެވެ. ކްރޭން ވެއްޓުނު ހާދިސާ އަށް ފަހު މިނާގައި ޖަމްރާ އަށް ހިލަ އުކަން އުޅުމުގެ ތެރޭގައި ފިތިގެން ވަނީ 2000 މީހުން މަރުވެފަ އެވެ. މި ހާދިސާ އަށް ފަހު ވަނީ ސައުދީގެ ހައްޖު ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ ވަލީ އަހުދު އަދި ދާޚިލީ ވަޒީރު މުހައްމަދު ބިން ނަޔާފްގެ ބެއްލެވުމުގެ ދަށުން ފުޅާ ދާއިރާއެއްގައި ތަހުގީގު ފަށައިފަ އެވެ. ނަމަވެސް ކޮމިޓީގެ ރިޕޯޓް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހައްޖުވެރިންގެ ސަލާމަތަށް ޓަކައި އާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.