27 ޑިސެމްބަރ 2021
ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ރޮމެލޫ ލުކާކޫ ލައްވައި ދެވަނަ ހާފު އެއްކޮށް ކުޅުވީ، ޗެލްސީގެ މެޑިކަލް އަދި ފިޓްނަސް ޑިޕާޓްމަންޓުގެ ރައުޔާ ދެކޮޅަށް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ރޮމެލޫ ލުކާކޫ ލައްވައި ދެވަނަ ހާފު އެއްކޮށް ކުޅުވީ، ޗެލްސީގެ މެޑިކަލް އަދި ފިޓްނަސް ޑިޕާޓްމަންޓުގެ ރައުޔާ ދެކޮޅަށް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
އެސްޓަން އަތުން 3-1 އިން ޗެލްސީ މޮޅުވީ ލުކާކޫ ޖެހި ލަނޑާ ވެސް އެކު އެވެ. އަނެއް ދެ ލަނޑު ޖެހީ ޕެނަލްޓީތަކުން ޖޯޖީނިއޯ އެވެ.
ލުކާކޫ ކުޅެން ނުކުތީ ޓްރެވޯ ޝަލަބާގެ ބަދަލުގައި ދެވަނަ ހާފު ފެށުމުގެ ކުރިންނެވެ. ރޭ އޭނާ ޖަހައިދިން ލަނޑަކީ ސެޕްޓެމްބަރުގެ ފަހުން ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. މެޗުގައި ޗެލްސީ އަށް ލިބުނު ދެވަނަ ޕެނަލްޓީ ހޯދައިދިނީ ވެސް ލުކާކޫ އެވެ.
ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގައި އޮކްޓޯބަރު މަހުން ފެށިގެން ލުކާކޫ ހުރީ ކުޅުމާ ދުރުގަ އެވެ. އޭގެ އިތުރަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އިތުރު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.
ލުކާކާު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް
އެހާ ދުވަހު ނުކުޅެ ހުރުމަށް ފަހު އެނބުރި އަންނައިރު ޗެލްސީގެ މެޑިކަލް ޑިޕާޓްމެންޓުން ލަފާ ދީފައި އޮތީ އޭނާ ލައްވައި ގިނަ ވަގުތު ކުޅުވުން ރަނގަޅު ނޫން ކަމަށެވެ. އެކަމަކު ޓުޗެލް ބުނީ، ލުކާކޫ އަށް ފުރުސަތު ދޭން އޭނާ ނެގީ ރިސްކެއް ކަމަށެވެ.
"އެންމެ ފަހުން އަހަރެމެންނާ އެކު އޭނާ ކުޅުނީ އޮކްޓޯބަރުގައި. އެއީ ލުކާކޫގެ ކިބައިގައި ކޮލިޓީ ނެތިގެނެއް ނޫން. އޭނާގެ ބަދުނަސީބު އެއީ އޭނާ އަށް އަނިޔާވުން،" ޓުޗެލް ބުންޏެވެ.
"ކަނޑައެޅިފައިވާ ވަގުތަށް އޭނާ އަށް ކުޅުމުގެ ތެރެއަށް ނާދެވުނީ ކޮވިޑް ވެސް ޖެހުމުން. އޭނާ ލައްވައި 45 މިނިޓް ކުޅުވުމަކީ ވެސް މެޑިކަލް ޑިޕާޓްމެންޓްގެ ރައުޔާ ހިލާފުވުން. އެކަމަކު އަހަރެން ހިތަށް އެރީ ރިސްކެއް ނަގާނަމޭ. އަދިއެކަން ކާމިޔާބުވި."
މެޗުގައި އެސްޓަން ވިލާގެ ލަނޑަކީ، ރީސް ޖޭމްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ސިޓީ ރޭ މޮޅުވީ 6-3 އިންނެވެ. ނޯރިޗް ސިޓީއާ ދެކޮޅަށް އާސެނަލް ކާމިޔާބު ހޯދީ 5-0 އިންނެވެ. ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާސް މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ. ސައުތުހެމްޓަން ވަނީ ވެސްޓްހަމް ޔުނައިޓެޑް އަތުން 3-2 އިން މޮޅުވެފަ އެވެ.
ވީއޭއާރްއާ ހެދި ޕްރިމިއާ ލީގު ހަލާކުވެއްޖެ: ޕޮޗެޓީނޯ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ގެއްލުން ކުރިމަތިވުމުން ޗެލްސީގެ ހޮޓެލްތައް ވިއްކާލައިފި
ޗެލްސީގެ ސީއީއޯ ފުޓްބޯޅަ ދަންނަ މީހަކަށް ނުވި
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
އާސެނަލް ބަލިކޮށް އެމެރީ ތަށީގެ ވާހަކަ ފަށައިފި
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި