19 ޑިސެމްބަރ 2021
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދީ އެ ގައުމުން ބައެއް ހިފަން މަސައްކަތްކުރި ކަމުގައި ވިޔަސް، ޔޫކްރޭންގެ ދިފާއުގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރަން، އިނގިރޭސި ސިފައިން ނުފޮނުވާނެ ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދީ އެ ގައުމުން ބައެއް ހިފަން މަސައްކަތްކުރި ކަމުގައި ވިޔަސް، ޔޫކްރޭންގެ ދިފާއުގައި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރަން، އިނގިރޭސި ސިފައިން ނުފޮނުވާނެ ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.
އެ ގައުމުގެ ދިފާއީ ވަޒީރު ބެން ވެލެސް ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާނަކުން ޔޫކްރޭން ދިފާއުކުރުމަށް އިނގިރޭސި ވިލާތާއި އިނގިރޭސި ވިލާތުގެ ބައިވެރިން ޔޫކްރޭނަށް ފޮނުވުމަކީ ވަރަށް ބޮޑަށް އެކަށީގެންނުވާ ކަމެކެވެ. އިނގިރޭސި ވިލާތުން އަމަލުކުރާނީ އެގޮތަށްކަން ޔޫކްރޭނަށްވެސް އެނގޭނެ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އެވެ.
"ޔޫކްރޭނަކީ ނޭޓޯގެ މެންބަރު ގައުމެއް ނޫން. އެހެންވީމާ، ރަޝިޔާއަށް ގޮންޖެހުމަށް ޔޫކްރޭނަށް (ނޭޓޯގެ) އެއްވެސް ގައުމަކުން ސިފައިން ފޮނުވުމަކީ ވަރަށް އެކަށީގެންނުވާ ކަމެއް. އެފަދަ ހަމަލާއެއް ޔޫކްރޭނަށް ނުދޭށޭ ޕުޓިން އަރިހުގައި ދެންނެވުމަށް ޑިޕްލޮމެޓިކް ގޮތުން މިވަރަށް މަސައްކަތް މިކުރަނީ ވެސް އެ ސަބަބަށްޓަކައި. އެފަދަ އުދުވާނެއް ދިނުން ހުއްޓުވުމަށްޓަކައި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" އިނގިރޭސި ދިފާއީ ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސި ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބޭނީ ޔޫކްރޭންގެ ރައްޔިތުންނާ އެކުގަ އެވެ. އަދި ޔޫކްރޭންގެ ރައްޔިތުން ބޭނުންވާ އެހީތެރިކަން އިނގިރޭސި ވިލާތުން ފޯރުކޮށްދޭނެ އެވެ. ޔޫކްރޭނަށް ހަމަލާއެއް ދީފި ނަމަ، ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މިދިޔަ ހަފުތާގައި ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއަށް އިންޒާރު ކުރައްވައިފަ އެވެ.
ޔޫކްރޭނަކީ، ސަރަހައްދީ ރޮނގުން ނޭޓޯގެ ގައުމުތަކާ އަދި ރަޝިޔާއާ ވެސް ގުޅިފައި އޮތް ގައުމެކެވެ. ނަމަވެސް ސަގާފީ ގޮތުންނާއި ނަސްލުގެ ގޮތުން ރަޝިޔާއާ ބޮޑު ގުޅުމެއް އޮންނަ ގައުމެކެވެ.
ރަޝިޔާ އިން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައިވަނީ އެ ގައުމުގެ އެތައް ހާސް ސިފައިންނާއި ގިނަ އަދަދެއްގެ ބަރު ހަތިޔާރު، ޔޫކްރޭންގެ އިރުމަތީ ސަރަހައްދާ ކައިރިން ރަޝިޔާގެ އިމުގެ ތެރެއަށް ޖަމާކޮށްފަ އެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި ރަޝިޔާ އިން އުޅެނީ، ޔޫކްރޭނަށް އުދުވާނީ ހަމަލާއެއް ދޭށެވެ.
ނަމަވެސް ރަޝިޔާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. ރަޝިޔާ އިން ބުނާ ގޮތުގައި އިރުމަތީ ޔޫރަޕްގައި ނޭޓޯގެ ނުފޫޒު ފެތުރުން އިތުރުވަމުން ދާތީ، ރަޝިޔާއިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ.
އިނގިރޭސި ވިލާތުން އިތުރު އަސްކަރީ އެހީ ޔޫކްރޭނަށް
އިނގިރޭސި ސިފައިން ތިބެންޖެހޭނީ ތައްޔާރީ ހާލަތުގައި
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ޔޫރޭނިއަމް އުންޑަ ދީފިއްޔާ ރައްދު ދޭން މަޖުބޫރުވާނެ
ޔޫކްރޭނަށް އެރި ރަޝިޔާ ސިފައިންގެ ބޮޑުބައެއް ފަނާވެއްޖެ
ރަޝިޔާ އިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފި: ޔޫކްރޭން
ދުނިޔޭގެ އެންމެ ހަލުވި މިސައިލް ޔޫކްރޭނަށް
ރަޝިޔާގެ ތެލާއި ގޭހުގެ މައްސަލައިގައި ހިޔާލު ތަފާތު
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
ޔޫކްރޭނަށް ހަމަލާ ދީފިނަމަ ނުބައި ނަތީޖާއެއް ނުކުމެދާނެ