Roadha Mihaaru
ހައްގުތަކާ ގުޅޭ ގޮތުން ރައީސްގެ އުންމީދީ ވާހަކަފުޅެއް!

ހައްގުތަކާ ގުޅޭ ގޮތުން ރައީސްގެ އުންމީދީ ވާހަކަފުޅެއް!

13 ޑިސެމްބަރ 2021

"މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމު ވެސް އަޅުގަނޑަށް ވީ ފައިދާ،" ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ރޭ ވިދާޅުވި އެއް ވާހަކަފުޅަކީ މި އެވެ؛

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

"މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމު ވެސް އަޅުގަނޑަށް ވީ ފައިދާ،" ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ރޭ ވިދާޅުވި އެއް ވާހަކަފުޅަކީ މި އެވެ؛

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި، އެމަނިކުފާނު މުހިންމު ތިން ކަމެއްގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެއީ، ނޫސްވެރިކަމުގެ މިނިވަން ކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނުފޯޒު ނުފޯރުއްވާ ކަމާއި ސަރުކާރުން ހިންގާ މަޝްރޫއުތައް ހަމަހަމަ ކުރުމުގެ ވާހަކަފުޅެވެ.

އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓަވާނެ ވިދާޅުވެ، އެކަން އެގޮތުގައި ދަމަހައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދުނިޔެމަތީގައި ވެސް ރަނގަޅު ގޮތްތައް މެދުވެރި ވާނީ އިންސާނުން އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވި މިންވަރަކުން ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި ކާމިޔާބުކުރެވުނީ ވެސް ހަމަހަމަކަން ގާއިމްކުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންސާނީ ހަައްގުތަކުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ބައެއް ކަންތައްތައް ލިބިދިނުމުގައި ސަރުކާރުގެ ކާމިޔާބީއާ ބެހޭ ގޮތުން ރައީސް ރޭ ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދެއްކެވި އެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުން ވީ ގެއްލުމެއް ނެތް"

ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދީގެން ވީ ފައިދާ ކަމަށާއި އެކަމުން ސަރުކާރަށް ވީ ގެއްލުމެއް ނެތް ކަމަށެވެ. މިނިވަން ދައުލަތެއްގެ އެންމެ ބާރުގަދަ ހައްގަކީ، ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މިތިބީ ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަމެއް ދީގެން. އެކަމުން ސަރުކާރަށް ވީ އުނދަގުލެއް، ލިބުނު ގެއްލުމެއް ނެތް. އެ މިނިވަންކަން ދިނުމުން، ހަމަގައިމުވެސް އަޅުގަނޑަށް ވީ ފައިދާ،" ރައީސް ވިދާޅުވި އެވެ.

ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްްމަދު ސޯލިހު ވާހަކަ ދައްކަވަނީ. ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދީގެން ވީ ގެއްލުމެއް ނެތް ކަމަށް. -- ފޮޓޯ: ރައީސް އޮފީސް

ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްްމަދު ސޯލިހު ވާހަކަ ދައްކަވަނީ. ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދީގެން ވީ ގެއްލުމެއް ނެތް ކަމަށް. -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަަމުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅި ހުރަސްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އަހަރުތަކެއް ކުރިން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މުޅި އުދަރެސް އޮތީ ބަނަ ވިލާގަނޑުތަކަކުން ބައްދާލާފައި ކަމަށެވެ.

އެ ވިލާގަނޑަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނުގެ ނަމުގައި އޭރު ފާސްކުރި ގާނޫނެވެ. އޭރު މީޑިއާގެ ކުރިއެރުމާ ގުޅޭ ދެ މުއައްސަސާއެއްގެ (މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ) ކަމަކީ ނޫސްވެރިންނާއި ނޫސް އިދާރާތައް ޖޫރިމަނާކޮށް އަދަބު ދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ފިއްތުންތަކާ ހެދި، އޭރު ހުއްޓާލަން ޖެހުނު މީޑިއާތައް މަދެއް ނޫން -- ރައީސް

"ސަރުކާރުގެ ފިއްތުންތަކާ ހެދި، އޭރު ހުއްޓާލަން ޖެހުނު މީޑިއާތައް މަދެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހިޔާލު ފާޅުކުރުމަކީ ހައްގަކަށްވާ ފަދައިން، އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ޒާތީ ހައްގެކެވެ. އެހެންވީމާ ހިޔާލު ފާޅުކުރަން ވާނީ އަދި ނޫސްވެރިކަން ކުރަންވާނީ ވެސް، އެހެން މީހުންގެ އަބުރު ރައްކާތެރިކުރުމުގެ ޒިންމާ އަށް ވެސް ރައްކާތެރިވެގެން ކަމަށް ވެސް ވިދާޅުވި އެވެ.

"މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ނުފޫޒެއް ނެތް"

ރައީސް ވިދާޅުވި ގޮތުގައި ޑިމޮކްރެސީއެއްގެ އެންމެ މުހިންމު ބާރަކީ ރައްޔިތުންނެވެ. ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ހައްގުގެ ބޭނުންހިފާ އެއް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަޖިލީހުގެ މަސަައްކަތަށް އެޅި ހުރަސްތަކުގެ ހަނދާން އެމަނިކުފާނު އާކުރެއްވި އެވެ. ރައީސް ވިދާޅުވީ މީގެ ތިން އަހަރު ކުރިން ރައްޔިތުންގެ މަންދޫބުންނަށް ވެސް މަޖިލީހުގެ އިދާރާ އަށް ވަދެނުކުމެ އުޅުމުގެ މިނިވަންކަން ނެތް ދުވަސްތަކެއް ދިޔަ ކަމަށެވެ.

އަޅުގަނޑުމެންނަށް މަޖިލީހަށް ވަދެވިއްޖިއްޔާ، ދެން ފެންނަނީ، މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު. ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. -- ރައީސް

"އަޅުގަނޑުމެންނަށް މަޖިލީހަށް ވަދެވިއްޖިއްޔާ، ދެން ފެންނަނީ، މަޖިލީހުގެ ފާރުމަތިން އަޅުގަނޑުމެން ބޭރުކުރާ މަންޒަރު. ނަމަވެސް މިއަދު މުޅި މަންޒަރު ބަދަލުވެއްޖެ. ރައްޔިތުންގެ މަންދޫބުން މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެއްވެސް ނުފޫޒެއް، ބިރުދެއްކުމެއް ނެތި،" އެމަނިކުފާނު ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތަކުގައި ހަމަހަމަކަން

ރައީސް ރޭ ވިދާޅުވި ގޮތުގައި މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ، ތަރައްގީގެ ކޮންމެ މަޝްރޫއަކީ، އަސާސީ ހައްގުތަކާ ގުޅިފައިވާ މަޝްރޫއެކެވެ. އެއީ ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް، ހަމަހަމަ ގޮތެއްގައި ހިދުމަތް ލިބިދިނުމަށް ހިންގާ މަޝްރޫއުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެތައް އަހަރެއް ވަންދެން، ރައްޔިތުން އާދޭސް ކުރަމުން ދިޔައިރު ވެސް، އަސާސީ ހިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ސަރުކާރަށް ގަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، އަޅުގަނޑުމެން މި އަންނަނީ އެ ހިދުމަތްތައް ގާއިމުކުރަމުން -- ރައީސް

"އެތައް އަހަރެއް ވަންދެން، ރައްޔިތުން އާދޭސް ކުރަމުން ދިޔައިރު ވެސް، އަސާސީ ހިދުމަތްތައް ލިބިދޭންޖެހޭ ކަމަށް ސަރުކާރަށް ގަބޫލުނުކުރެވުނު ކިތަންމެ ރަށެއްގައި، އަޅުގަނޑުމެން މި އަންނަނީ އެ ހިދުމަތްތައް ގާއިމުކުރަމުން،" ރައީސް ވިދާޅުވި އެވެ.

ކުރިމަގުގައި ވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ އިންސާނީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އިންސާނީ ހައްގުތަކާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މެދުގައި ހަމަހަމަކުރުމަކީ ވެސް، އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން އިސްކަންދޭނެ ކަމެކެވެ. އިންސާނީ ހައްތަކަށް ހުރަސްއެޅޭ ގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އެއްވެސް ކަމެއް ހުރިނަމަ އެކަމެއް ނައްތައިލުމަކީ ވެސް ސަރުކާރުުން އިސްކަންދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.