10 ޑިސެމްބަރ 2021
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ޑޮކްޓަރަށް ދައްކަން ނުދާ މީހުންގެ އަދަދު ގިނަ ކަމަށް ބުނެ އެ އަދަދާއެކު، އެ ހޮސްޕިޓަލުން ޓުވީޓް ކުރުމުން މީހުން ރުޅިގަދަވެ، ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ޑޮކްޓަރަށް ދައްކަން ނުދާ މީހުންގެ އަދަދު ގިނަ ކަމަށް ބުނެ އެ އަދަދާއެކު، އެ ހޮސްޕިޓަލުން ޓުވީޓް ކުރުމުން މީހުން ރުޅިގަދަވެ، ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފި އެވެ.
އައިޖީއެމްއެޗުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ނުދާ މީހުންގެ އަދަދު މިދިޔަ ބުދަ ދުވަހު 189 އަށް އަރާ ކަމަށެވެ. އެއީ 38 ޕަސެންޓު މީހުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މިއީ މި ގޮތަށް އެ ހޮސްޕިޓަލުން މި އަދަދު ހާމަކުރި ފުރަތަމަ ފަހަރެވެ.
އެ ޓުވީޓަށް 100 އަށް ވުރެ ގިނަ މީހުން ރައްދު ދީފައިވާ އިރު، އެންމެން ކަހަލަ ގޮތަކަށް ބުނެފައި ވަނީ ޑޮކްޓަރަށް ދައްކަން ނުދަނީ އެޕޮއިންޓްމެންޓް ހައްދާތާ އެތައް މަހެއް ފަހުން ވެސް ނަމްބަރު ނުޖެހޭތީ ކަމަށެވެ.
Appointment hahdhaafa male’ anna meehaa e doc ah dhekkumah mas dhemas dhuvas heydhavaa iru male’ ga hurumah dhaa haradhuves hospital in cover kohdheynama thi vaahaka aaai thi adhadhu thah kiyaakah nujeheyne
— ℝ????? ??????? ⚖️ ?? (@R6VR46) December 9, 2021
"އެޕޮއިންޓްމެންޓް ބުކް ކޮށްފައި ނުލިބި ލަސްވެގެން ފުރައިގެން ގޮސް ބޮޑު ސާޖަރީއެއް ހަދައި، ރަނގަޅު ވެގެން އަންނަން މަސް ފަހުން އެޕޮއިންޓްމަންޓް ދިނީމާ ކާކު ދާނީ؟" ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވި އެވެ.
This is very unfair data to present, there are so many factors to miss an appointment. Not sure who pressured IGMH to publish this data. @igmhmv kindly consider removing this data. There are better ways to deal with peoples behavior change. @MoHmv
— Abdul Hameed (@hamyds) December 9, 2021
އެ އަށް ރައްދު ދިން އަހުމަދު ނާއިލް މަނިކު ކިޔާ މީހަކު ބުނިގޮތުގައި އައިޖީއެމްއެޗުން އެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހެ އެވެ. އެޕޮއިންޓްމަންޓް ހައްދާފައި 3-4 މަސް ފަހުން އެޕޮއިންޓްމަންޓް ލިބޭއިރު، ވޭން އަޅާ މީހުން އެހެން ތަނަކަށް ގޮސް ޑޮކްޓަރަށް ނުދައްކާ ތިބޭނެތޯ އޭނާ ސުވާލު ކުރި އެވެ. އަދި ހުރިހާ ޑޮކްޓަރުން މަސައްކަތް ކުރަނީ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލާއި ކްލިނިކްތަކުގައި ކަމަށް އެ މީހާ ބުންޏެވެ.
ޝާކުވާ ކުރި ވަރަށް ގިނަ މީހުން ބުނީ، ރަށްރަށުން ބޮޑު ހަރަދު ކޮށްގެން މާލެ އައިސް އެޕޮއިންޓްމެންޓް ހަމަނުޖެހުނުމުން ފުރައިގެން ދާން ވެސް ޖެހެ އެވެ. އަދި ކިއޫއަށް މަޑުކޮށްގެން ތިބެ އެތައް ބަޔަކު މަރު ނުވާ ކަމެއް ވެސް ނޭނގޭ ކަމަށް އެއް ބަޔަކު ބުންޏެވެ.
Haha you should include the average waiting time for an appointment. Patients have died and have gone to other facilities and overcome the sicknes by the time your number is up. https://t.co/YG0j5omWuS
— shamun ?? ?? (@shamoonsabig) December 9, 2021
"މި ހުރީ ވެއިޓް ލިސްޓުގެ 1،000 ވަނަ ލިބިފަ އިނގޭތޯ. ހަތަރު މަސް ވަންދެން ޑޮކްޓަރަށް ނުދައްކާ ހުރެވޭތޯ ބަލާނަން،" އެހެން މީހަކު ބުންޏެވެ.
އައިޖީއެމްއެޗްގެ ވެއިޓިން ލިސްޓުގައި ތިބި މީހުންގެ އަދަދުތައް ވެސް އާންމު ކުރުމަށް ބައެއް މީހުން ގޮވައިލި އެވެ. އަދި ރަނގަޅަށް ހިދުމަތް ދޭން ނުކުޅެދޭއިރު، ރައްޔިތުން ގޯސް ކުރަން ޓުވީޓް ކުރުމުން ވެސް ގިނަ ބަޔަކު ވަރަށް ބޮޑަށް އެ ހޮސްޕިޓަލަށް ފާޑު ކިޔެވެ.
އައިޖީއެމްއެޗުގެ ކިއޫގައި 10،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް "މިހާރު" ރިޕޯޓް ކުރުމާ ގުޅިގެން އެ ހޮސްޕިޓަލުން ވަނީ އެއީ ކޮވިޑް-19 އާ ގުޅިގެން އައި ބެކް ލޮގެއް ކަމަށް ބުނެފަ އެވެ. އަދި މަހެއްގެ ތެރޭގައި އެ މައްސަލަ ހައްލުވެ، އޭޑީކޭ ފަދަ އެހެން ޕްރައިވެޓް ހޮސްޕިޓަލްތަކާ އެއްވަރަށް ކިއޫ ރަނގަޅުވެ އަވަހަށް ސްޕެޝަލިސްޓުންނަށް ދެއްކެން ފަށާނެ ކަމަށް އައިޖީއެމްއެޗުން މިދިޔަ ސެޕްޓެމްބަރު މަހު ބުންޏެވެ.
ނަމަވެސް މިދިޔަ މަހު ފަހުކޮޅު ވެސް ކިއޫގައި ތިބި މީހުންގެ އަދަދު ބެލިއިރު ހިސާބުތައް ހުރީ އެއްވަރެއްގަ އެވެ. ބައެއް ޑިޕާޓްމަންޓުތަކުން އަދިވެސް 1،000-2،000 ދޭތެރޭ މީހުން ކިއޫގައި އެބަތިއްބެވެ.
އާބާދީގައި ލައްކައަކަށް ވުރެ ގިނަ މީހުން ހިމެނޭ މާލެ އިން ހިލޭ ބޭސްފަރުވާ ލިބޭ ހަމައެކަނި ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ. އެ ހޮސްޕިޓަލަށް ދައްކަން އަތޮޅުތަކު ތެރެއިން ވެސް ގިނަ ބަޔަކު މާލެ އަންނަ އިރު ޓެސްޓުތައް ހައްދަން ވެސް ދިގު ކިއޫއެއްގައި ގިނަ ދުވަސްތަކެއް ވަންދެން މަޑު ކުރަން ޖެހެ އެވެ. އަދި ބޮޑެތި އޮޕަރޭޝަންތައް ނުކުރެވި ލަސްވާ ކަމުގެ ޝަކުވާ ވެސް އިންތިހާއަށް އޮވެ އެވެ.
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
ޑރ. އިސްނީން: ގޮހޮރުގެ ފުރަތަމަ ދިވެހި ޑޮކްޓަރު
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
ޑރ. ވަހީދު: ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ސާޖަން
ކްރިޓިކަލް ކެއާ އިން ހާއްސަވުމަށް މޫސަ އިންޑިއާއަށް
އައިޖީއެމްއެޗް ޕޭޝަންޓް ޕޯޓަލް ހިދުމަތް މެދުކަނޑާލައިފި
މެޑިސިން އިންޓާންޝިޕް ޑޮކްޓަރުންގެ ކަންބޮޑުވުން ރައީސަށް
ދަތުގެ ފަރުވާއަށް 45 އަހަރު: ސަލީމަށް މަރުހަބާ!
އައިޖީއެމްއެޗުގެ 16 ނަރުހަކު އައިސޮލޭޝަނަށް
ސިއްހީ އޮފިޝަލުންނަށް ޚާއްސަ އެލަވަންސެއް ހަމަޖައްސަނީ