Roadha Mihaaru
ކްރިޓިކަލް ކެއާ އިން ހާއްސަވުމަށް މޫސަ އިންޑިއާއަށް

ކްރިޓިކަލް ކެއާ އިން ހާއްސަވުމަށް ޑރ. މޫސަ އިންޑިއާ އަށް

02 ޖޫން 2022

ކްރިޓިކަލް ކެއާ އިން ހާއްސަވުމަށް އައިޖީއެމްއެޗުގެ ޑރ. މޫސާ ހުސައިން ދެ އަހަރު ދުވަހަށް އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކްރިޓިކަލް ކެއާ އިން ހާއްސަވުމަށް އައިޖީއެމްއެޗުގެ ޑރ. މޫސާ ހުސައިން ދެ އަހަރު ދުވަހަށް އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

ފުއްޕާމޭގެ ޑޮކްޓަރެއްގެ ގޮތުގައި އެ ހޮސްޕިޓަލްގައި މިދިޔަ ހަތް އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި ޑރ. މޫސަ އައިޖީއެމްއެޗުގެ ހަރަދުގައި ކިޔަވާ ވިދާޅުވާނީ ބޮމްބޭގެ ޓާޓާ މެމޯރިއަލް ހޮސްޕިޓަލްގަ އެވެ. އޭނާ ކްރިޓިކަލް ކެއާ އަށް ހާއްސަ ވުމަށް ކިޔަވައި ވިދާޅުވާނީ އައިޖީއެމްއެޗުގެ ހަރަދުގަ އެވެ.

ކްރިޓިކަލް ކެއާގެ ހާއްސަ ޑޮކްޓަރަކަށް، އދ. ދަނގެއްޗަށް އުފަން ޑރ. މޫސަ ވުމުން، އޭނާ ވާނީ އެ ދާއިރާއިން ހާއްސަވާ ދިވެހި ފުރަތަމަ ޑޮކްޓަރަށެވެ. ރާއްޖޭގައި މިހާރު ކްރިޓިކަލް ކެއާ އަށް ހާއްސަ ޑޮކްޓަރެއް ނެތެވެ.

ފުއްޕާމޭގެ ޑޮކްޓަރެއްގެ ގޮތުގައި ޑރ. މޫސަ އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ވެސް އޭނާ ވަނީ އައިސީޔޫ ކެއާ މެނޭޖްމަންޓްގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ ހޮސްޕިޓަލްގެ ކްރިޓިކަލް ކެއާގައި މީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް އުޅުއްވީ ވެސް ޑރ. މޫސަ އެވެ.

އޭނާ ގެންދަވަނީ އަމިއްލަ ރަށުގައި މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ވެސް އޮގަސްޓް 2018 އިން ފެށިގެން ހިންގަމުންނެވެ. އެއީ ބައްޕަ ހުސައިން އަބްދުއްސަމަދުގެ ހަނދާނުގައި ޑރ. މޫސަގެ އަމިއްލަ ހަރަދުގައި ހެދި ކްލިނިކެކެވެ.