09 ޑިސެމްބަރ 2021
ސައޫދީ އަރަބިއްޔާ އާއި ގަތަރާ ދެމެދު ގުޅުން ކެނޑިފައި އޮތުމަށް ފަހު، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަލުން ސުލްހަވެރިކަން އުފެދުމަށް ފަހު، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ފުރަތަމަ ފަހަރަށް އިއްޔެ ގަތަރަށް ވަޑައިގެންފި އެވެ.
ސައޫދީ އަރަބިއްޔާ އާއި ގަތަރާ ދެމެދު ގުޅުން ކެނޑިފައި އޮތުމަށް ފަހު، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަލުން ސުލްހަވެރިކަން އުފެދުމަށް ފަހު، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ފުރަތަމަ ފަހަރަށް އިއްޔެ ގަތަރަށް ވަޑައިގެންފި އެވެ.
މުހައްމަދު ބިން ސަލްމާން ގަތަރަށް ވަޑައިގެންނެވި އިރު، ދޯހާގެ ވައިގެ ބަނދަރުން މަރުހަބާ ދެންނެވީ ގަތަރުގެ އަމީރު އައްޝައިޚް ތަމީމް ބިން ހަމަދް އާލް ސާނީ އެވެ. އޭގެ އިތުރުން ގަތަރު ސަރުކާރުގެ ބައެއް ވަޒީރުންވެސް ތިއްބެވި އެވެ.
ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ، ސައޫދީން ގަތަރާ ގުޅުން ކަނޑައިލީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ސައޫދީގެ އެ ނިންމުމާ ގުޅިގެން ގަލްފުގެ ބައެއް އެހެން ގައުމުތަކުން ވެސް، ގަތަރާ ގުޅުން ކަނޑާލައި، ގަތަރުގައި ތިއްބެވި އެ ގައުމުތަކުގެ ސަފީރުން ވެސް ގަތަރުން ބޭލި އެވެ.
ހަތަރު އަހަރަށް ފަހު، ގަތަރާއި ސައޫދީއާ ދެމެދު ސުލްހަވެރިކަން ގާއިމުކުރެވުނީ، ކުވައިތުން އިސްނަގައިގެން ކުރި މަސައްކަތުން، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ދެ ފަރާތުގެ މެދުގައި ގުޅުން އަލުން ގާއިމުކުރީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ އަލްއުލާގައި ބޭއްވި ގަލްފު ގައުމުތަކުގެ ވެރިންގެ 41 ވަނަ މަހާސިންތާގަ އެވެ.
އެ މަހާސިންތާގައި ދެ ގައުމުގެ ގުޅުން އަލުން އިއާދަކުރިކަން އިއުލާންކޮށް، އެއްގަމު މަގުން ދެ ގައުމު ގުޅުވައިދޭ މައި މަގު ހުޅުވައިލިކަން ވެސް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. ދެ ފަރާތުގެ ގުޅުން އަލުން ބަދަހިވަމުން އަންނަ އިރު، ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމުގެ ވާހަކަތައް ވެސް މީގެ ކުރިން ބާއްވާފައިވެ އެވެ.
ވަލީ އަހުދުގެ މި ދަތުރުފުޅުގައި ގަލްފުގެ އެހެން ބައެއް ގައުމުތަކަށް ވެސް ވަޑައިގެންނެވި އެވެ. މިދިޔަ ހޯމަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ އޮމާނަށެވެ. އަދި އަންގާރަ ދުވަހު އެމިރޭޓްސް އަށް ވަޑައިގަތުމަށް ފަހު އިއްޔެ އާއި މިއަދު ހޭދަ ކުރެއްވީ ގަތަރުގަ އެވެ. މުހައްމަދު ބިން ސަލްމާންގެ މި ދަތުރުފުޅުގައި ކުވައިތަށާއި ބަހްރައިނަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި މިއިން ކޮންމެ ގައުމެއްގެ އެންމެ އިސް ވެރިޔާ އަށް، ސައޫދީގެ ރަސްގެފާނު ސަލްމާންގެ ސިޓީފުޅެއް އަރުވާނެ އެވެ.
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
އީރާނުން ސައޫދީ އަށް އެކްސްޕޯޓް ކުރަން ފަށައިފި
ރާއްޖެ- ގަތަރުން އަލުން ގުޅުން ގާއިމުކުރަން ނިންމައިފި
ގަތަރު މައްސަލަ ހައްލުކުރަން ސައުދީން ނޫޅޭ: ޓިލަސަން
ގަތަރަށް ވުރެ މިއަންމާގެ ގުޅުން މުހިންމު؟
ގަތަރަށް ކުރި އެއްވެސް ޑިމާންޑެއް ގަބޫލެއް ނުުކުރެވޭނެ
އަމީރު މުހައްމަދާ އެކު ރަސްކަމަށް ބަދަލެއް އަންނާނެބާ؟
ގަލްފުގެ އެއްބައިވަންތަކަމަށް ޓްރަމްޕް ގޮވާލައްވައިފި
"ގަތަރު އެކަހެރި ކުރުމަކީ ޓެރަރިޒަމަށް ނިމުން އައުން"