Roadha Mihaaru
ގްރެމީގެ ނޮމިނޭޝަންތައް ޑްރޭކް ގަބޫލެއް ނުކުރި

ގްރެމީ އެވޯޑްސްގައި ޑްރޭކްގެ ނޮމިނޭޝަންތައް އަމިއްލަ އަށް ނަގައިފި

09 ޑިސެމްބަރ 2021

މިއުޒިކީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީގެ ކުރިއަށް އޮތް އެވޯޑްސް އިން ކެނެޑާގެ މަޝްހޫރު މިއުޒިޝަން ޑްރޭކަށް ލިބުނު ނޮމިނޭޝަންތައް އޭނާގެ އެދުމަކަށް ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއުޒިކީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީގެ ކުރިއަށް އޮތް އެވޯޑްސް އިން ކެނެޑާގެ މަޝްހޫރު މިއުޒިޝަން ޑްރޭކަށް ލިބުނު ނޮމިނޭޝަންތައް އޭނާގެ އެދުމަކަށް ނަގައިފި އެވެ.

ރެޕާއެއްގެ ގޮތުގައި މަޝްހޫރު ފަންނާނަށް 64 ވަނަ ގްރެމީގެ ދެ ނޮމިނޭޝަން ލިބުނެވެ. އެއީ އޭނަ އެންމެ ފަހުން ނެރުނު އަލްބަމް "ސަޓިފައިޑް ލަވަ ބޯއި" އަށް ލިބުނު ބެސްޓް ރެޕް އަލްބަމާއި ލަވަ "ވޭ 2 ސެކްސް" އަށް ލިބުނު ބެސްޓް ރަޕް ޕަފޯމަންސްގެ ނޮމިނޭޝަނެވެ.

ގްރެމީ އެވޯޑްސް އިންތިޒާމުކުރާ ރެކޯޑިން އެކެޑެމީން ބުނީ ޑްރޭކް، 35، ގެ ނޮމިނޭޝަންތައް ނަގަން އެދުނީ އޭނަގެ މެނޭޖްމަންޓް ކުންފުނިން ކަމަށެވެ. އެކަމަކު ނޮމިނޭޝަންތައް އުނިކުރަން އެދުމާ ބެހޭ ތަފުސީލެއް ދީފައި ނުވާ ކަމަށް ބުންޏެވެ. އެހެންވެ ނޮމިނޭޝަބްތައް ޑްރޭކް ނެގި ސަބަބެއް ސާފެއް ނުވެ އެވެ.

ޑްރޭކް އަކީ މިހާތަނަށް ހަތަރު ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ފަންނާނެކެވެ.

އަންނަ އަހަރު ބާއްވާ ގްރެމީ އެވޯޑްސް ލިބުނު ނޮމިނޭޝަންތައް ޑްރޭކް ނެގި އިރު، އޭނާ އަކީ 2019 ގައި ކެނެޑާގެ މަޝްހޫރު އެހެން މިއުޒިޝަނެއް ކަމަށްވާ ދަ ވީކެންޑަށް އެ އަހަރުގެ އެއްވެސް ނޮމިނޭޝަނެއް ނުލިބިމުން ގްރެމީ އަށް ވަރަށް ފާޑު ވެސް ކިޔާފައިވާ މީހެކެވެ.

އަންނަ އަހަރުގެ ގްރެމީ އެވޯޑްސް ހަފުލާ އޮންނާނީ އަންނަ މަހުގެ 31 ގައި ލޮސް އެންޖެލިސްގަ އެވެ.