08 ޑިސެމްބަރ 2021
މިލާން (ޑިސެމްބަރު 8) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ހަތް އަހަރު ފަހުން ވާދަކުރާ އިޓަލީގެ އޭސީ މިލާން މި އަހަރުގެ މުބާރާތުގައި ހިމެނުނު މަރުގެ ގުރޫޕުގެ ފުލަށް ގޮސް، މުބާރާތް ނިންމާލައިފި އެވެ.
މިލާން (ޑިސެމްބަރު 8) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ހަތް އަހަރު ފަހުން ވާދަކުރާ އިޓަލީގެ އޭސީ މިލާން މި އަހަރުގެ މުބާރާތުގައި ހިމެނުނު މަރުގެ ގުރޫޕުގެ ފުލަށް ގޮސް، މުބާރާތް ނިންމާލައިފި އެވެ.
ފަހު މެޗުގައި އެ ޓީމު ބަލިވީ، ގުރޫޕުގެ އެއްވަނަ ހޯދި ލިވަޕޫލާ ވާދަކޮށް 2-1 އިންނެވެ.
ލިވަޕޫލް އަތުން މޮޅުވެގެން ދެ ވަނަ ޓީމުގެ ގޮތުގައި ވެސް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު މިލާނަށް އޮތެވެ. ނަމަވެސް މި ގުރޫޕުގެ އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑުން ވަނީ ޕޯޓޯ ބަލިކޮށް، ގުރޫޕުގެ ދެވަނަ ހޯދައިފަ އެވެ. މެޗު އެއްވަރު ކޮށްލައިގެން ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ވެސް މިލާނަށް އޮތެވެ.
ލިވަޕޫލުން ވަނީ ގުރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވައި ގުރޫޕުގެ އެއްވަނަ ޔަގީން ކޮށްފަ އެވެ. ރޭގެ މޮޅާ އެކު އެ ޓީމު ވަނީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފަ އެވެ. އެތުލެޓިކޯ މެޑްރިޑުން ދެވަނަ ޔަގީން ކުރީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. ފަސް ޕޮއިންޓާ އެކު ތިންވަނައިގައި ނިންމި ޕޯޓޯ ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ. ގުރޫޕުގެ ފުލަށް ދިޔަ އޭސީ މިލާނަށް ލިބުނީ ހަތަރު ޕޮއިންޓެވެ.
މިލާނުގެ ސެން ސީރޯ ސްޓޭޑިއަމްގައި މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ އޭސީ މިލާނުންނެވެ. މިލާނުން ނެގި ކޯނަރެއްގައި ލިވަޕޫލްގެ ކީޕަރު އެލިސަން އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓުނު ބޯޅައިގައި މިލާނަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު ފިކަޔޯ ޓޮމޯރީ އެވެ. ނަމަވެސް އޭގެ ހަތް މިނިޓު ފަހުން، އެލެކްސް އޮކްސްލޭޑް ޗެމްބަލިން ފޮނުވާލި ހަމަލާއެއް މިލާނުގެ ކީޕަރު ދިފާއު ކުރުމުން ރީބައުންސްވެފައި އަައި ބޯޅަ ގޯލަށް ފޮނުވާލައިގެން ލިވަޕޫލަށް އެއްވަރު ކޮށްދިނީ މުހައްމަދު ސަލާހެވެ. މިއީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ސަލާހު ޖެހި ހަތްވަނަ ލަނޑެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ލިވަޕޫލުން ލީޑު ނެގީ ވެސް ރީބައުންސްވެފައި އައި ބޯޅައެއްގައި ގޯލު ޖަހައިގެންނެވެ. ސަޑިއޯ މާނޭ ފޮނުވާލި ހަމަލާއެއް މިލާނުގެ ކީޕަރު ދިފާއު ކުރުމުން ޑިވޮކް އޮރިގީ ވަނީ އެއްފަހަރުން ބޮލުން ޖަހައި އެ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. ރޭގެ މެޗުގެ ކުރިން އޮރިގީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހީ 2018 ވަނަ އަހަރުގެ ފައިނަލުގަ އެވެ.
އޭސީ މިލާނަކީ، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސްޕެއިންގެ ރިއާލް މެޑްރިޑަށް ފަހު، ދެން އެންމެ ގިނައިން ޗެމްޕިއަންސް ލީގު ހޯދި ޓީމެވެ. މިލާން ވަނީ 11 ފަހަރު މުބާރާތުގެ ފައިނަލުގައި ވާދަކޮށް، ހަތް ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރީ 2013-2014 ވަނަ ސީޒަނުގަ އެވެ. އޭގެ ފަހުން ތިން ފަހަރަކު ޔޫރޮޕާ ލީގުގައި ކުޅުނެވެ.
މި ގުރޫޕުގެ އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑުން ޕޯޓޯ ބަލިކުރީ 3-1 އިންނެވެ. އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން މެޗުގެ 56 ވަނަ މިނިޓުގައި ލީޑު ނަގައިދީފައިވަނިކޮށް، އޭގެ 10 ވަރަކަށް މިނިޓު ފަހުން އެތުލެޓިކޯގެ ޔަނިކް ކަރަސްކޯ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
އޭގެ ތިން މިނިޓު ފަހުން ޕޯޓޯގެ ބްރެޒިލް ފުލްބެކް ވަންޑެލް، އެތުލެޓިކޯގެ މެތިއަސް ޗުނާ އަނގަމަތީގައި އުޅަނބޮށިން ޖެހުމާއެކު އޭނާއަށް ވެސް ރެފްރީ ރަތް ކާޑު ދެއްކި އެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ޕޯޓޯގެ ރިޒާވް ކީޕަރު އޮގަސްޓިން މާޓެސިން އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާ އެކު ދެ ޓީމުން ވެސް ކުޅުނުއިރު، 90 ވަނަ މިނިޓުގައި އެތުލެޓިކޯގެ ދެވަނަ ލަނޑު ޖަހައިދިނީ އެންހެލް ކޮރިއާ އެވެ. އަދި އިތުރު ވަގުތުގައި ރޮޑްރިގޯ ޑި ޕޯލް ވެސް ވަނީ އެތުލެޓިކޯ އަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. ޕޯޓޯގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ފަހު މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ސާޖިއޯ އޮލިވޭރާ އެވެ.
މެސިއަސްގެ ލަނޑުން އޭސީ މިލާން އުންމީދު ދަމަހައްޓައިފި
ލިވަޕޫލް ދެވަނަ ބުރަށް، އޭސީމިލާނަށް ފުރަތަމަ ޕޮއިންޓް
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
އެތުލެޓިކޯ ފުލަށް، ޓޮޓެންހަމުން މާސޭ ކަޓުވާލައިފި
ބާސާ އާއި އެތުލެޓިކޯ ވެސް ޗެމްޕިއަންސް ލީގުން ކަޓައިފި
ދެވަނަ ލެގު އެއްވަރު: ލިވަޕޫލާއި ސިޓީ ވެސް ސެމީ އަށް
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
ލިވަޕޫލުން، އެކަކު މަދުކޮށްކުޅުނު އެތުލެޓިކޯ ބަލިކޮށްފި
ލިވަޕޫލް އަނެއް ބުރަށް، ބަޔާންގެ ރެކޯޑް ނިމުމަކަށް