Roadha Mihaaru
މެސިއަސްގެ ލަނޑުން އޭސީ މިލާން އުންމީދު ދަމަހައްޓައިފި

މެސިއަސްގެ ލަނޑުން އޭސީ މިލާން އުންމީދު ދަމަހައްޓައިފި

25 ނޮވެމްބަރ 2021

މެޑްރިޑް (ނޮވެމްބަރު 25) - ގިނަ ދުވަސްތަކަކަށް ފަހު މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިޓަލީގެ އޭސީ މިލާން ފުރަތަމަ މެޗުން މޮޅުވެ، މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުންމީދު އާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ނޮވެމްބަރު 25) - ގިނަ ދުވަސްތަކަކަށް ފަހު މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިޓަލީގެ އޭސީ މިލާން ފުރަތަމަ މެޗުން މޮޅުވެ، މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުންމީދު އާކޮށްފި އެވެ.

ގުރޫޕް ސްޓޭޖުގައި މިލާން ވަނީ ރޭ ރަށުން ބޭރުގައި ސްޕެއިންގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

މިލާނުން މެޗުގެ ހަމައެކަނި ލަނޑު 87 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ޖޫނިއާ މެސިއަސް، 30 އެވެ. އޭނާ އަކީ އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކްލަބް އެފްސީ ކްރޮޓޮނުން ލޯނު އުސޫލުން މިލާނަށް ކުޅެމުން އަންނަ ބްރެޒިލްގެ ކުޅުންތެރިއެކެވެ.

މި ނަތީޖާއާ އެކު މިލާން އޮތީ އެތުލެޓިކޯއާ އެއްވަރަށް ޕޮއިންޓް ހޯދައި ގުރޫޕުގެ ތިންވަނައިގަ އެވެ. ކޮންމެ ޓީމަކަށް ވެސް ހަތަރު ޕޮއިންޓެވެ. ދެވަނައިގައި އޮތް ޕޯޓޯ އަށް ލިބެނީ ހަ ޕޮއިންޓެވެ.

އެއްވަނައިގައި އޮތް ލިވަޕޫލުން ވަނީ 2-0 އިން ޕޯޓޯ ބަލިކޮށް ގުރޫޕުގައި މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ފަހު ހާފުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ތިއާގޯ އަލްކަންތާރާ އާއި މުހައްމަދު ސަލާހެވެ.