05 ޑިސެމްބަރ 2021
އިންޑިއާގައި ތާރީހުގައި އެންމެ ފާހަގަކޮށްލެވުނު ޖާސޫސް ކަމަށްވާ "ބްލެކް ޓައިގާ" ގެ ނަމުން މަޝްހޫރުވި ރަވިންދުރަ ކޯޝިކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމު ކުޅޭނެކަން ސަލްމާން ޚާން ކަށަވަރުކޮށް ދީފި އެވެ.
އިންޑިއާގައި ތާރީހުގައި އެންމެ ފާހަގަކޮށްލެވުނު ޖާސޫސް ކަމަށްވާ "ބްލެކް ޓައިގާ" ގެ ނަމުން މަޝްހޫރުވި ރަވިންދުރަ ކޯޝިކަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމު ކުޅޭނެކަން ސަލްމާން ޚާން ކަށަވަރުކޮށް ދީފި އެވެ.
މި ފިލްމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އޭރު މީޑިއާތަކުން ބުނީ ފިލްމު ޑައިރެކްޓްކުރާނީ ވިދިޔާ ބާލަންގެ "ނޯ ވަން ކިލްޑް ޖެސިކާ" އާއި އަޖޭ ދޭވްގަންގެ "ރެއިޑް" އަދި އަރުޖުން ކަޕޫރްގެ "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެނެސްދިން ރާޖްކުމާރު ގުޕްތާ ކަމަށެވެ.
"ބްލެކް ޓައިގާ" ގެ ވާހަކަ ކިޔައިދޭ ފިލްމު ކުޅޭނެކަން ސަލްމާން ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ކަށަވަރުކޮށް ދިން އިރު، ފިލްމު ޕްރޮޑިއުސްކުރާނީ އޭނަގެ ފިލްމު ކުންފުނި އެސްކޭއެފާއި ކޮއްކޮ އަލްވިރާ ޚާނާއި ފިރިމީހާ ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީގެ ފިލްމު ކުންފުނި ރީލް ލައިޕް ޕްރޮޑަކްޝަން ގުޅިގެންނެވެ.
ގުޕްތާ ކުރިން ބުނެފައިވާ ގޮތުގައި "ބްލެކް ޓައިގާ" ސަލްމާނާ އެކު ހަދަން ބޭނުންވި ނަމަވެސް ފިލްމަށް އެ ނަން ނުކިޔާނެ އެވެ. ސަބަބަކީ ސަލްމާނަކީ މިހާރު ވެސް "ޓައިގާ" އެ ނަން އެކުލެވޭ ފްރެންޗައިޒެއް އޮތް އެކްޓަރަކަށް ވުމެވެ. އެގޮތުން މިހާރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން "ޓައިގާ 3" ގެ މަސައްކަތް ކުރަމުން އަންނަ އިރު "ޓައިގާ ޒިންދޭ ހޭ" އަކީ 2017 ގައި ގެނެސްދިން ފިލްމެކެވެ. އަދި "އޭކް ތަ ޓައިގާ" އަކީ 2012 ގެ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން 2023 ގައި މަސައްކަތް ފަށާނެ ކަމަށް ބެލެވޭ "ބްލެކް ޓައިގާ" ފިލްމުގެ ބަތަލާ އަކީ ޔާމީ ގޯތަމް އެވެ. އޭނާ އަކީ އަދި މިހާތަނަށް ސަލްމާނާ އެކީ ފިލްމެއް ނުކުޅޭ ބަތަލާއެކެވެ.
އަލިޒޭ ބޮލީވުޑަށް ނުކުންނަނީ ތައި ރީމޭކަކުން
އާޔޫޝް އިސްކަންދޭނީ ސޯލޯ ލީޑް ފިލްމުތަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާޔޫޝް ފުރަތަމަ ބެކް ޑާންސަރެއްގެ ގޮތުގައި
ސޫރަޖްގެ ފިލްމަކަށް ސަލްމާން ހުރީ ތައްޔާރަށް
ސަލްމާނަށް ބޮޑުބޭބެ ކިޔާ އަލިޒޭގެ ފިލްމު އަންނަ މަހު
ބޯނީގެ ބައިވެރިވުމެއް ނެތި "ނޯ އެންޓްރީ" ގެ ސިކްއެލް
އިންޑިއާގެ އެންމެ އަގު ބޮޑު އެކްޓަރަކީ ޕްރަބާސް
ރާޖަމޯލީގެ ފިލްމަކުން ސަލްމާން ފެނުމުގެ ފުރުސަތު ބޮޑު
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން