Roadha Mihaaru
އުރީދޫން ޓިކްޓޮކާއި ޔޫޓިއުބަށް ހާއްސަ ޕެކޭޖުތަކެއް

އުރީދޫން ޓިކްޓޮކާއި ޔޫޓިއުބަށް ހާއްސަ ޕެކޭޖުތަކެއް

01 ޑިސެމްބަރ 2021

އުރީދޫ އިން ޓިކްޓޮކް އާއި ޔޫޓިއުބަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުރީދޫ އިން ޓިކްޓޮކް އާއި ޔޫޓިއުބަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

މިއީ 10ރ. އިން ފެށިގެން 250ރ. އާ ހަމައަށް ބޮޑެތި އެލަވެންސްތަކެއް ލިބޭ ޕެކޭޖުތަކެކެވެ. މީގެ ތެރޭގައި ގަޑިއިރުންނާއި ކޮންމެ ދުވަހަކަށާއި ހަފުތާއަކަށާއި މުޅި މަހަށް ހާއްސަ ޕެކޭޖުތައް ހިމެނެ އެވެ.

ޓިކްޓޮކް އަދި ޔޫޓިއުބް ޕެކޭޖުތައް

- އަވާލީ ޕްލޭން: އެއް ގަޑިއިރަށް 2ޖީބީ، 10ރ.

- ޑެއިލީ ޕްލޭން: 24 ގަޑިއިރަށް 20ޖީބީ، 20ރ.

- ވީކްލީ ޕްލޭން: ހަތް ދުވަހަށް 50ޖީބީ، 100ރ.

- މަންތުލީ ޕްލޭން: 30 ދުވަހަށް 100ޖީބީ، 250ރ.

މި ޕެކޭޖުތަކާ އެކު އުރީދޫ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކު ވެސް ޓިކްޓޮކް އަދި ޔޫޓިއުބްގެ ކޮންޓެންޓް ހެޔޮ އަގުގައި ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަލަށް ތައާރަފުކުރި މި ޕެކޭޖުތަކުގެ އިތުރުން އުރީދޫ ފްލިކްސް ޕެކް ނަގާ ކަސްޓަމަރުންނަށް ނެޓްފްލިކްސް އާއި އައިފްލިކްސް އާއި ޓިކްޓޮކާއި ސައުންޑްކްލައުޑާއި ސްޕޮޓިފައި އާއި ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕުގެ ކޮންޓެންޓް ބަލާލެވޭނެ އެވެ.