Roadha Mihaaru
ރިސޯޓާ ކައިރިން މުވައްޒަފުންނަށް ހައުސިން ސްކީމެއް

ރިސޯޓާ ކައިރި ރަށަކުން މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން ސްކީމެއް ފަށަނީ

26 ނޮވެމްބަރ 2021

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން، އެ ރިސޯޓާ ކައިރި ރަށަކުން ހައުސިން ސްކީމެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު ރަހާ ރިސޯޓުން އާސިމާ ނިޒާރު

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން، އެ ރިސޯޓާ ކައިރި ރަށަކުން ހައުސިން ސްކީމެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.

ޓޫރިޒަމް ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިސްވެ ހުންނަވައި އެ މިނިސްޓްރީން ވަނީ ލ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރެއް މިދިޔަ އަންގާރަ ދުވަހު ފައްޓަވައިފަ އެވެ.

އެ ދަތުރުގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ވިޔަފާރިވެރިޔާ ރީކޯ މޫސާ މަނިކުގެ ރިސޯޓު، ރަހާ ރިސޯޓަށް ވެސް ވަޑައިގެން އެ ރިސޯޓުގެ މުވައްޒަފުންނާ މިއަދު ހަވީރު ބައްދަލުކުރެއްވި އެވެ.

މަސައްކަތް ނިންމުމަށްފަހު ރޭގަނޑު އާއިލާ ކައިރިއަށް ދިއުމާ ގުޅޭ ގޮތުން އެ ތަނުން މުވައްޒަފަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް ހާއްސަ ހައުސިން މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރަހާ ރިސޯޓުގެ ބައެއް މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރަހާ ރިސޯޓުގެ ބައެއް މުވައްޒަފުން ބައިވެރިވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އެކަން ކުރިއަށްގެންދަން ނިންމާފައިވަނީ ރިސޯޓާ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ، ވަސީލަތްތައް ފުރިހަމަ ރަށެއްގަ އެވެ. އެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވަނީ ލޯނު ސްކީމުގެ ތެރެއިން ކަމަށާއި އޭރުން އެތަން ގަނެގެން ނޫނީ މަހު ކުލި ދައްކާ ގޮތަށް ވެސް އާއިލާ ގޮވައިގެން ދިރިއުޅެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މަޝްރޫއަށް ރައީސް ވެސް ވަނީ އޯކޭ ދެއްވާފައި. އަދި ހައުސިން މިނިސްޓަރު އަސްލަމް ވެސް ރުހުން ދެއްވާފައިވޭ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި އެ މިނިސްޓްރީގެ ޓީމް، ރަހާ ރިސޯޓުގެ މުވައްޒަފުންނާ މިއަދު ހަވީރު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި އެ މިނިސްޓްރީގެ ޓީމް، ރަހާ ރިސޯޓުގެ މުވައްޒަފުންނާ މިއަދު ހަވީރު ބައްދަލުކުރައްވަނީ.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ފަންޑިން ހޯދުމަށްފަހު ރިސޯޓު މުވައްޒަފުންގެ ހައުސިން ޕްރޮޖެކްޓު ފަށަން ނިންމާފައިވަނީ އަންނަ އަހަރު ފާހަގަކުރާ ޓޫރިޒަމްގެ ރަންޔޫބީލާ ދިމާކޮށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފެރީގެ ނިޒާމު ވަރުގަދަވެ، ދަތުރުފަތުރުތައް ރަނގަޅުވުމުން ރިސޯޓު މުވައްޒަފުންނަށް ވެސް ފަސޭހަވެގެންދާނެ އެވެ.